ފިހާރައެއްގެ ތެރޭގައި ޗާޖަށް ޖަހާފައި އޮތް ސްކޫޓަރު ބެޓަރީއެއް ގޮވައި މުުދާތަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

މި ހާދިސާ ހިނގީ ޗައިނާގެ ޑެލިވަރީ ފިހާރެއްގައި، ދަންވަރުގެ ވަގުތެއްގައެވެ.

ސީސީޓީވީ ފޫޓޭޖުން ފެންްނަގޮތުގައި، ޗާޖަށް ޖަހާފައި އޮތް ބެޓަރީއެއް ކުއްލިއަކަށް ގޮވައި، އެ ހިސާބުގަނޑުގައި ހުރި ބައެއް މުދާތަކުގައި އަލިފާން ރޯވާ މަންޒަރު ފެނެއެވެ. އެ ބެޓަރީގައި ރޯވެ ކުޑައިރުކޮޅެއްގެ ތެރޭގައި ބެޓަރީ ގޮވި ނަމަވެސް، މާބޮޑު ގެއްލުމެއް އެ ފިހާރައަށްވެފައެއް ނުވެއެވެ.

ނަމަވެސް 20 ވަރަކަށް ފޮށިގަނޑުގައި ވަނީ އަލިފާން ރޯވެފައެވެ.

އެ ފިހާރާގައި ރޯވި އަލިފާންގަނޑު މާގިނަ އިރު ނުވަނީސް ވަނީ ނިއްވާލާފައެވެ. އެ ހާދިސާއާ ގުޅިގެން އެއްވެސް ކަހަލަ ރިޕޯޓެއްކޮށްފައިނުވާކަމަށް ފަޔާ ޑިޕާޓްމެންޓުން ބުނެއެވެ.

ބެލެވޭގޮތުގައި، އެ ބެޓަރީ ގޮވީ މާގިނައިރުވަންދެން ޗާޖަށް ޖަހާފައި އޮތުމުން މާބޮޑަށް ހޫނުވެގެންނެވެ. އާއްމުކޮށް ބެޓަރީއެއް ޗާޖަށް ޖަހާފައި ބަހައްޓަން ވާނީ އަށްގަޑިއިރު ވަންދެންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސްކޫލް ކުއްޖާ

    ޗައިނާ އެއްޗެއް ވީމަ ފޭކް ވާނެ... އެހެންވެ ކަންނޭގެ އެ ގޮވީ