ބްރެޒިލްގައި އުމުރުން އެންމެ ހަ މަހުގެ ކުއްޖަކު، ފޯން ޗާޖަރު ކޭބަލް އަނގަޔަށް ލައިގެން އުޅުމުގެ ތެރޭގައި އިލެކްޓިކް ޝޮކެއް ޖެހިގެން މޫނު ފިހެވިއްޖެއެވެ.

ބްރެޒިލްގެ ލުކަސް ޑޯ ރިއޯ ވެރްޑޭ ކަރަންޓަށް ޖަހާފައި އޮތް އެ ފޯނު ޗާޖަރު އަނގަޔަށް ލައިގެން އުޅުމުގެ ތެރޭގައި، އެ ކުއްޖާގެ މޫނު ވަރަށްބޮޑަށް ފިހެވުނުއިރު، އެގަޑީގައި ގޭގެ ކަރަންޓްވެސް ދިޔައެވެ.

އެ ހާދިސާގައި އެ ކުއްޖާގެ މޫނަށް ސީރިއަސް އަނިޔާތަކެއް ލިބުނުއިރު، އޭނާގެ އަތަށްވެސް ގެއްލުންތަކެއްވަނީ ވެފައެވެ.

އެ ހާދިސާ ހިނގުމާއެކު، އެ އާއިލާ މީހުން އެ ކުއްޖާ ފެމަލީ ހެލްތް ޔުނިޓަށް ގެންދިޔައެވެ. އަދި އެ ކުއްޖާއަށް ލިބިފައި ހުރި އަނިޔާތަކަކީ ދިރިއުޅުމަށް ނުރައްކާތެރި އަނިޔާތަކެއްކަމަށްވެސް، ޑޮކްޓަރުން ވަނީ، ބުނެފައެވެ. އެގޮތުން ޑޮކްޓަރުން ވަނީ އެ ކުއްޖާގެ އަރުތެރެ ހުރި ފެންތައް ނެގުމަށް އެސްޕިރޭޝަން ޕްރޮސީޑާއެއް ހަދާފައެވެ.

އަދި އޭގެ ފަހުން ސައޯ ލުކަސް ހޮސްޕިޓަކަށް އެ ކުއްޖާ ވަނީ ގެންގޮސްފައެެވެ. އެ ކުއްޖާއަށް ލިބުނު ޒަހަމްތަކަށް ފަރުވާދިން ޑރ. ހެލެނާ ބުނީ، އެ ކުއްޖާ ހޮސްޕިޓަލަށް ގެނައިއިރު،ހާލު ވަރަށް ސީރިއަސް ކަމަށާއި، އެގޮތުން އެ ކުއްޖާގެ ހިތުގެ ހިނގުމާއި، ނޭވާލުންވެސް ހުރި ވަރަށްދަށް ކޮށް ކަމަށެވެ.

އަދި އެ ކުއްޖާއަށް އެފަދަ އަނިޔާއެއް ލިބިފައި ވަނީ، އަތަށް ޝޮކެއް ޖެހިގެން ކަމަށް ބެލެވޭ ކަމަށްވެސް ބުނެފައި ވެއެވެ.

މީގެ އިތުރުން އެ ޑޮކްޓަރު ވަނީ އެ ކުއްޖާ ދުނިޔޭގައި އޮތީ ހަމަ ނަސީބަކުން ކަމަށް ބުނެފައެވެ. އަދި މައިންބަފައިން ދަރިންނަށް ހާއްސަ ސަމާލުކަމެއް ދީގެން އުޅުމަށް ނަސޭހަތްތެރިވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު