އުސް ފަރުބަދައަށް އެރުމަކީ އެންމެންނަށް ކުރެވޭނެ ކަމެއް ނޫނެވެ. އުސްތަނެއްގެ މަތީގައި ހުރެފައި ބިން މައްޗަށް ބަލާލިޔަސް ހޭނެތޭ މީހުން އުޅެއެވެ. އެހެންކަމުން ތިއީ އެފަދަ ހާލަތްތަކުގައި ބިރުން އުޅޭ މީހަަކަށް ވެއްޖެނަމަ، ޔަގީނުންވެސް މި ވީޑިއޯ ބަލާފައި ބިރު ގަންނާނެއެވެ.

މިހާރު މީސް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއަކުން ފެންނަނީ، އަންހެން ފަތުރުވެރިއަކު އުސް ފަރުބަދައެއްގައި މަތީގައި އިށިންދެ އިންނަ މަންޒަރެވެ. 3000 ފޫޓު އުސްމިނުގައި ހުންނަ އެ ފަރުބަދައަކީ ބްރެޒިލްގެ ރިއޯ ޑެ ޖެނެއިރޯ ކައިރީ އޮންނަ ފަރުބަދައެކެވެ.

އެ ވީޑިއޯއިން އެ އަންހެން މީހާގެ އިށީންދެގެން އިންނަ ދިމާލުން އެއް ފަރާތުން ކަނޑު ފެންނައިރު، ކުރިމަތިވެސް އެ ވީޑިއޯގައި ނަގާފައި ވެއެވެ. އަދި އެ އަންހެން މިހާ އުފާ ފާޅު ކުރުމުގެ ގޮތުން އަތް މައްޗަށް ހޫރާލައެވެ.

15 ސިކުންތުގެ އެ ވީޑިއޯ ޓްވިޓާގައި މިދިޔަ އާދީއްތަ ދުވަހު ހިއްސާކުރިއިރު، އެ 13 މިލިއަން ފަހަރު މިހާރު އެ ވީޑިއޯ ބަލާފައި ވެއެވެ. އަދި އެތައް ސަތޭކަ ކޮމެންޓެއް އެ ވީޑިއޯއަށް ލިބިފައި ވެއެވެ.

ނަން ހިއްސާކޮށްފައި ނުވާ އެ ފަތުރުވެރިޔާ ހުރީ ޕިކްން ކުލައިގެ ޓޮޕެއް ލައިގެންނެވެ.އެ ފަރުބަދައިގެ މަތީގައި އޭނާ އިށީންދެގެން އެ އިނީ އެއްވެސް ހާސްކަމެއްވެސް ނެތިއެވެ.

އެ ވީޑިއޯ މިހާރު އިންސްޓަގްރާމްގައިވެސް ދަނީ ދައުރުވަމުންނެވެ. އެ ވީޑިއޯ ބަލާފައިގިނަ ބަޔަކު ބިރުން ކޮމެންޓް ކުރަމުން ދެއެވެ. އަދި އެ ވީޑިއޯއިން ފެންނަ އަންހެން މީހާ ބިރު ގަންނާނެ ކަމަށްވެސް ބުނެފައި ވެއެވެ.