އޮސްޓްރޭލިއާ އަށް ނިސްބަތްވާ މީހަކު ކާރުގައި ދަތުރުކުރަމުން ގެންދިޔަ ވަގުތު މާ ގަދަޔަށް ހުނުމުގެ ސަބަބުން. އެ ކާރު އެކްސިޑެންޓު ވެއްޖެއެވެ.

އެ ގައުމުގެ ކުއީންސްލޭންޑަށް ނިސްބަތްވާ ޝައުން ކެލީ ނަމަކަށް ކިޔާ މި ފިރިހެން މީހާ އެކްސިޑެންޓުވާން މެދުވެރިވީ ހައިވޭ އެއް މަތީގައި އޭނާ ކާރު ދުއްވަމުންދަނިކޮށް ވަރަށް މަޖާ ޖޯކެއް ރޭޑިއޯ އިން އަޑު އިވުމުންކަމަށް އޭނާ ވަނީ ބުނެފައެވެ.

ކެލީ ބުނެފައިވަނީ ރޭޑިއޯ އިން އެގަޑީ ދައްކަމުން ގެންދިޔައީ ކުޑަކުދިން ބޮޑުވާ ވާހަކަ ކަމަށާއި އަދި އެގަޑީ ރޭޑިއޯ އިން ކީ ޖޯކުގެ ސަބަބުން އޭނާގެ ހިނިގަނޑު ފަޅައިގެންދިޔައީ ކަމަށެވެ.

އަހަރެން ކާރު ދުއްވަމުންދިޔައީ ރޭޑިއޯ އަޑު އަހަމުން. ދެން އޭގެން ކީ ވަރަށް މަޖާ ޖޯކެއްގެ ސަބަބުންއަހަރެންގެ ހިނިގަނޑު ފަޅައިގެން ދިޔައީ. ދެން ގޮސް ޓްރަކަކަށްއަރާފަ އެކްސިޑެންޓުވީކެލީ ބުނެފައިވެއެވެ.

ކެލީ ގޮސް ޓްރަކުަގައި ޖެހުުނުގޮތަށް ހޭނެތި، އެކިވަރުގެ އަނިޔާތައްވެސް ވަނީ ލިބިފައެވެ. ނަމަވެސް އޭނާ ހޭ އެރި ގޮތަށްވެސް ވަނީ އެ ޖޯކަށް ހޭން ފަށާފައެވެ. އަދިއެމްބިއުލޭންސުގައި ތިބި މީހުންނަށްވެސް އެވާހަކަ ކިޔައިދިނުމުން ވަނީ ހޭން ފަށާފައިކަމަށް އޮސްޓްރޭލިއާގެ މީޑިއާތަކުން ވަނީ ބުނެފައެވެ.