ދުބާއީ އެއާޕޯޓްގައި ދެމައިން ބައްދަލުވެއްޖެއެވެ. ދެމައިން ބައްދަލުވެފައި ވަނީ 37 އަހަރު ފަހުންނެވެ. ދެމައިން އެކަކު އަނެކަކުގެ ގައިގާ ބައްދަލާއި، އުފާވެރިކަމުގެ ކަރުނަ އޮއްސާލިއެވެ.

މިހާރު އުމުރުން 37 އަހަރުވެފައިވާ ޔޫއޭއީއަށް ނިސްބަތްވާ މަރިޔަމް އަބްދުއްރަހްމާން ސަލެއިހް އަލް ޝެހީ އާއި އިިންޑިއާއަށް ނިސްބަތްވާ އޭނާގެ މަންމަ އާއި ބައްދަލުވީ މަންމަ އާއި ބައްޕައާ ޖެހުނު މައްސަލަގަޑަށް ފަހު އަލަށެވެ. 1983 ވަނަ އަހަރު މަރިޔަމްގެ ބައްޕަ، އޭނާގެ މަންމަ ވަރިކުރި ފަހުން، މަންމަ ދިޔައީ އިންޑިއާއަށެވެ.

އެއިރު މަރިޔަމްގެ އުމުރަކީ އެންމެ އަހަރެކެވެ. މަންމަ އެނބުރި އިންޑިއާއަށް ދާން ޖެހުނީ މަރިޔަމް ނުލައެވެ. އެހެން ނަމަވެސް މަންމަގެ ބަނޑުގައި އެެއިރު އޮތީ މަރިޔަމްގެ ކޮއްކޮއެވެ.

އޭގެ ފަހުން މަރިޔަމްއަށް އޭނާގެ މަންމައާ ބައްދަލުވާ ގޮތް ނުވެއެވެ.

"މަންމަ ކައިރިންވެސް ބައްޕަގެ ވާހަކަ އަހަން އެކަމު ޖަވާބެއް ނުލިބޭ. ވަރަށް ގިނަ ގޮތްގޮތުން މަންމައާ ބައްދަލުކުރެވޭތޯ ވަރަށްގިނަ މަސައްކަތް ކުރިން". އޭނާ ޚަލީޖް ޓައިމްސްއަށް މައުލޫމާތުދެމުން ބުނެފައި ވެއެވެ.

އޭނާގެ މަންމަ އާއި ބައްޕަގެ ދެ އަހަރުވީ ކައިވެނި ރޫލުމުން، އެކަން މަރިޔަމް ވެސް ޖެހުނީ ގަބޫލުކުރާށެވެ. މަރިޔަމް ބުނާގޮތުގައި، ބައްޕަވެސް މަންމަ ހޯދުމުގައި އޭނާއަށް އެހީވިއެވެ. އަދި މީސް މީޑިއާ މެދުވެރިކޮށް މަންމަގެ ފޮޓޯ ލައިގެންވެސް މަންމަ ހޯދޭތޯ އުޅުނެވެ.

މަންމަ ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށްދަނިކޮށް، އެކަމަށް އެންމެ ބޮޑު އެހީތެރިކަމެއް ވެދިނީ ޔޫއޭއީއަށް ނިސްބަތްވާ އަހުމަދު އަލީ ނަމަކަށް ކިޔާ މީހެއްކަމަށް މަރިޔަމް ބުނެފައި ވެއެވެ. އޭނާ ވަނީ އޭނާގެ މަންމަގެ ފޮޓޯއެއް ނޫހުގައި އިޝްތިހާރުގެ ގޮތުގައި ޖަހާފައެވެ. ނަސީބު ކަން ދިމާކުރިގޮތުން މާގިނަ އިރުތަކެއް ނުވެ އަހުމަދު އަލީއަށް ގުޅަނީ ފާތިމާއެވެ. އެއީ މަރިޔަމްގެ ކޮއްކޮއެވެ.

އަދި މަރިޔަމް އާއި ފާތިމާގެ ޑޮކިއުމެންޓްތައް ބެލުމަށްފަހު ދެ މީހުންގެ އަސްލު ގުޅުން ވަނީ ހާމަވެފައެވެ.

"އެކަން އަހަރެންނަށް އެނގުމުން ވަރަށް އުފާވި ބުނެދޭންވެސް ނޭނގޭ، ވީ އުފަލެއް".

އެންމެ ފަހުން މަރިޔަމް އަށް އޭނާގެ މަންމަ އާއި ކޮއްކޮ އާއި މި ވަނީ ބައްދަލުވެފައެވެ. އެ މީހުން ދުބާއީ އެއާޕޯޓަށް ދިޔައިރު،އެ މީހުންގެ އިންތިޒާރުގައި މަރިޔަމް އިނެވެ.

މަރިޔަމްވެސް ކައިވެންޏެއް ކުރިއެވެ. ނަމަވެސް އެ ކައިވެނި ރޫޅުނު ފަހުން ފިރިމީހާ ވަނީ މަރުވެފައެވެ.

"އަހަރެންގެ ފިރިމީހާ މަރުވީ މިދިޔަ އަހަރުގެ މެއި މަހު، އެއިރު އޭނާ ހުރީ އަހަރެން ވަރިކޮށްފައި. އަހަރެން މަސައްކަތެއް ނުކުރަން، އަހަރެން އުޅެން ޖެހެނީ ކުއްޔަށް އެއީ މަރުވެފައިވާ ބައްޕައަށް ލިބޭ ޕެންޝަން ފައިސާ އިން، އޭގެން ހުވަފަތްވެފައިވާ ބައްޕަގެ އަނބިމީހާވެސް ބަލަހައްޓަން". އޭނާ ޚަލީޓްޓައިމްސްއަށް އިންޓަވިއު ދެމުން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު