މޯލްޑިވިއަން އައިޑޮލްގެ ސީޒަން 3 އިން ވިދާލި ލަވަކިޔުންތެރިޔާ މަރިޔަމް މައީސާ (ރާޅު މަރިޔަބު) ގެ ލައިވް ޝޯއެއްގެ ތެރެއިން މީހަކު ޝޯ ހުއްޓުވަން މަސައްކަތް ކޮށްފިއެވެ.

ރޭ ކޮފީ ސްޓޭޓްގައި އޮތް ލައިވް ޝޯއެއްގައި މައީޝާ ލަވަކިޔަމުން ދަނިކޮށް ހަރު އުމުރުގެ މީހަކު ގޮސް މައިކުގައި ޖަހާ އޭނާގެ ޝޯއަށް ހުރަސް އެޅިއެވެ. މައީޝާ ވަނީ އެ މަންޒަރު ފެނިގެންދާ ވީޑިއޯއެއް ޓުވިޓާގައި ހިއްސާކޮށްފައެވެ. އެ ވީޑިއޯ އާއި މައީސާ ބުނެފައިވަނީ މީހުންގެ ހުއްދަނެތި އެމީހެއްގެ މުދަލުގައި އަތް ލުމުގެ ހުއްދަ އަނެއްމީހާއަށް ނޯންނާނެ ކަމަށާއި އެ މީހާ އައިސް އޭނަ ކުރަމުން ދިޔަ ކަން ހުއްޓުވަން މަސައްކަތް ކުރިމަށެވެ. އޭގެ އިތުރުން، އޭނާ މިސައްކަތް ކުރަނީ އޭނަގެ އާއިލާ ބެލުމަށް ރުފިޔާ ހޯދުމުގެ ނިޔަތުގައި ކަމަށާއި އެއްވެސް މީހަކަށް މިކަމުން މައްސަލައެއް އޮތަސް އޭނައަށް ހެޔޮކަމަށެވެ.

ރާޅު މަރިޔަބުގެ ސަޕޯޓަރުން އަންނަނީ އޭނާއަށް ހިތްވަރު ދިނުމުގެ ގޮތުން މިހާރު ކުރަމުންދާ މަސައްކަތް ހުއްޓާ ނުލާ ކުރިއަށް ގެންދިއުމަށް ބުނަމުންއެވެ. އަދި މައިޝާގެ ޝޯ ހުއްޓުވަން މަސައްކަތްކުރި މީހާއަށް ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންއެވެ.

މައީޝާ ވަނީ ހުރިހާ ފަރާތްތަކުންވެސް ދެމުންގެންދާ ހިތްވަރަށް ޝުކުރު އަދާކޮށްފައެވެ. އަދި ފުލުހުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ވެސް އޭނާ ވަނީ ޝުކުރު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

 1. ބޯކިބާ

  އެއްފަރާތުން ބުނާއެއްޗެއް އަބަދުވެސް އިވޭނީ. އަނެއްމީހާއަށް އުނދަގޫވީބާ، ނޫނީ ދެމީހުންގެ ދެމެދުގައި މައްސަލަތަކެއް ޖެހިފަ އޮތީބާ، ހައްތާވެސް ސުވާލު.

  106
  6
  • ދެނޯ

   އުނދަގޫ ވަންޔާ ލައިވް ޝޯއެއް އޮންނަ ކެފޭއަށް ނުދިޔައިމަވީނު؟

   7
   24
   • އަލިބެ

    އުނދަގުވިޔަސް ނުވިޔަސް ހަރާމް ކަމެއް ކޮށްފިޔާ އާޚިރުގަ ވޭން އަޅާނެ ލަވަޔާ މިއުޒިކަކީ ﷲ ހަރާމް ކުރައްވާފައިވާ އެއްޗެއް

    16
    1
 2. ހަސަނު

  ލަވައޭ ކިޔާފަ ހުޅަނގުގެ ގޮތްތައް ކޮޕީ ކުރަމުން ފާޑުފާޑުގެ ބޭ އަދަބީ އަޑު ލައްވަންޏާ ތި ކަހަލަ ކަންތައްތައް ވެދާނެ

  106
  12
 3. ބުޅާ

  ޙަރާމް ފައިސާ ހޯދާގެން އެއްވެސް ކާމިޔާބީ އެއް ނުލިބޭނެ. މީހުންގެ މެދުގާ ވިއްކޭ މުދަލަކަށް ނުވުން އެދެން

  111
  11
 4. އުދަބާނި

  މާ ހަޑި ކޮށް ލަވަ ކީ ކަންނޭނގެ، ދެން ފަހަރަކު އިމްޕްރޫވް ކޮށްލާ

  68
  8
 5. ބޯހަލާކު

  ހެޔޮކަންތަކާއި ނުބައި ކަންތައް އޮޅިފައި އޮންނަ ޒަމާނެއްގައި ތިހެން ބުނެވިދާނެ.

  87
  7
 6. އަލީ ރަމީޒް

  މަޢީޝާ ކުރާކަމަކުން މަޚްޝަރުދުވަހު އެހެންމީހަކާ ސުވާލެއްނުކުރެވޭނެ. އެހެންވީމަ ތިމާ ހިތްހަމަ ނުޖެހެންޏާ ތިމާ އެކަހަލަ ތަންތަނަށް ނުދާނީ. އެގިއްޖެތަ؟

  35
  61
 7. ޙުސެއިން

  ދީން އާ ދެކޮޅު ކަމެއް ހުއްޓުވައިފިއްޔާ ރާއްޖޭގެ މީހުން ހީވާނީ ކަނޑު ވެގެން ތެޅޭހެން
  ރަނގަޅައް އެ ހެދީ މަ ނަމަވެސް ހަދާނީ އެހެން
  އެހެން ހެދި މީހާ އައް ފައްފަށުން ޝުކުރު އަދާ ކުރަން އަލްހަމްދުލިއްލާހި

  39
  2
 8. ދޮންބެ

  މައިކުން މަރިޔަބުގެ ކަންފަތްމަތީ ޖެހިނަމަ އަދި ސަޅިވީސް

  25
  3
 9. ބޮއްލޯ

  ރާޅުމަރިޔަބުގެ ކުރީގެ އެކްސް ބާ؟ އޭނަގެ ވާހަކަތަށްވެސް އަޑު އަހާލުން ރަނގަޅު..

  16
  3
 10. ބުއްބުތަލޯ

  މީގެކުރިއަކުން ރާޅު މަރިޔަބު ނުދަންނަން ހަމައެކަނި އިގެނީ ސަންތި މަރިޔަބު، އެކަމަކު މިހާރު ސަންތި މަރިޔަބު އެއް ނުދަންނަން، ހަމައެކަނި އިގެނީ ރާޅު މަރިއަބު. ބުއްބުތަލޯ ސަޕޯޓްސް ރާޅު މަރިއަބު .....ސުޓޭ ސުޓުރޯންގޭ

  11
  2
 11. އަދުރޭ_09

  އޮރިޔާމުން އިނދެގެން ހަރާމް ގޮތުގަ ފައިސާ ހޯދައިގެން އާއިލާގެ މެމްބަރުންނަށް ޚަރަދު ކުރަން، ނޫނޭ ވާ ތާހިރު ދިރިއުޅުމެއް

  29
  2
 12. ادم

  رسول الله صلي الله عليه وسلم حديث ބަސްފުޅެއްގައި ވޭ ތިޔަބައިމީހުންގެ ތެރެއިން މީހަކަށް منكرات އެއް ފެނިއްޖެނަމަ އެކަން ބަދަލުކޮށް منع ކުރުމަށް އެމީހާގެ އަތުން. އެކަމަށް ކުޅަދާނަ ނުވިނަމަ ދުލުން، އަދި އެކަމަށް ވެސް ކުޅަދާނަ ނުވިނަމަ ހިތުން. އަދި އީމާންކަމުގެ އެންމެ ضعيف މިންވަރަކީ އެއީ ކަމަށް.
  އެހެންވީމާ އެމީހާގެ ނިޔަތަކީ منكرات އެއް ހުއްޓުވުން ކަމުގައި ވަނީނަމަ އެ ކުރީ ރަނގަޅުކަމެއް.

  36
  3
  • ޙަމަހަމަ

   ދެން ތިބޭފުޅާ ބައްލަވާލާ ތި ހަދީސްގެ ށަރަހަ ، މުންކަރާތް އަތުންނާއި ދުލުން މަނާކުރާނީ ކާކުތޯ އަދި ކިހިނަކުންތޯ.

   9
   1
 13. ނަޖީބު އައްބާސް

  ހެއްވާބައިގަޑެއް ބަގުރާލާ އުރުމަސް ވިއްކައިގެން ލިބޭފައިސާގަ މައްސަލަނެތީ ތިމާޔައް ބައިއެޅޭގޮތައް އޮންނާތިތޯ؟ ލަވަކިޔަސް މަސާޖުފާލާ ހިންގިޔަސް އެއީހަމަ ދިރިއުމައް ކުރާމަސައްކަތް ވަކިބަގުރާ ވިކުމައް ވުރެ ގޯސްކަމުގަ ނުދެކެން

  5
  16
 14. ރަދީފް ހުސެން

  މަވެސް ވަ ރައްގިނަ ތަންތަނައްދަން އެކަމު މައިކުގަ އަތްއެޅި ފު ރައިގެ މީހުން އާންމުކޮއް ތިތަންތަނައް ވަދެއުޅޭ ތަނެއްނުފެނެ. ހީވަނީ ސިޔާސީ ސްޓަންޓެއްހެން

 15. ރީތިދިރިއުޅުން

  މާލޭގެ ގިނަ މަގުތަކަކީ ހަނިކޮށް ހުންނަށް މަގުތަކެއް، މިހެން މިކަން ކަން ހުންނައިރު މާލޭގެ މީހުން ދިރިއުޅޭ ގޭގެ ކުރިމަތީ ގަ ގިނަ ކޮފީ ޝޮޕުތަށް ހެދިފަ އެބަހުރި. މިފަދަ ތަން ތަނުގަ މަގު މައްޗަށް ސްޕީކަރުތަކުގެ އަޑު ފޮނުވާގޮތަށް މިއުޒިކް ޝޯދިނީމަ ކިހާ އުނދަގޫވާނެ. ދުވަސްވީ މީހުން އިޝާނަމާދުން އައިސް ކައިގެން ނިދަން އުޅޭގަޑީގަ މިކަމެއް ދިމާވެފަ މިއޮތީ. އާންމުންނަށް އުނދަގޫވާގޮތަށް މިފަދަ ކަންކަން ނުކުރުން އެއީ ނޫންތޯ ރަނގަޅުގޮތަކީ. ކޮންމެވެސް ސަރުކާރުގެ އިދާރާ އަކުން މިކަން ކަން ރަނގަޅު ކުރަން އެބަ ޖެހޭ. އާންމުން ނުކުމެ އެއްބަޔަކު އަނެއްބަޔަކު ގަޔަ ބޮލަށް އެރުމުގެ ކުރިން...

  26
 16. ޙަމަހަމަ

  ތި ބޭބެއަށް ބުނެލަން އޮތީ - ތިމާ ހިތްހަމަނުޖެހޭ ކަމެއްފެނުމުން ދީނުގެނަމުގައި ބޭއަދަބީކޮށް އަމަލުތައްބެހެއްޓުމުން ގިޔާމަތްދުވަހު މާތްﷲ ހަޒު ރަތުގައި ޖަވާބުދާ ރީވާންޖެހޭ ކަންތައް ގިނަވާނެ. ެިެެިެެިެެިެިެެެިެެިެެިެެިެިެެެިެެިެެިެެިެިެެެިެެިެެިެެިެިެ ެޮެެޮެެޮެެޮެޮެެެޮެެޮެެޮެެޮެޮެެެޮެެޮެެޮެެޮެޮެެެޮެެޮެެޮެެޮެޮެ

  1
  14
 17. ތަކުރުހާޖީ

  އަވަހަށް އެ މުސްކުޅި ފިރިހެންމީހާ އަށް ޖިންސީ ފުރައްސާރައިގެ ދައުވާކުރޭ . ގާނޫންތަކުގެ ދޯދިޔާކަމުން ލޫޕް ހޯލް ތަކުގެ ގިނަކަމުން ތިކަމުގައި ޖިންސީ ފުރައްސާރައިގެ ކުއް ސާބިތުވާނެ . މިހާރު ޖިންސީ ފުރައްސާރައިގެ ތުހުމަތަކީ ޓްރެންޑެއް .

  14
  5
 18. ކިޔުންތެރިޔާ

  ހޭރޭ މަރިޔަނބު.

  14
  1
 19. ޙަމަހަމަ

  ޜަސޫލާގެ ސުންނަތުން އެކަލޭގެފާނު މުންކަރާތް ހު އްޓުވުމަށޭ ހަދީސްކުރަ އްވާ، ރީ އްޗަށް ނަސާހަތްދިނުމެ އްނެތި، ތަންތަނަށް ވަންނަވާ ތަކެ އްޗަށް އަތްލަވާ، މީހުންގެމެދުގަ އި ނަފްރަތު އެފެދޭގޮތަށް އަމަލުކުރެ އްވި ވާހަކަ އޮތީ ކޮން ސިޔަރަ ތެ އްގަ އިބާ ؟

  3
  1
 20. ކެނެރީ

  އެ ބޭބެ އެއައީ ނުނިދިގެން އިސާނަމާދުން އައިސް ނިދާބޭބެއެއް އެއީ