އިންޑިއާގެ މަހަރަޝްތްރާގެ ދުލޭ ޑިސްޓްރޮކްޓަށް ނިސްބަތްވާ ދަރިވަރަކު ހޮސްޓެލްއެއްގެ ފާހަނަ ތެރޭގައި ވިހެއުމަށްފަހު ފިލައިފިއެވެ.

އޭނާ އެ ހޮސްޓެލްގެ ފާހަނަ ތެރޭގައި ވިހައި ދަރިފުޅު ލީ އެތަނުގެ ބާލިދީއަކަށެވެ. އުމުރުން 18 އަހަރުގެ އެ ޒުވާނާ ވިހާފައި ވަނީ ސަކްރީ ޓައުންގައި ހުންނަ އަންހެނުންނަށް ހާއްސަ ހޮސްޓެލްއެއްގައެވެ.

ފެބްރުއަރީ 29 ވަނަ މި ހާދިސާ ހިނގިއިރު، އެ ޒުވާނާ ވިހެއި ކުއްޖާ ބާލިދީ ތެރޭގައި އޮއްވާ ފެނުނީ އެ ހޮސްޓެލް ސުޕަވައިޒަރަކަށެވެ.

ފުލުހުން ބުނީ، އެ ޒުވާނާ ވިހެއުމަށްފަހު، އެ ކުއްޖާ ބަލިދީ ތެރެއަށް ލާފައި ދިޔައީ ކަމަށާއި، އެ ކުއްޖާ ރޯއަޑު އިވިގެން އެތަނަށް ދިޔައީ ސުޕަރވައިޒަރު ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގުގެ ތެރެއިން އެެއްވެސް ދަރިވަރަކު އެކަމަށް އެއްބަސްވެފައި ނުވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އެހެންވެ އެކަމުގެ ތުހުމަތު ކުރެވޭ މީހާ ހޮސްޕިޓަލަށް ގެންގޮސް ޓެސްޓުތަކެއް ހެދި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެއީ އެ ޒުވާނާގެ ދަރިއެެއްކަން ވަނީ އެނގިފައެވެ.

އަދި އެ ކުއްޖާ އާއި އެ ޒުވާނާ މިހާރު ވަނީ ދުލީގައި ހުންނަ ސަރުކާރުގެ ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ. އަދި އެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު