ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ "ކަސޯޓީ ޒިންދަގީ ކޭ" ގައި އަނުރާޖް ޕުރޭނާ މަރާލާ މަންޒަރު ފެނިގެންދާ އިސްތިހާރެއް ވަނީ ދައްކާލާފިއެވެ.

މި ޑްރާމާގެ ޕްރޮޑިއުސަރ އެކްތާ ކަޕޫރު އިންސްޓާގްރާމްގައި ހިއްސާކޮށްފައިވާ ވީޑިއޯއިން ފެނިގެންދަނީ ޕްރޭނާ އޭނާގެ ލޯބި ސާބިތުކޮށް ދިނުމަށް މަރުވެސް ވާން ތައްޔާރުކަމަށް ބުނާ ހިސާބުން އަނުރާޖް އޭނާ ކޮށްޕާލާ މަންޒަރެވެ. މި ވީޑިއޯއެކު ގިނަ ބަޔަކު ތިބީ ދެން ވެގެންދާނެ ގޮތެއް ބަލާލުމަށް ކެތްމަދުވެފައެވެ. ނަމަވެސް ކަންވެގެންދިޔައީ ހީވެސް ނުކުރާ ގޮތަކަށެވެ. ޕްރޭނާ ސަލާމަތް ކުރަނީ ބަޖާޖްއެވެ.

އިންޑިއާގެ ނޫސްތަކުން ވަނީ މީގެ ދެތިން ދުވަސް ކުރިން ބަޖާޖް އެނބުރި ކަސޯޓީއަށް އަންނަ ކަމުގެ ހަބަރުތަކެއް ފަތުރާފާއެވެ. ކަސޯޓީގެ އެންމެ ފަހުން ފެނިގެންދިޔައީ ބަޖާޖް ޕްރޭނާ ސަލާމަތްކޮށްގެން އޭނާ ގެންދާ މަންޒަރެވެ. ހޭއުރުމުން ޕްރޭނާއަށް އަނޫރާގް ކޮމަލިކާއާއި ގުޅިގެން ދޯކާދިނީކަން ފަޅާއަރައެވެ.

އޭގެއިތުރުން، ޕްރޭނާ އެ ހިތާމަތަކުން އަރައިނުގަނެވިގެން އުޅެނިކޮށް އެނގިގެންދަނީ އޭނާގެ ދަރިފުޅުވެސް ގޭސްފުޅިއެއް ގޮވި ހާދިސާއެއްގައި މަރުވިކަމެވެ. ޕްރޭނާ އަމިއްލައަށް މަރުވާން މަސައްކަތް ކުރުމުން ބަޖާޖް އޭނާ ސަލާމަތްކޮށްގެން އައު ދިރިއުޅުމެއް ފެށުމަށް ލަންޑަންއަށް ބަދަލުވުމަށް ނިންމައެވެ.

މި ޑްރާމާ އަކީ 2001 ވަނަ އަހަރު ނެރުނު މި "ކަސޯޓީ ޒިންދަގީ ކޭ-1" ގެ ރިމޭކްއެކެވެ. މި ޑްރާމާގެ ފުރަތަަމަ ބަޔާއި އެއްގޮތް ވާހަކަތަކެއް ކިޔާދޭ މި ޑްރާމާއަށް ވަނީ ގިނަ ބައެއްގެ ތަރުހީބު ލިބިފައެވެ.

ޝޯގެ ބަތަލާ ޕްރޭނާ އާއި ބަތަލް އަނޫރާގްއާއި ދެ މީހުން އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވި ނަމަވެސް އެކަކު އަނެކަކާއި އެއްކޮށް ނޫޅެވި، އާއިލާއާއި އެހެނިހެން ސަބަބުތަކާއި ހުރެ ދެ މީހުން ތަހައްމަލް ކުރަންޖެހޭ ދަތި މި ސީރީޒްއުން ފެނިގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ރުޝާ

  ދެން މަށަށް ކީއް ކޮންމެ މީހަ ކު ސަލާމާތް ކުރިޔަސް

  12
  2
 2. ާިއައިސާ މަނިކު

  ތަންކޮޅެއް ޒިންމާދާރު ވާންވެއްޖެ އެއް ނޫންތަ

  17
  2