މިދިޔަ ހޮނިހިރު ދުވަހުން ފަށައިގެން ހިތަދޫ ފުއްޓަރު ފަރާތަށް މޫދަށް އެރިއުޅުނު ދެ ކުއްޖަކު ހޯދުމުގެ މަސައްކަތް، ހުއްޓުމެއް ނެތި ދަނީ ކުރަމުންނެވެ. ކަނޑުމަގުންނާއި ވައިގެ މަގުން އަދި ޑައިވްކޮށްގެން ކަނޑު އަޑިވެސް ހޯދުމުގެ މަސައްކަތް ގިނަ ޢަދަދެއްގެ ބަޔަކު ބައިވެރިވެގެން ދަނީ ކުރަމުންނެވެ. ނަމަވެސް އެ މަސައްކަތް އަދި ވަނީ ކާމިޔާބުވާގޮތް ނުވެފައެވެ.

މޫދަށް އެރިލަން ހިތަދޫ ފުއްޓަރު ފަރާތަށް ދިޔަ ހިތަދޫ ބްލޫގޭ، އަލީ ރާއިފް އާއި ޗަނބޭލީގޭ، އަލީ ފަހުމީ އާއި ޓޮޕާޒް، މަޔާމީން އަލީގެ ތެރެއިން ދެކުއްޖަކު މަދު ވަގުތުކޮޅެއްގެ ތެރޭގައި ކަނޑުވެ ގެއްލިފައިވާއިރު، އޭގެތެރެއިން ސަލާމަތްވީ ރާއިފްއެވެ. ރާއިފް ސަލާމަތްކުރެވުނީ، އިއްތިފާޤުން އެ ހާދިސާ ހިނގި ސަރަޙައްދަށް އެވަގުތު ދިޔަ ބޭރުމަތި އަވަށު ބުލޫ ރޯޒް، ހަސަން ދީދީގެ ހިއްވަރާއި މަސައްކަތުންނެވެ.

ތިން އެކުވެރިން ކަނޑުވެ އޮޔާއިދާން ފެށި ވަގުތު އެންމެ ފުރަތަމަ އެ މަންޒަރު ފެނުނީ، ހަސަން ދީދީގެ ދައްތަ ޚަދީޖާއަށެވެ. އެދުވަހުގެ ބިރުވެރި ހާދިސާ އެންމެ ފުރަތަމަ ދުށް ޚަދީޖާ ވަނީ އޭނާގެ ލޯމަތިން ހިނގައިދޔަ މަންޒަރުތަކާއި ގުޅިގެން "ވަގުތު"އަށް މަޢުލޫމާތު ދީފައެވެ.

ޚަދީޖާ ކިޔައިދިން ގޮތުގައި، އޭނާގެ ދެ ކުދިންނާއިއެކު އޭނާވެސް އެދުވަހު މޫދަށް ދިޔައީ މޫދު ރީތިވުމުން، މޫދަށް އެރިލާހިތުންނެވެ. އެމީހުންނަށް އެދުވަހު އިއްތިފާޤުން ދެވުނީ، ރާއިފް އާއި މަޔާމީނާއި އަލީވެސް މޫދަށް އެރުނު ދިމާލުންނެވެ. އެކުދިން ފަރުމަތިން ހިނގާފައި ގޮސް ކަނޑުއޮޅިއަށް ނިކުމެވޭ ސަރަޙައްދުގައި ތިބިތަން ހަދީޖާއަށް ވަނީ ފެނިފައެވެ.

ދަރިންނާއިއެކު މޫދުގައި ހަދީޖާ އުފާވެރި ވަގުތުކޮޅެއް ހޭދަކުރަމުންދަނިކޮށް، އެކަން ބަދަލުވީ ކުއްލިއަކަށް ނެގި ބިޔަ ރާޅަކާއިއެކު އެވެ. ހަދީޖާ ބުނީ އޭނާއަކީ ކުޑައިރުން ފެށިގެންވެސް އެތަނަށް ޢާންމުކޮށް މޫދަށް ގޮސް އުޅޭ މީހެއް ކަމަށާއި، ނަމަވެސް އެދުވަހު ނެގިހައި ބިޔަ ރާޅެއް ޙަޔާތުގައިވެސް ނުދެކޭކަމަށެވެ.

"ވަރަށް ރީއްޗަށް މޫދު އޮތް ދުވަހެއް އެއީ. އެހެންވެ މޫދަށް އެރިލަން އަޅުގަނޑުމެން ދިޔައީ. މޫދުގައި މާގިނައިރު ނުވަނީސް ކުއްލިއަކަށް ނެގި ބިޔަ ރާޅެއް ފެނިފައި އަޅުގަނޑު ހުރީ ހައިރާންވެ ބިރުގަނެފައި. އެހައި ބިޔަ ރާޅެއް ޙަޔާތުގަވެސް ނުދެކެން. އަޅުގަނޑަކީ ޢާންމުކޮށްވެސް މޫދަށް ގޮސް އުޅޭ މީހެއް. އެކަމަކު ދުވަހަކު އެފަދަ ދުވަހެއް ނުދެކެން،" ހަދީޖާ ކިޔައިދިނެވެ.

ކުއްލިގޮތަކަށް ނެގި ބިޔަ ރާޅާއެކު މޫސުން ބަދަލުވެ ކަނޑު ގަދަވާން ފެށިކަމަށް ހަދީޖާ ބުންޏެވެ. އެހެންކަމުން ދަރިންނާއިއެކު އަވަހަށް އެއްގަމަށް ދެވޭތޯ މަސައްކަތްކުރި ކަމަށާއި، ނަމަވެސް އެކަންވީ ވަރަށް އުނދަގޫ ކަމަކަށް ކަމަށް އޭނާ ބުންޏެވެ. ހަދީޖާ ބުނިގޮތުގައި އޭނާ އާއި އޭނާގެ ދަރިންވެސް "ބޭރަށް ދަމައިނުގަތީ ކިރިޔާ" ކަމަށާއި، ނަމަވެސް ކަން ދިމާކުރި ގޮތުން ފަހުން އައި ރާޅަކާއި އެކު އެއްގަމާއި ހަމައަށް ދެވުނު ކަމަށެވެ.

އެއާއިއެކު ދެން އަވަހަށް ބަލައިލެވުނީ، ފަރު ނިމޭ ހިސާބުން ބޭރުގައި ތިބި ތިން ކުދިން ކޮބައިތޯ ކަމަށާއި، ނަމަވެސް އޭރު އެކުދިން ފެންނާން ނެތްކަމަށް ހަދީޖާ ބުންޏެވެ. އިއްތިފާޤުން އެތަނަށް އެވަގުތު ހަދީޖާގެ ކޮއްކޮ ހަސަން ދީދީއަށް ދެވުމުން، އަވަހަށް އެވާހަކަ އޭނާ ކައިރީގައި ހަދީޖާ ބުންޏެވެ. އަދި އެ ކުދިން ފެންނާން ނެތްކަމުން، ކަމެއް ގޯސްވެއްޖެ ކަމުގެ އިހުސާސް ކުރެވިގެން ހަދީޖާ ހަސަން ދީދީގެ ގާތުގައި އެކުދިންނަށް އެހީވެދިނުމަށް އެދުނެވެ.

އެއާއިއެކު ހަސަން ދީދީ، އިތުރަށް ބަލާން ނެތި ވަގުތުން ދުއްވައިގަތީ އެދިމާލަށެވެ. އަދި އެވަގުތު އޭނާއަށް "އެފަދަ ބާރެއް" ލިބިފައިވުމުން ހައިރާންވި ކަމަށާއި އޭނާ ގާތައް މަތިން ދުވެފައި ދިޔައީ އެއްވެސް ޖެހިލުމެއް ނެތި ކަމަށް މަންޒަރު ދުށް ހަދީޖާ ބުންޏެވެ.

ހަސަން ދީދީ އެ ކުދިންނަށް އެހީވުމަށް މޫދަށް ފޭބުމާއިއެކު ހަދީޖާ ދެން ބެލީ އިތުރު ބައެއްގެ އެހީތެރިކަން ލިބޭތޯއެވެ. އެހެންކަމުން މަގުމައްޗަށް ނިކުމެ އެތަނުގައި ތިބި ޒުވާން ފުރައިގެ ކުދިބަޔަކަށް ވެގެން އުޅޭގޮތް ކިޔައިދީ އަވަހަށް އެހީވުމަށް އަންނާން ހަދީޖާ އެދެމުންދިޔައެވެ. އެހެންކަމުން އެމީހުންވެސް ދުއްވައިގަތީ އެ ދިމާލަށް ގޮސް ކުދިން ސަލާމަތް ކޮށްދިނުމަށެވެ.

"އަޅުގަނޑު އަވަހަށް ދުއްވައިގަތީ އެހެން ބައެއްގެ އެހީތެރިކަންވެސް ލިބޭތޯ. އެހެންކަމުން އެއްގަމަށް އަރައި އެތަނުގައި އެވަގުތު ތިބި ޒުވާންފުރައިގެ ކުދިންތަކެއް ކައިރީ ބުނިން، މޫދުގައި ތިބި ކުދި ބަޔަކު މިހާރު ފެންނާކަށް ނެތޭ. އެހީތެރިކަމަށް އެދުމާއި އެކު އެކުދިން ބަލާން ނެތި ދުއްވައިގަތީ އެދިމާލަށް ދިއުމަށް،" ހަދީޖާ ކިޔައިދިނެވެ.

ކުދިންނަށް އެހީވުމަށް ފުރަތަމަ މޫދަށް ފޭބި ހަސަން ދީދީ ބުނިގޮތުގައި ރާއިފްގެ އަތުގައިވެސް އޭނާއަށް ހިފުނީ ކިރިޔާއެވެ. އަދި ރާއިފް އާއިއެކު ސަލާމަތް ނުވެފިފައި ތިބި އެހެން ކުދިންނަށްވެސް އެހީތެރިވުމަށް ހަސަން ދީދީ މަސައްކަތް ކޮށްފައިވާއިރު، ފަހުން އެނބުރި ބަލައިލިއިރު އެކުދިންގެ ހިލަމެއްވާން ނެތްކަމަށް ހަސަން ދީދީ ބުނެއެވެ.

ރާއިފްގެ ޙާލު ގޯސްވަމުންދާތީ އިތުރަށް މަޑުކުރެވެން ނެތުމުން ހަސަން ދީދީ ވަނީ ގިނަ އިރުނުކޮށް އޭނާ އެއްގަމަށް ގެންގޮސްދީފައެވެ. ރާއިފް އެއްގަމަށް ގެންދިޔައިރު ގާތަކުގައި ޖެހި އޭނާގެ މޭމަތިން އެތައް ތަނެއް މަށައިގެންގޮސް އަނިޔާ ލިބިފައި ހުއްޓެވެ. ރާއިފް އެއްގަމަށް ގެންދިޔައިރު އޭނާ ހޭވެސް ނެތްކަމަށް ވެއެވެ. އެހެންކަމުން ރާއިފް ވަގުތުން ގެންދިޔައީ އެ ސަރަޙައްދާއި ދުރުނޫން ހިސާބެއްގައި ހުރި ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށެވެ.

ގާތަކުގައި ޖެހި މޭމަތިން ބައެއް ތަންތަން މަށައިގެން ގޮސްފައި ހުރުން ފިޔަވައި ރާއިފްއަށް މާބޮޑު އަނިޔާއެއް ނުލިބި ސަލާމަތްވީ ނަމަވެސް، އޭނާ އާއި އާއިލާގެ މެމްބަރުން ތިބީ އުފަލުންނެއް ނޫނެވެ. ރާއިފްގެ ދެ ރަހުމަތްތެރިން އަދިވެސް ފެނިފައި ނުވާތީ އެންމެންވެސް ތިބީ ހާސްވެ އިންތިހާއަށް ދެރަވެފައެވެ. ރާއިފްގެ އެކުވެރިންނަކީ އޭނާއާއިއެކު ގެއަށްގޮސް އުޅޭ ކުދިންތަކަށްވުމުން އާއިލާއިން ދެކެނީ އެވެސް ގާތްތިމާގެ ކުދިންގެ ގޮތުގައެވެ.

"ސަލާމަތްވުމުން ޝުކުރު ކުރަން. އެކަމަކު އެކުވެރިން ނުފެންނާތީ އުފަލެއް ނުވޭ. ވަރަށް ދެރަވޭ. އެ ޚަބަރު ލިބުމުން ވީގޮތެއްވެސް ނޭނގޭ. އަދިވެސް އުންމީދަކީ އެކުވެރިން ހެޔޮ ޙާލުގައި ތިއްބައި ފެނުން،" އަސަރާއިއެކު ރާއިފް ބުންޏެވެ.

މި ބިރުވެރި ހާދިސާއަށް ތިން ދުވަސް ވެގެންދާއިރު، މަޔާމީން އާއި އަލީ ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ. ބޭނުންކުރެވެން ހުރި ހުރިހައި ވަސީލަތެއް ބޭނުންކޮށްގެން، ހުއްޓުމެއް ނެތި ސިފައިން މި މަސައްކަތުގައި ޙަރަކާތްތެރިވަމުންދާއިރު، ސަރުކާރުގެ މުވައްސަސާތަކާއި އައްޑޫގެ ގިނަ ޢަދަދެއްގެ ޢާންމު ރައްޔިތުން ދަނީ އެކަމުގައި ބައިވެރިވަމުންނެވެ. ދެކުދިން ގެއްލުނުތާ ދުވަސްތަކެއް ވެގެންދިޔަނަމަވެސް، އެފަރާތްތަކުން އަދިވެސް އުންމީދު ކަނޑައެއް ނުލައެވެ. ކުދިން ހޯދުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް ތިން ނޯޓިކަލް މޭލުގެ ކަނޑުގެ ސަރަހައްދެއް ވަނީ ބަލައި ހޯދާފައެވެ. މި މަސައްކަތުގައި ޙަރަކާތްތެރިވާ ފަރާތްތަކުންނާއި ހެޔޮއެދޭ ހުރިހައި ފަރާތަކުންވެސް ތިބީ މަޔާމީނާއި އަލީ ފެންނާނެ ކަމުގެ އުންމީދުގައެވެ. އެފަރާތްތަކުގެ ދުޢާއަކީ "ވަރަށް އަވަހަށް" އެ ދެކުދިން ހެޔޮހާލުގައި ތިއްބާ ފެނުމެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ޖަސްޓް

    ބިޔަ ރާޅާއެކު ކުދިން ބެހުނު ގޮތް ޚަދީޖާގެ ދުލުން ކިޔާދޭން ވަރުހުންނަނީ މިއުޅެނީ ރޯދަ އަށް ކުރުވާހަކަ މުބާރާތެއް ބާއްވައިގެން ނޫނޭ އިނގޭތޭ ތަމެންނަށް. ތަމެން އެކުދިން މޫދަށް ދާން ފެށުމުން ބުނި ނަމަ އުދަ އަރައޭ ކުދިންނޭ ރާޅު ތަކު ތެރެއަށް ނުދައްޗޭ މިއަދު މޫދަށް ދިއުމަކީ އެއީ ކޮށްގެން ވާނެ ކަމެއް ނޫނޭ އެގޮތަށް އެކުދިންނަށް ނަސޭހަތް ތަމެން ދީގެން ޕްރިއިންސިޑެންޓް ސީން ގައި އެމެން މޫދަށް ނޭރޭ ގޮތް ނެހެދީ ކީއްވެތޭ ދެން މިއަދު އެ ވާހަކަ ތަމެން ދުލުން ކިޔާ ދިން ނަމަވެސް ތިޔާއިން ކެއްކޭނެ ޑޮންޑޮނެއް ހުންނާނެ ކަމަށް މަމެންނަށް ނުފެނެއޭ އިޓްސް ޖަސްޓް އެނަދަރ ރާއްޖެތެރެ އަންސް ލައިފް ސްޓައިލް ދޯ.

  2. މ

    ސުބުހާނަﷲ

    ޔާﷲ އެދެކުދިން ހެޔޮހާލުގާ ވަނިކޮއް ފެންނާނެ ރަޙުމަތްލައްވަވާށި. އާމީން

  3. ޙ

    ތީ މޮޔަ ގޮލައެއް

  4. ޖަސްޓް ޑާންސް

    ޖަސްޓް ބުނަން ކޮންމެ ތާކު ހުއްޓަސް މަރުވާނެ. މާލެ ވެސް ހަމަ އަޑިއަށް ގޮސްދާނެ

    • ބޮލިހިލާ

      ތަމެން ޖަސްޓް ދަގަ ދިގު ފަރަށް ބޮލި ހިލަން. ދަގަ ދަގަ ދަގަ ބޮލިހިލަން. ބޮލިހިލާ ދޯ. ކީޕް ބޮލިހިލާ ބޭބީ ބޭބީ ބޭބީ ބޭބީ ޕްލީޒް އެއޮތީ ބޮއްޔެއް މިއޮތީ ބޮއްޔެއް ހިލާ ހިލާ ހިލާ ބޮލި ހިލާ އޯއް ކާންޓް ޔޫ ސީ އިޓް.. ތަމެން ފަރުވާ ކުޑަ ކަމުގެ ވާހަކަ ދައްކަން ފެށީމާ ނައްޓަން ނަހަދާތި އިނގޭތޭ. ބާއުބާއު..

      • ހުދާ

        .މޮޔަތަ

      • ޞނ

        ބޮލިހިލާ މޮޔަވެބަލަ.. މާ މާލެ ވެގެން އެބަ އުޅެއޭނު. ރަނގަޅަށް ވިއްޔަ ވާނީ ރާއްޖެތެރެ މީހަކަށް ?

      • މާލެ މައުސް

        ކަލޭމެން ނުނީ ފަރުވާތެރި މީހެއް ނެތް! ހީހީ

      • ވ ވެދުން

        ހެޔޮހިތުން އެއްޗެއް ނުބުނެވެންޔާ ބޭކާރު އަނގަ ނުތަޅާ މަޑުން ހުރޭ... ވ ވާހަކަ މީ ވެސް...

      • މޮލޭ

        މި ހިތާމަވެރި ދަނޑިވަޅުގައިވެސް ތަމެން މަމެން ކިޔާ، ފާޑުފާޑުގެ ބަހުރުވައިން ވާހަކަ ދައްކާ އަދި މިކަން މަޖަލަކަށް ހަދއިގެން ވާހަކަ ދައްކާ މީހުންނަށް ބުނެލަން އޮތީ ހިތާމަވެރިކަން ކަމާ، މަރުވުމާ މިކަންކަން މެދުވެރިވަނީ ވަކިރަށެއްގެ ބަޔަކަށް ނޫންކަމެވެ. އަދި ކަންތައްތައް މެދުވެރިވަނީ މޮޔައިންނަށް އެކަނިނޫންކަމެވެ. ބުއްދިވެރިޔާވެސް އަދި މާލޭ މީހާވެސް މަރުކައިރީވީމާ ފިލާނެ ތަނެއް ނޯންނާނެއެވެ. ބެހެންވީމާ އަދި ގެއްލެންވީމާ ބުއްދިވެރިޔާއަށް ވެސް ހެދޭނީ ގޯހެވެ. ރާއްޖެތެރޭ މީހާވެސް އަދި ކަލޭވެސް މަޙްޝަރް ބިމުގައި ހުންނާނީ އޮރިޔާން ހާލުގައެވެ. ކަލޭ އެދުވަހުވެސް ހުންން ބޭނުންވާނީ މާލޭ ބޯޑް ހިފައިގެންނެވެ. އެކަމަކު ކަލޭގެ އަނގަ ނުހުޅުވޭނެއެވެ. ލަދު ހަޔާތް ކެނޑުނީމާ އިންސާނުންގެ ދަރަޖައިން ނެއްޓުނީއެވެ. ރާއްޖެތެރޭ މީހުން ކެއި އޮރެންޖް ތޮށި އެއްލީމާ އެ ދަބަހަށް އަޅައިގެން މާލެ ދިޔައީ ކާކުހެއްޔެވެ. ގިރާވަރު މީހުން މސްކަނޑަން ބޭނުންކުރި ގަލެއްގެ މަތީ ހުރެގެން އަނގަފަޅާއިރު އަލިފު ބާ ޖެހިކަމެއްވެސް ނޭގެއެވެ. އެއްޗެއް އެނގޭ މީހަކު ތި ހުތުރުވައްތަރު ނުޖައްސާނެއެވެ. ތަންދޮރު ނޭގެނީ އެވެ. ހަތަރުކަޅި ހަމަވިނަމަ ތިބާޔަށް އަދި އިތުރަށް ފިލާވަޅު ނާގާ ދިނީ މުހެވެ. ވަރަށް ސަލާމް.

        • އާ

          ތީ ބަރާބަރު ރައްދެއް .. އަދިވެސް ރައްދު ދޭން ފެނޭ..

        • ވާހަކަ

          ވެލް ސެެއިޑް

  5. ނާޝް

    ދެން އެންމެ ރަނގަޅުވާނޭ އެތަނަން މޫދަން ނުދިއުން. އެކުދިން ހެއު ހާލުގައި ލައްވާށީ. އާމީން

    • ޒިޔަތް

      މަމެން ވެގެން އުލެނީ މް އެގޭ މިީހެއް..

  6. މޮޔަމީހާ

    ފާޑު ފާޑުގެ ކޮމްނެޓް ތިޔަ ކުރަނީ ކަލޭ ތީ މަތިން ބާއްވައިލެެއްވި މީހެއް ދޯ! ނޫނީ ކަލޭ ތިބުނާ މާލެ އަކީ އެމެރިކާ ހިސާބުގެ ރަށެއް ދޯ! މާ ބޮޑަށް ދަ ރާއްޖެތެރެއޭ ތި ކިޔަނީ

  7. ސޭޑް

    ތިއައްވުރެ ރީއްޗަށް ވެސް ތިބުނަން އުޅޭ އެއްޗެއް ބުނެވިދާނެ. ކަމެއްވާނީ ބުނެފަކާއެއް ނޫން. އެނީ ތިންގް ކޭން ހެޕެން އެޓް އެނީ ޓައިމް. ޙެޔޮ ބަހެއް ނުބުނެވެންޔާ އެޓްލީސްޓް ޕްރޭއި ފޯ ދެމް.

  8. ލާ

    ހެޔޮނުވާނެ ވަގުތުންނޫހުން މި "ވަޓްޑޫޔޫ" ގެ ނަމުގަ ކޮމެންޓު ކުރާ މި މޮޔަމީހާގެ ކޮމެންޓް ތައް ނުފެންނަގޮތް ހަދާބަ.. ހާފަ ބޮޑު ފޫހި ގަޑެކޭ.. ކޮމެންޓް ކިޔާ ހިއްވެސް ނުވޭ މި މީހާގެ ކޮމެންޓް ހުނާތީ..

  9. ޜާއްޖެތެރޭމީހާ

    ޥަޓްޑޫޔޫ .....ކަލޭގެ އާއިލާގެ މީހަކަށް މިކަހަލަ ކަމެއް ދިމާވީމަ އިހްސާސްވާނެ ސިސްޓަމް އޮންނަގޮތް.

  10. އެނޒި

    ވަގުތުގަ ކޮމެންޓް ކޮށް އުޅޭނެ މާ މަމެން ތަމެން ، ޕިންކީ ވެގެން އުޅޭ ރޯނު އެދުރެއް... ލަދުން ބާހަލާކު މިސޮރު އުޅޭގޮތުން... ކަލެއައް ހާދަ މީހުނެއް ބަދު ބަސް ލިބޭނެޔޭ ކަލޯ... ތަނެއް ދޮރެއް ނޭގުނަސް ވާނެ ކޮމެންޓު ކުރަން.. ލޮލް