މިހާރު މުޅި ދުނިޔޭގައި ފެތުރެމުން އަންނަ ކޮވިޑް-19 ޖެހި އެތައް ބަޔަކު ދަނީ މަރުވަމުންނެވެ. މި ބަލިން ގިނަ ބަޔަކު ސަލާމަތްވަމުން ދިޔަ ނަމަވެސް، ބަލީގައި އުޅެމުންދާ ދުވަސްވަރަކީ އެތައް ވޭންތަކަކާއި، ކުރިމަތިވާ ދުވަސްކޮޅެއްް ކަމަށް މި ބަލި ތަހައްމަލު ކުރާ ގިނަ ބަޔަކު ވަނީ ސިފަކޮށްފައެވެ.

މި ވައިރަހަކީ މީގެ ކުރިން ފެނިފައި ނުވާ ވައިރަހެއް ކަމުން އެބަލީގެ ފަރުވާއެއް އެންމެ ފުރިހަމައަށް ހޯދިފައެއް ނުވެއެވެ.

ކޮވިޑް-19 އިން ރައްކާތެރި ވުމަށް ސިއްހީ މާހިރުން އެތައް އިރުޝާދެއް އަދި އިލްތިމާސްއެއް މިހާތަނަށް ކޮށްފައިވާއިރު، ސައިންސްވެރިން ވަނީ މި ބަލި އަރައިދާނެ އިތުރު މަގެއް ހޯދާފައެވެ. އެގޮތުން ސިއްހީ މާހިރުން ވަނީ އަރައިގެން ހުންނަ ބޫޓުގައި ކޮވިޑް-19 ފަސް ދުވަހާ ހަމަޔަށް ޖަރާސީމްތައް މަރުނުވެ ހުންނާނެ ކަމުގެ އިންޒާރު ދީފައެވެ. އަދި ބޫޓު ކިބައެއްގެ މީހުން ގިނައިން ޒިޔާރަތް ކުރާ ތަންތަން ކަމަށްވާ އެއާޕޯޓުތަކާއި، ޕްބްލިކް ޓްރާންސްޕޯޓު، އަދި ސުޕަމާކެޓު ތަކަށް މި ވައިރަސް ފެތުރިގެން ދިއުމުގެ ފުރުސަތު ބޮޑު ކަމަށް މިކަމާބެހޭ މާހިރުންނާއި ހަވާލާދީ "ހަފިންޓަން ޕޯސްޓް" އިން ވަނީ ރިޕޯޓުކޮށްފައެވެ.

ހަމައެކަނި މި ބަލި ހުންނަނީ ބޫޓުގެ ދަށްފުށުގައެއް ނޫން ކަމަށާއި، ފަސޭހަ ކަމާއި އެކު ފައިގައި ނުޖެހުނަސް އަރައިގެން ހުންނަ ބޫޓުގެ މަތިފުށަށްވެސް މި ވައިރަސް އަރާކަމަށް ވެއެވެ.

މި ބަލި ފަސޭހައިން އަރަނީ، ރަބަރު ބޫޓުތަކަށާއި، ލެދާ އާއި ޕްލާސްޓިކުން ހަދާފައި ހުންނަ ބޫޓަށް ކަމަށް ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ. މި ދުވަސްވަރު ހަމައެކަނި ވިސްނުން މުހިންމީ ބަލި ފަސޭހައިން ފެތުރޭނެ ގޮތަށް ނޫން ކަމަށާއި، މި ބަލި އަރައިދާނެ ކަންކަމާއި މެދު ފުޅާ ދާއިރާއެއްގައި ވިސްނުމަށް ސައިންސްވެރިން ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު