ކޮވިޑް-19 އަކީ ބޮޑު ބަލި މަޑުކަމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އިއުލާން ކޮށްފައިވާ ނުރައްކާތެރި ބައްޔެކެވެ. މި ބައްޔަކީ ވަކި އުމުރެއްގެ މީހުންނަށް ޖެހޭނެ އެއްޗެއް ކަމަކަށް ބުނެވޭކަށް ނެތެވެ. ތެދެކެވެ. މި ބަލިން ޖެހުން ގާތީ އުމުރުން ދުވަސްވީ މީހުންނާިއ ދިފާއީ ނިޒާމުވެސް ދަށް މީހުންނަށެވެ. ނަމަވެސް މި ބައްޔަކީ އެކި އުމުރުގެ މީހުންނަށް ވެސް މިހާތަނަށް ޖެހިފައިވާ ބައްޔެކެވެ. އެތައް ލައްކަ ބަޔަކަށް ބަލި ޖެހިފައިވާއިރު ބަލި ޖެހިފައިވާ މީހުންގެ ތެރެއިން ގިނަ ބަޔަކު ބަލިން ވަނީ ރަނގަޅުވެސް ވެފައެވެ.

މިފަހަރު ސައުތު ކެރޯލިނާ އަށް ނިސްބަތްވާ މަންމަ އަކަށް މިވަނީ އޭނާގެ ދެމަހުގެ ތުއްތު ދަރިފުޅަށް ކޮވިޑް-19 ޖެހުމުގެ ސަބަބުން އެކަމުގެ ހިތާމަ ތަހައްމަލު ކުރަން ޖެހިފައެވެ. ދެ މަހުގެ ތުއްތު އެ ކުއްޖާއަށް ބަލި ޖެހުނީ ކިހިނެއް ކަމެއް ވެސް ނޭނގެއެވެ. އޭނާ ވަނީ ފޭސްބުކްގައި އެލީ ނަމަކަށް ކިޔާ އެ ތުއްތު ކުއްޖާއަށް ބަލި ޖެހުނުކަން އެނގުމުން "ހިތް ފަޅައިގެން" ނުދިޔައީ ކިރިތާ ކަމަށް ބުނެ ފޭސްބުކްގައި ޕޯސްޓެއް ކޮށްފައެވެ.

ނޭވާލުމަށް ބޮޑެތި މީހުންނަށްވެސް އުނދަގޫވާ ނުރައްކާތެރި ކޮވިޑް-19 ވައިރަސް ދަރިފުޅަށް ޖެހުނީ ކުރިން އެފަދަ އެއްވެސް އަލާމާތެއް ނެތި ކަމަށާއި، އެ ބަލި ޖެހުނު ހިސާބުން އެކުއްޖާ ނޭވާލުމުން ގެންދިޔައީ ވެންޓިލޭޓަރުގެ އެހީގައި ކަމަށް އެލީގެ މަންމަ ބުންޏެވެ. އަދި އެލީއާ މިފަދަ ނުރައްކާތެރި ބައްޔެއް ޖެހުނު ކަމުގައިވީ ނަމަވެސް، މުޅިން ބަލިން ފަސޭހަވުމާއި ހަމައަށްވެސް، ކުއްޖާއާއި ބައްދަލު ނުވިޔަސް އެލީގެ މަންމަ އާޝްލީ ހުރީ އެލީއާ ބައްދަލުވާނެ ކަމުގެ އުއްމީދުގައި ކަމަށް ބުންޏެވެ.

"އަހަންނަށް ދަރިފުޅު ވެންޓިލޭޓަރުގައި އޮއްވައި ފެނުން އިރު އެކުއްޖާގެ މުޅި ގައިގެ އެތަން މިތަނަށް އޮތީ ނަރުތައް ގުޅާފައި. އެލީ ފައްސި (ޕޮޒިޓިވް) ވުމާއި އެކު އަންހަރެންނާއި އަހަރެންގެ ފިރިމީހާ ތިބީ ސެލްފް އައިސޮލޭޝަންގައި، ހިތަކަށް ހިތްހަމަ ޖެހުމެއް ނުލިބުނު. އަބަދުވެސް ވިސްނެމުން ދިޔައީ ދެންވެދާނެ ގޮތަކާއި މެދު." އާޝްލީ ބުންޏެވެ.

އާޝްލީ ބުނި ގޮތުގައި ފުރަތަމަ ވައިރަހަށް ޕޮޒިޓިވްވި އިރުވެސް ދަރިފުޅުގެ ކިބައިން ވައިރަހުގެ އެއްވެސް އަލާމާތެއް ފެނިފައެއް ނުވާ ކަމަށެވެ. އަދި ފަހުންވެސް ހުން އައުންފަދަ އަލާމާތެއް ފެނިފައި ނުވާ ކަމަށާއި، އެލީއަށް ހަމައެކަނި އުނދަގޫވީ ނޭވާލުމަށް ކަމަށް އެލީގެ މަންމަ އާޝްލީ ބުންޏެވެ.

"އަހަރެންގެ ދަރިފުޅަށް މި ބަލި ފެތުރިގެން އައިސް ޖެހުނީ. އަހަރެން ވިސްނި ވިސްނުމާ ރޯންޖެހުނު ރުއިން އިހްސާސް ކުރެވޭނީ އަހަރެންނަށް. އަހަރެން އިލްތިމާސް ކުރަން މި ބަލިން ސަލާމަތްވުމަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް މިހާރުން މިހާރަށް ހުރިހާ އާންމު ފަރުދުން އެޅުމަށް." އާޝްލީ ބުންޏެވެ.

މިހާރު ތުއްތު ތުއްތު އެލީ ވަނީ މި ބަލިން ސަލާމަތްވެފައެވެ. އާޝްލީގެ ދަރިފުޅު އެލީއަކީ މުޅި އިނގިރޭސި ވިލާތުންވެސް މި ބަލިން ސަލާމަތްވި އެންމެ އުމުރުން ހަގު ކުއްޖާއެވެ.