ކޮރޯނާ ވައިރަސްއާ ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުގައި ހިތްދަތި އެތައް ކަމެއް ހިނގަމުން އެބަދެ އެވެ. ބަލީގެ ނުރައްކާ އެންމެ ބޮޑީ ބަލި ޖެހޭ މީހުންނަށް ފަރުވާ ދިނުމުގައި ހަރަކާތްތެރިވާ ޑޮކްޓަރުންނަށެވެ. އެންމެ ގާތުން އެމީހުންނާ ބައްދަލު ކުރެވެނީ ޑޮކްޓަރުންނާ ކަމަށްވާތީ އެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި ޑޮކްޓަރުންނަށްވެސް މި ބަލި ޖެހިގެން ފަރުވާ ދެމުން އެބަ ދެއެވެ. އަދި މަދުން ނަމަވެސް ބަލި މީހުންގެ ގައިން ބަލި ޖެހިގެން ބައެއް ޑޮކްޓަރުން ދުނިޔެ ދޫކޮށްފިއެވެ.

މިހާރު ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަނީ ޑޮކްޓަރަކު ޑިއުޓީ ނިމުމަށްފަހު އެނބުރި ގެއަށް އައިސް ވަންނަ މަންޒަރެވެ. މިއީ ސައުދީ އަރަބިއްޔާގައި ހިނގައިދިޔަ ކަމެކެވެ. ޑޮކްޓަރު ގެއަށް ވަނުމާއެކު އޭނާގެ ދަރިފުޅު ދުވެލާފައި އައިސް ބައްދާލަން އުޅެ އެވެ. ނަމަވެސް އޭގެ ކުރިން ޑޮކްޓަރު އޭނާ ހުއްޓުވައި ދުރަށް ދާން އަމުރުކުރެއެވެ. އެއަށްފަހު ޑޮކްޓަރު ފެންކަޅިވެ އަސަރާއެކު ބިންމައްޗަށް ތިރިވެ ރޯން ފަށައެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި ޑޮކްޓަރު ހުރީ ބަލި މީހުންނަށް ފަރުވާ ދޭ އިރު ލައިގެން ހުންނަ ސޫޓު ލައިގެންނެވެ. ބެލެވޭ ގޮތުގައި އޭނާ ގެއަށް އައީ ކޮރޯނާ ވައިރަސްގެ ޕޭޝަންޓުންނަށް ފަރުވާ ދިނުމުގައި އުޅުމަށްފަހު އެވެ. އަދި އައި އިރު ހުރީ މަސައްކަތުގެ މާހައުލުގައި ފެނުނު މަންޒަރުތަކާއި ކަންތައްތަކުން މާޔޫސްވެފައެވެ. އަދި އޭނާގެ ދަރިފުޅު ދުވެފައި ބައްދާލަން އައުމުން ދުރުކޮށްލީ އޭނާގެ ގައިގައި ވައިރަސް ހުރެދާނެތީ ވައިރަސް އޭނާގެ ދަރިފުޅުގެ ގަޔަށް އެރިޔަ ނުދިނުމަށްޓަކައެވެ.

ކިތަންމެ ހިތްދަތިވިޔަސް ޑޮކްޓަރުގެ އަމަލުތައް ބެހެއްޓީ އެންމެ ރަނގަޅަށެވެ. ބަލީގެ އެއްވެސް ނިޝާނެއް، އަލާމާތެއް ފެންނަ ނަމަ ބަލި ފެތުރި އާއިލާ ނެތިދިއުމަށްވުރެ އަމިއްލައަށް އެމީހުންނާ ދުރުވެގަތުމަކީ އެންމެ ރަނގަޅު ގޮތެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޑޮކު

  ދަރިފުޅުގައިގަ އަތް ނުލާ މޫނުގަ އަތްލުމުން މި ވައިރަސްން ތިޔާ ވި ދުރު... ބަލި މީހުންނަ ޙިދުމަތް ދީފަ ޔުނީފޯރމާ މާސްކުގަ ގެއައް އައީތީވެސް މަރުޙަބާ... މި ބައްޔައް ފަރުވާދޭ ޑޮކްޓަރުން ފޮލޯ ކުރަންޖެހޭ ވަކި ގައިޑްލައިނަކާ ޕޮރުޓުކޯލް އޮވޭ މަޗާ!!!

  8
  3
  • ނަރުސް

   ޑޮ ކު ތިހާ ލޭމައްޗަށް ނުދިޔައަސް ރަނގަޅުވާނެ. އެއީ ސިއްހީދާއިރާގަ މަސައް ކަތް ކުރާ މީހުންގެ ޤުރުބާނީއާއި ހާލަތާއިމެދު ހޭލުންތެރި ކުރަން ކުޅެފައޮތް މަންޒަރެއް. ޥާހަ ކައެއް.

   ފެނެއެންނު މި ރާއްޖޭގަވެސް ޓީވީގަ ފުލުހުންނާ ސިއްހީ ދާއިރާ މީހުން ޔުނިފޯރމުގަ ކުޅެފަ ހުންނަ މަންޒަރު ؟ އެގޮތަށް.

   ޢިބުރަތެއް ހާސިލު ކުރަންވީތާ ކު މާ ސީރިއަސް ތި ވެވުނީ.

   • ޕޭޝަންޓު

    މިހާ ސީރިއަސް ކަންތަކުގަ ހޭލުންތެރި ކުރަންވެސް މަންޒަރާ ވާހަކަ އެކުލެވެން ޖެހޭނީ ކަމާ އެކަށޭނެ ގޮތައް އަހަރުމެން ޕޭޝަންޓުނަށާ މުޖުތަމައައް އެވާހަކައިން ހަމަ އެކަނި ލައިކާ ސިމްޕަތީ ހޯދާކަށް ނޫން. ތިކަހަލަ ވާހަކަޔާ ދޮގު އެކުލެވޭ ވިޑިޢޯ ތައް ޙަބަރުގެ ގޮތުގަވެސް ނުލިޔުން އެދެން. ޥިޑިއޯެއިން ދެވުނު މެސެޖެއް ހަމަ ނުވިސްނުނު. ކަމާބެހޭ މާހިރުން ނުކަރަން ބުނި ގިނަ ކަންްތަށް ތި ވީޑިއޯއިން ފެންނަނީ’

 2. ޙަމަހަމަ

  ޥަރަށް ފުން އިބުރަތްތަކެ އް ހުރި ވާހަކަ އެ އް - ލޯބިންނޭ މިނިވަންކަމޭ ކިޔާފަ ދުނިޔޭގަ އިވެސް އާހިރަތުގަ އިވެސް ގެ އްލުންހުރި ކަންތަ އްތަ އް ކުރާކަށް ނުވާނެ.