ރޭ މޯލްޑިވިއަން އައިޑޮލް ސީޒަން ޕްރިމައާރ ކުރިއިރު، ތަފާތު ހުނަރުވެރިން ފެނިގެން ދިޔައެވެ. އެއީ އެ ޝޯވގެ އެއް ބޭނުމެވެ. ހުނަރުވެރިން ބިނާ ކުރުމެވެ.

ރޭގެ ޝޯވ ވެގެން ގޮސްފައި ވަނީ މަޖާ ކަންތައްތަކެއްވެސް ހިނގި ޝޯވއަކަށެވެ. ކޮންމެވެސް ވަރަކަށް ޖަޖުންނާއި ވެސް މަސައްކަތްތަކެއް ހަވާލު ކުރިއެވެ. ޖަޖުންނަށް ވޯމްއަޕެއްވެސް ދިނެވެ. ވާދެމުން ވެސް ޝޯވ ތެރޭގައި ކުރިއަށްދިޔައެވެ. އެހެންކަމުން ބުނެވޭނީ މިފަހަރު ޝޯވ ހަމަ ތަފާތުކަމުގެ ވާހަކައެވެ.

ގިނަ ބަޔަކު ބުނިގޮތުގައި، ރޭ ޝޯވއަށް އެރި އެންމެ ތަފާތު އެކަކީ ހުސްނީ މުބާރަކްއެވެ. އޭނާ މޮޅީ ލަވަކިޔުމަށް ނޫންކަމުގައި ވިޔަސް މީހުން ހެއްވާލުމުގެ ފުރިހަަމަ ގާބިލުކަން އޭނާގެ އެބަ ހުއްޓެވެ.

ހުސްނީ މުބާރާކް އައިޑޮލް ކުރިއަށްދިޔަ ޕްލެޓް ފޯމަށް އެރިތަނުން ނަން އެހިއެވެ. އޭނާ ބުނީ އޭނާގެ ނަމަކީ ހުސްނީ މުބާރަތް ކަމަށެވެ. އެ ނަން ބުނުމުން ޖަޖުންނަށް ގަބޫލުނުކުރެވުނު ކަހަލައެވެ. އެންމެ ފަހުން އައިޑީކާޑު ދެއްކުމުން ޖަޖުން ގަބޫލުކުރިއެވެ.

ހުސްނީ މުބާރަކް ވަނީ ޖަޖް މަރިޔަމް އުނޫޝާ (ކިޑީ) އަށް ކައުންސެލިންގވެސް ދީފައެވެ. ކިޑީއަށް އެކަން ކަމުނުދިޔައެވެ. އޭނާއަށް ކައުންސިލިންގ ދޭން ނޭނގުނީއެވެ. އެއީ ކައުންސިލިންގ ދޭ ގޮތް ވެސް ނޫނެވެ. ހުސްނީގެ އެ ސްޓޭޖަށް އަރާ ކުރި ކަންތައްތަކުން ވަރަށް ގިނަ ބަޔަކަށް ހެވުނެވެ.

މި ނޫންވެސް ގިނަ ކަންތައްތަކެއް ޝޯވގެ ތެރޭގައި ކުރިއަށްދިޔައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސްނީ މުބާރިކް

    ހިތްވަރު ގަދަ މީހެއް. ކޮމެޑީ ފިލްމަކުން ފުރުސަތެއް ލިބޭނެ ކަމަށް އުއްމީދު ކުރަން.