އަނބިންނަށް އޮޅުވާލުމަށްފަހު ފިރިހެން ތަންތަނާ ދާ ވާހަކަތައް މިއީ އާ ވާހަކައަކަށް ނުވާނެއެވެ. ވިޔަފާރީގެ ދަތުރުތަކުގައި ކަމަށް ބުނެ އެތައް ގައުމުތަކަށް އެހެން ބޭނުންތަކުގައި ދާ ފިރިހެން މަދެއް ނޫނެވެ.

މިއީވެސް އެގޮތަށް ދާ ތަނުގެ މައުލޫމާތު އޮޅުވާލުމަށްފަހު ބެންގކޮކަށް ދިޔަ މީހެކެވެ. ނަމަވެސް ކޮވިޑް-19 އާ ހެދި ދެ މީހުންވެސް ބެންގކޮކްއަށް ދިޔަ ކަން ވަނީ ފަޅާ އަރާފައެވެ.

އަމްބާލާއަށް ނިސްބަތްވާ ދެ މީހުން ދާދި ފަހުން އަނބިން ކައިރީގައި އޮފީސް މަސައްކަތެއްގައި ބަންގަލޫރްއަށް ދަނީ ކަމަށް ބުނެފައި ދިޔައީ ބެންގކޮކަށެވެ. އެކަން ހިތި ގޮތަކަށް ނިމިގެން ދިޔައީ ދަތުރު ނިންމާފައި އެނބުރި ގެއަށް އައި ފަހުންނެވެ.

ކޮވިޑް-19 ފެތުރެން ފެށި ފަހުން،އެކި ގައުމުތަކުން އަންނަ މީހުންގެ ކަންކަން ވަރަށް ގާތުން އިންޑިއާއިން ދިޔައީ ބަލަމުންނެވެ. އެެ އޮފިޝަލުންނަށް މި މީހުންގެ މައުލޫމާތުވެސް ލިބި އެ މީހުން ވަނީ ދެ މީހުންގެ ގޭގެ ބޭރުގައި 14 ދުވަހުގެ ކަރަންޓީން ނޯޓިސް ތަތްކޮށްފައެވެ.

އެ ނޯޓިސް އެ މީހުންގެ އަނބިންނަށް ފެނިގެން އެ މީހުންނަށް ލިބުނީ ބޮޑު ހައިރާން ކަމެކެވެ. އެ މީހުންގެ އަނބިންނަށް ވަނީ ދެ މީހުންވެސް ބެންގކޮކަށްއަށް ދިޔަ ކަމާއި، އަދި އެ މީހުންނަށް އޮޅުވާލިކަން އެނގިފައެވެ. އަދި ފަހުން ދެ މީހުންވެސް ވަނީ އެކަމަށް އެއްބަސްވެސް ވެފައެވެ.

އެ ކަރަންޓީން ނޯޓިސް ތަތް ކުރި މައްސަލާގައި އެ ދެމީހުން އޮފިޝަލުންނާއި ދިމާލަށް ހަޅޭވެސް ލެވިކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކެލާކުރޮޅި

    ދިވެހިންވެސް ވަރަށް ދާހިތްވާ ތަނެކޯ އެއީ މިކަހަލަ ލަޑެއް ނުލިބުނިއްޔާވާރަގަޅު

    72
    2
  2. ހުސޭނުބޭ

    ކީއްކުރަން އެނބުރި އަނބިން ކައިރިޔަށް ދާން! ދެމީހުން ބެންކޮކަށް ދިޔަގޮތަށް އެތިބީ މާބަނޑުވެފައި! ބަނޑަށް 7 މަސްވެފައި! ފޮޓޯ ބަލާ!

    77
  3. ކިކިކީ

    ހައއހަހަހާ..ވަގަކަށް ހާސް
    ދުވަސް ވެރިޔަކަށް 1 ދުވަސް

    57
  4. ޗީ ޗީ

    ކުދިންނޭ ކެއްތެރިވާ މީހުންނަށް މިދުނިޔޭގަވެސް ހަގީގީ އުފާ ލިބޭނީ. ހިތް ވެސް އެދެނީ ހަގީގީ އުފާ. ދެން ކީއްކުރަން ކުރާ ބޭކާރު ކަންކަމެއްދޯ ލޮލް އަޅޭ މޮޔަ ޝައިތާނަކަށް ހަގީގީ އުފަލެއް ހޯދައިދިނުމުގެ ބާރެއް ދެއްވަވާފަ އެއް ނުވޭ

    15
    1
  5. ހައް

    އެމީހަކު ކުރާކަމެއް އެމީހަކާ ބައްދަލުކުރާނޭހިނދު ތި ދެ މީހުންގެ އަނބިން އުޅެނީ ކިހިނެއްބާދޯ؟ ބޮޑުފާފަ ކުރާނަމަ ތިއީކީ ކުޑަކަމެއްނޫނިއްޔާ ރަނގަޅު އަންބަކުވެސް އަދި މާފުދިނަސް އެކުގަ ދެން އުޅޭކަށް! އެއްކަލަ މީހުންނަކަށް ނޫންތަ އެކުގަ އުޅެވޭނީ. އެކަމް ދެމަފިރިޔެއްގެ ނުބައިކަމުންވެސް ކައިވެނިން ބަރަކާތް ކެނޑުނީމަ ރޫޅޭ ހިސާބައްދާނެ

    4
    1
  6. ޒައިޝާ

    ކާފިރުންގެ ވާހަކަ ދައްކާ އިރު، އަދި މިރާއްޖޭގެ ދިވެހީންނޯ. ތިކަހަލަ ކިތައް މަކަރު އެމީހުންގެ އަނބިންނަށް ހަދާފައި އޮފިސް ދަތުރުތައް ކިޔާފަ ތިޔަ ތަންތަނަށް ގޮސް ގަނޑުތަޅާލައިގެން އާދޭ.