ބޮލީވުޑްގެ ފިލްމްތަކުން ސަމާލުކަން ހޯދި ޒޯ މޮރާނީ ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެއްޖެއެވެ.

އެ މައުލޫމާތު ލިބިފައި ވަނީ އިންޑިއާގެ ނޫހެއް ކަމަށްވާ ބޮމްބޭ ޓައިމްސްއަށެވެ. އެ ނޫހާއި ހަވާލާދީ ޓައިމްސް އޮފް އިންޑިއާގައި ވަނީ ޒޯ މޮރާނީ މިއަދު ޕްރައިވެޓް ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްފައި ވާކަމަށް ކުރިން ބުނެފައިވާކަމަށް ރިޕޯޓްކޮށްފައެވެ. އަދި އެ ނޫހުން ވަނީ އެ މީހުންނަށް އޭނާއާ ވާހަކަދެކެވުނު ކަމަށްވެސް ބުނެފައެވެ.

"އަހަރެންގެ ގައިން ކޮވިޑް-19 އަށް ޝައްކު ކުރެވޭ ބޮޑެތި އަލާމާތްތައް ފެނުނު ނަމަވެސް، އަހަރެން އެ ބައްޔަށް ފައްސި ނުވެ، ޝަޒާ އެ ބައްޔަށް ފައްސިވުމުން ހައިރާންވޭ"، ޒޯއީ ކުރިން ބުނެފައި ވެއެވެ.

ނަމަވެސް ފަހުން އެކްޓްރެސް ޒޯއީގެ ފަހުގެ ޓެސްޓުގެ ނަތިޖާ ލިބުނުއިރު، އޭނާވެސް ވަނީ އެވައިރަސްއަށް ފައްސިވެފައެވެ. އޭނާއަށް މިހާރު ފަރުވާދެމުން ދަނީ އެބައްޔަށް ފައްސިވާ މީހުންނަށް ފަރުވާދެމުން އަންނަ އައިސޮލޭޝަން އައިސީޔޫގައެވެ.

"އަހަރެންގެ ޓެސްޓުތަކުގެ ނަތީޖާ ވަނީ ފައްސިވެފައި، އަހަރެން މިހާރު ވަނީ ކޮވިޑް-19 އަށް ފައްސިވާ މީހުން ބައިތިއްބާ ތަނަށް ގެންގޮސްފައި". ބޮމްބޭ ޓައިމްސް އާ ފޯނުން ވާހަކަދައްކަމުން ޒޯއި ފަހުން ބުނެފައި ވެއެވެ.

އޭނާ ބުނީ، ޝަޒާއަށްވުރެ ބޮޑަށް ބަލީގެ އަލާމަތްތައް ފެންނަން ހުރީ އޭނާގެ ގައިން ކަމަށެވެ. އެހެންވެ ޝަޒާވެސް ބައްޔަށް ޓެސްޓު ހެދީ ކަމަށް ބުނެފައި ވެއެވެ.

"ޑޮކްޓަރުންގެ އެދުމުގެ މަތިން އަހަރެން ދެވަނަ ފަހަރަށް ޓެސްޓު ހެދީ" އޭނާ ބުނެފައި ވެއެވެ.

ޒޯ ފެނިގެން ގޮސްފައިވާ ބައެއް ފިލްމްތަކަށް ބަލާއިރު، އޯލްވޭސް ކަބީ ކަބީ، މަސްތާނީ، ބާގީ ޖޯނީ، ވެބް ސީރީސް އަކޫރީ، އަދި ބޫތް ޕޫރްވާ ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު