ކޮވިޑް-19 އާއި ގުޅިގެން ގޭގައި ތިބެގެން ގިނަ ބަޔަކު އަންނަނީ ތަފާތު ކަންތައްތައް ކޮށް މީސްމީޑިއާގައި ހިއްސާކުރަމުން އެވެ. އެގޮތުން މިހާރު އެންމެ މަޝްހޫރީ ޑަލްގޯނާ ކޮފީއެވެ.

މީސްމީޑިއާގައި ޑަލްގޯނާ ކޮފީއެއް ތައްޔާރުކޮށްލާ މަންޒަރު ފެނުމުން ފުރަތަމަ ހިތަށް އެރީ ކީކޭ ހެެއްޔެވެ؟ މީ ކޮން ރަހައެއްލާނެ އެއްޗެއް ހެއްޔެވެ؟ މާބައިވަރު އެއްޗެހިތަކެއް މި ބުއިން ތައްޔާރު ކޮށްލާކަށް ބޭނުމެއް ނުވެއެވެ. ބޭނުންވަނީ މޭޒުމަތީ 2 ސަމްސާ ކޮފީ، މޭޒުމަތީ 2 ސަމްސާ ހަކުރު އަދި ތައްޓެއްގެ ކިރެވެ. ފިނިކޮށް ގިރާނަމަ އައިސް ކިޔުބު ކޮޅެއް އަޅާލާށެވެ. ބަލާލަންވެސް ރީތިވެފައި ރަހަވެސް މިރުވާނެއެވެ.

ތައްޓެއްގައި ކޮފީއާއެކު ހަކުރު އެއްކޮށް، އޭގެ ތެރެއަށް ދެ ސަމްސާ ހޫނު ފެން އެޅުމަށްފަހު ގިރާލާނީ އެވެ. ސަމްސަލަކުން ނޫނީ ހޭންޑް މިކްސަރެއް ކޮފީ ގިރާލުމަށް ބޭނުން ކުރެވިދާނެއެވެ. ކޮފީ ގިރާ ނިމޭއިރު ހުންނަންވާނީ ވިޕް ކްރީމް ހުންނަ ޓެކްސްޗާ އަކަށެވެ. އެއަށްފަހު ހޫނު ނުވަތަ ފިނި ކިރުތައްޓަކަށް ކޮފީ ފޮނުގަނޑު އަޅާނީއެވެ. ކޮފީ ނުބޯ ފަރާތްތަކުން މައިލޯ އިންވެސް މި ބުއިން ހަދާލެވިދާނެއެވެ.

ކޮންމެ ކަމެއްކުރުމުގެ ކުރިން ނުވަތަ ފަހުން ސްނެޕެއް ނުވަތަ ރީތި ފޮޓޯއެއް ނަގާލާ މީސްމީޑިއާގައި ނުވަތަ ފެމިލީ ވައބާ ގްރޫޕްތަކުގައި ހިއްސާކޮށްލަން ކޮންމެ މީހަކު ވެސް ބޭނުންވެއެވެ. މުޅި ސޯޝަލް މީޑިއާގައި މިހާރު އެންމެ ގިނައީ ޑަލްގޯނާ ކޮފީގެ ފޮޓޯތަކެވެ.

އެއްބަޔަކު ޑަލްގޯނާ ކޮފީގެ ހިތްގައިމު ރީތި ފޮޓޯތައް ހިއްސާކުރަމުންދާއިރު އަނެއްބަޔަކު އުޅެނީ ބޭނުންވާ ވަރަށް ކޮފީ ނުގިރިގެންއެވެ. މިހެން ދިމާވަނީ ގިނަ ފަހަރަށް އަޅަންޖެހޭ ވަރަށް ވުރެ ގިނައިން އެއްޗެއް އުޅުނީމައެވެ. އެގޮތުން ކޮފީއަށް ފެން އަޅާއިރު ވަރަށް ސަމާލުވާންޖެހެއެވެ. ކުޑަކުޑަ ފެންފޮދަކުންވެސް މުޅި ބުއިން ފަނިކޮށްލައެވެ.

ކޮފީ ނުބޯ މީހުން ވަނީ މައިލޯ ޑަލްގޯނާ އެއްވެސް ތައްޔާރުކޮށްފައެވެ. ފެންނަގޮތުގައި މައިލޯ ޑަލްގޯނާ މާ މީރު ވާނެހެން ހީވެއެވެ. ނަމަވެސް މީރީތި ކޮފީ ނުވަތަ މައިލޯ ޑަލްގޯނާތޯ އަށް ފާޑުކިޔުން ކިޔުންތެރިންއަށް ދޫކޮށްލަމާހެއްޔެވެ؟

ކިޔުންތެރިންގެ ހިޔާލު