ކޮވިޑް-19 އިން ސަލާމަތްވި ބައްޕައަކު މިވަނީ އޭނާގެ ހިތްދަތި ދުވަސްތަކުގެ ވާހަކަތައް މިޑީއާތަކުގެ ސަމާލުކަަމަށް ގެނެސްފައެވެ.

އިންގްލޭންޑަށް ނިސްބަތްވާ މެޓް ޑޮކްރޭ ނަމަކަށް ކިޔާ އުމުރުން 39 އަހަރުގެ އެ މީހާ މިއަދު ގުޑް މޯނިންގ ޑްރިޓިއަންއަށް މައުލޫމާތުދެމުން ބުނީ، އެ ބަލި ޖެހިގެން އައިސީޔޫގައި ހޭދަކުރީ ދަތި އުނދަގޫ ދުވަސްތަކެއް ކަމަށެވެ.

"އެއީ ހަމަ ވަރަށް ދަތި ދުވަސްތަކެއް، ވަރަށް އެކަނިވެރިމ އެއްވެސް ރަހުމަތްތެރިއެއް އާއިލާ މީހަކު ނެތް. މީހާ ދެރަވުމުން ސަޕޯޓް ދޭނެ އެއްވެސް މީހަކު ނެތުމުން އެ ދުވަސްތައް ވެގެން ދިޔައީ ވަރަށް އުނދަގޫ ދުވަސްތަކަކަށް". އޭނާ ބުނެފައި ވެއެވެ.

އޭނާ އެ ބަލި ޖެހިގެން ހަ ދުވަސް ވަންދެން އައިސީޔޫގައި އޮތެވެ.

"މީހުންނަށް އަންގައިދޭން ބޭނުންވަނީ، މި ބަލިން ސަލާމަތްވާނެ ކަމަށް"އޭނާ ބުނެފައި ވެއެވެ.

އެ ބަލި ޖެހިގެން މަރުވާ މީހުންނާއި ގުޅޭގޮތުން ތަފާތު ވާހަކަތައް ދެކެވެމުންދެއެވެ. އޭނާ ވަނީ،އެ ބަލިން ރަނގަޅުވާ މީހުންގެ ވާހަކަތައްވެސް ދައްކަން ޖެހޭނެ ކަމަށް ބުނެފައެވެ.

އޭނާއަށް އެ ބަލި ޖެހިގެން ފަރުވާދެމުން ގޮސްފައި ވަނީ އެސްޓީ ޕީޓާސް ހޮސްޕިޓަލްގައެވެ. އޭނާ އެތަނުގައި 10 ދުވަސް ވަންދެން ފަރުވާ ދީފައި ވެއެވެ. އޭނާ ވަނީ އެ ހޮސްޕިޓަލުން އޭނާއަށް ދީފައިވާ ހިދުމަތަށް ފަށްފަށުން ޝުކުރު އަދާ ކޮށްފައެެވެ.

"ބައެއް ފަހަރު އެ ބަލިން އޭނާ ރަނގަޅުވާނެ ކަމަށް އަހަރެންގެ ކުރަމުންދާ ހުރިހާ އުއްމީދުތައް ވިއްސި ވިހާލިވެސް ވެގެންދޭ. އެއީ އިޓަލީގެ ހާލަތު ޓީވީންވެސް ފެންނަމުންދާތީ". އޭނާ ބުނެފައި ވެއެވެ.

އެހެން ނަމަވެސް، މިކަމުގައި ރަނގަޅުގޮތް ވުމަށް އެދި ޖެހޭނީ ވިސްނުން ރަނގަޅު ކުރަން ކަމަށް އޭނާ ބުނެފައި ވެއެވެ.

އަދި ކޮވިޑް-19 ޖެހިގެން ފަރުވާ ހޯދަމުންދާ އެތައް ބަޔަކު އެ ބަލިން ރަނގަޅުވެފައި އެބަ ހުރިކަންވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ާﷲއަކުބަރު

    އަދި ކޮބާ ނަރަކައިގެ ޢަޒާބު މިންވަރު އިޙްސާސްކޮއްލަބަލަ އަޚުންނާ އުޚުތުންނޭ. ތިޔައުޅެނީ މިދުނިޔެމަތީގައި ލޮލަށް ނުފެންނަ ކުޑަ ކުޑަ ވައިރަހެއްގެ ސަބަބުން.......... ޔާﷲ އަޅަމެން މިވަބާއިންނާއި އާޚިރަތުގެ ޢަޒާބުން ސަލާމަތް ކުރައްވާންދޭވެ.

    49
    1