ކޮވިޑް-19 ގެ ސަބަބުން މީސް މީޑިއާގައި މިހާރު އެންމެ ފޯރިއާއިއެކު އެންމެން ބައިވެރިވަމުން އަންނަ ޗެލެންޖަކީ ސްޓޭ އެޓް ހޯމްގެ އެކި އެކި ޗެލެންޖްތަކެވެ. މީގެ ކުޑަ ދުވަސް ކޮޅެއް ކުރިން އެންމެ ގިނަ މީހުން ފަށާފައިވަނީ ޓޮއިލެޓް ޕޭޕާރ ޗެލެންޖެވެ. އެހެން ނަމަވެސް މިހާރު އެކި ހިސާބުތަކަށް ވަނީ އެކި އެކި ޗެލެންޖްތަކެއް ގޮސްފައެވެ.

ސްޓޭ އެޓް ހޯމް ޗެލެންޖުތަކުގައި ދުނިޔޭގެ މަޝްހޫރު ގިނަ ފަރާތްތަކަކުން ބައިވެރިވަމުން އަންނައިރު، މި ޗެލެންޖަކީ މީހާގެ އަތް ބޭނުން ކޮށްގެން ފާރަށް ކޮޅަށް ލެނގިގެން ޓީޝާޓު ލާ ޗެލެންޖެކެވެ.

މި ޗެލެންޖް ސްޕައިޑަމޭންގެ "ފާ ފްރޮމް ހޯމް"ގެ ތަރި ޓޮމް ހޮލެންޑް ވެސް މިހާރު ވަނީ ފުރިހަމަ ކޮށްފައެވެ. އޭނާ އެ ޗެލެންޖް ފުރިހަމަ ކުރުމަށް ފަހު ވަނީ ފިލްމް ޕްރޮޑިއުސަރު ޖޭކް ގިލެންހާލް ނޮމިނޭޓް ކޮށްފައެވެ.

ގިލެންހާލްގެ ފުރަތަމަ ވީޑީއޯ އިން ފެންނަ ގޮތުގައި އޭނަ އަށް ވަނީ ޓީޝާޓު ލާން އުނދަގޫވެފައެވެ. އެހެން ނަމަވެސް ފަހުން އޭނާ ވަނީ ފަސޭހަ ކަމާއި އެކީ އެ ޗެލެންޖް ނިންމާފައެވެ. އޭނާ އެ ޗެލެންޖް ނިންމުމާއެކު މުޅި މީސް މީޑީއާގައި އެ ޗެލެންޖް ދައުރުވާން ފެށިއެވެ.

https://twitter.com/thejgps/status/1245781797348179975

ޓްވިޓާގައި އާންމުކޮށްފައިވާ އެ ވީޑީއޯ ގިނަ ބަޔަކަށް މިހާރު ފެނިފައިވާއިރު، އެތަށް ބަޔަކު ވަނީ މި ޗެލެންޖް ފަށާފައެވެ.

ސްޓޭ އެޓް ހޯމް ޗެލެންޖަކީ ހަލުވި ކަމާއިއެކު ކޮރޯނާވައޮރަސް (ކޮވިޑް-19) ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުން އަންނާތީ ގޭގައި ގިނަވަގުތު ހޭދަކުރުމަށް ބާރު އަޅާ ފަށައިފައިވާ ޗެލެންޖެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބުއްޅަ އެކްސް

    އަހަރުމެންގެ ބުއްޅަބޭ މިކަމުގަ ބައިވެރިވާންފެނޭ

    10
    3