މިހާރު ދުނިޔޭގެ އެކި ކަންކޮޅިތަކުގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެންޓުވިޓާގެ ސީއީއޯ އަދި ޑިޖިޓަލް ޕޭވްމަންޓް ޕްލެޓްފޯމްގެ ސީއީއޯ ޖެކް ޑޯސީ ދުނިޔޭގެ ފަންޑަށް އެއް ބިލިއަން ޑޮލަރު ހަދިޔާ ކުރަން ނިންމައިފިއެވެ.

ޖެކް އިއްޔެ ކުރި ޓުވީޓެއްގައި ބުނީ އޭނާގެ ބައިތުލްމާލުގެ 28 އިންސައްތައިން އެއް ބިލިއަން ޑޮލަރުގެ ހިއްސާ ކޮވިޑް-19 ގެ ފަންޑަށް ދޭން ނިންމާފައިވާ ކަމަށެވެ. އަދި އެއަށް ފަހު އޭނާ ދެން މަސައްކަތްކުރާނީ އަންހެން ކުދިންގެ ސިއްހަތާއި ކިޔެވުމުގެ ކަންތަކުގައި ކަމަށް އޭނާ ބުންޏެވެ.

ފޭސްބުކްގެ ސީއީއޯ މާކު ޒުކަބާގު، މައިކްރޮސޮފްޓްގެ ކޯ ފައުންޑާ ބިލް ގޭޓްސް އަދި އެމަޒޯންގެ ސީއީއޯގެ ވަރުގެ ތަނަވަސްކަމެއް ނުލިބުނަސް ޖެކަކީ ވެސް ދުނިޔޭގެ ބިލިއަނަރުންގެ ލިސްޓްގައި ހިމެނޭ މީހެކެވެ.

ޖެކް ކުރި ޓުވީޓުގައި ވަނީ ހަރަދުތައް ދާގޮތުގެ ޝީޓެއްވެސް ހިއްސާކޮށްފައެވެ. އޭގެތެރޭގައި އޭނާ އެމެރިކާގެ ފުޑް ފަންޑަށް ހަދިޔާކުރަން ނިންމި އެއް ބިލިއަން ޑޮލަރުވެސް ވަނީ ހިމަނާފައެވެ. އޭނާ ބުނިގޮތުގައި ޔޫއައިބީ އަދި ސިއްހަތާއި ތައުލީމަކީ ދިގު މުއްދަތަކަށް ދުނިޔޭގެ އެކި އެކި މައްސަލަތަކަށް ހައްލު ގެނެސްދޭނެ ކަމެއް ކަމަށެވެ.

ޖެކްގެ އިތުރުން ވެސް ދުނިޔޭގެ މަޝްހޫރު އަދި މުއްސަނދި ފަރާތްތަކުން އަންނަނީ ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުގެ އިގުތިސާދު ދަށްވުމުގެ ސަބަބުން ލިބެމުން އަންނަ ގެއްލުން ކުޑަ ކުރުމުގެ ގޮތުން ޒަރޫރީ ބޭނުންތަކަށް ބޭނުންވާ މުދާ ހޯދުމަށް ފަންޑު ކުރަމުންނެވެ.

ދުނިޔޭގެ 209 ސަރަހައްދަކުން މި ބަލި ފެނިފައިވާ އިރު މިހާތަނަށް ފައްސިވި މީހުންގެ އަދަދު ވަނީ 1.5 މިލިއަނަށް އަރާފައެވެ. އަދި މަރުވި މީހުންގެ އަދަދު 89,417 ވަނީ އަރައިފައެވެ.

ކިޔުންތެރިންގެ ހިޔާލު