ޑުރޯން ޓެކްނޮލޮޖީ ދުވަހެއް ދުވަހަކަށް މިދަނީ އިތުރުވަމުންނެވެ. އެކިކަހަލަ ކަންކަމުގައި ޑުރޯން ބޭނުން ކުރެވެމުންދާއިރު، ޑުރޯން ޓެކްނޮލޮޖީއަށް އިންޤިލާބެއް ގެނުވާ ވަރުގެ އެއްޗެއް އުފެއްދުމުގެ މަސައްކަތް މިވަނީ ފަށާފައެވެ.

ފުލައިޓްޖެޓްގެ ނަމުން ނަންދެވިފައިވާ މިޑިވައިސްއަކީ ޑުރޯން ކޮންޓްރޯލް ކުރުމަށް ޚާއްސަކުރެވިގެން ތައްޔާރުކޮށް ޓެސްޓް ކުރަމުންދާ އާލާތެކެވެ. ނަމަވެސް މިއާލާތުގެ ޚާއްސަ ކަމަކީ މިއާލާތް ބޭނުން ކުރުމުން އުދުހުމުގެ އިޙްސާސް ކުރެވެއެވެ.

ދެފިޔަގަނޑުގެ އެހީގައި ޑުރޯން ކޮންޓްރޯލް ކުރުމުގެ ބާރު މިޑިވައިސް މެދުވެރިކޮށް ލިބިގެންދާއިރު، ހަށިގަނޑަށް ގެންނަ ކިތަންމެ ކުޑަ ހަރަކާާތެއްވެސް މިޑިވައިސްއިން ނަގައިގަނެެއެވެ. އަދި ޑުރޯންގެ އުދުހުމުގެ މިސްރާބު މިކަމުން ބަދަލުކޮށްލައެވެ.

ވާޗުއަލް ރިއަލިޓީ މާރްސް އަކާއެކު އިންނަ މިޑިވައިސް މަސައްކަތް ކުރާގޮތް ތިރީގައިވާ ވީޑިއޯގައި އެވަނީއެވެ.

 

ކިޔުންތެރިންގެ ހިޔާލު