ދުނިޔޭގައި މިހާރު ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުރަން އެންމެ ރަނގަޅު އެއް ކަމަކީ އަނގަޔާއި ނޭފަތް ނިވާ ވާގޮތަށް މާސްކު އެޅުން ކަމަށްވާތީ އިންޑިއާގެ ފަސްޓް ލޭޑީ އެގައުމުގެ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް މާސްކު ފަހާ ދޭން ފަށައިފިއެވެ.

އިންޑިއާގެ ރައީސް ރާމް ނަތް ކޯވިންޑްގެ އަނބިކަނބަލުން ސަވިތާ ކޯވިންޑް މާސްކު ފަހަން ފަށާފައިވަނީ އިއްޔެއިން ފަށައިގެން ކަމަށް އެގައުމުގެ މީޑިއާތަކުން ވަނީ ބުނެފައެވެ.

މީޑިއާ ރިޕޯޓްތައް ބުނެފައިވާ ގޮތުން ސަވިތާ ފަހާ މާސްކު ހަދިޔާ ކުރުމަށް ހަމަޖެހިފައި އޮތީ، ދިއްލީ ސަރަހައްދުގައި ހުންނަ ވަގުތީ ހިޔާގައި ތިބޭ ފަރާތްތަކަށެވެ.

އެގައުމުގެ ފަސްޓް ލޭޑީ މާސްކު ފަހާ މަންޒަރު ދައްކުވައިދޭ ފޮޓޯއެއް މީސް މީޑީއާގައި ދައުރުވާން ފެށުމުން ގިނަ ބަޔަކު ވަނީ އެކަމަށް ޝުކުރު ދަންނަވާފައެވެ. އަދި ގިނަ ފަރާތްތަކުން ވަނީ އެއީ އެހެން މީހުން ނަމޫނާއެއްގެ ގޮތުގައި ބަލަން ޖެހޭ ބޭކަނބަލެއް ކަމަށް ފާހަގަ ކޮށްފައެވެ.

އިންޑިއާގައި ހަލުވި ކަމާއި އެކީ ބަލި ފެތުރެން ފަށާފައިވާތީ އެގައުމުގެ ސަރުކާރުން ވަނީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އުއްތަރު ޕްރަދޭށް، ދިއްލީ، މަހަރަސްތްރަ އަދި ދެކުނު ބެންގަލްގައި ބޭރުގައި އުޅުން މަނާ ކޮށްފައެވެ. އަދި މަޖުބޫރު ހާލުގައި ބޭރަށް ދާ ފަރާތްތަކުން މާސްކު އެޅުމަށް އިލްތިމާސް ކޮށްފައެވެ.

އިންޑިއާއިން މިހާތަނަށް ކޮވިޑް-19 ޖެހިގެން 21،797 މީހަކު ރިޕޯޓް ކޮށްފައިވާއިރު، އެގައުމުން މިހާތަނަށް ބަލި ޖެހިގެން 681 މީހަކު ވަނީ މަރުވެފައެވެ. އަދި މި ބަލި ޖެހުނު މީހުންގެ ތެރެއިން 4،376 މީހަކު ވަނީ ރަނގަޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. Anonymous

  މި ގައުމުގެ ފަސްޓް ލޭޑީވެސް ވާނެ ތިކަން ފަށަން އޭރުން ދޯ ލޮލާ ލޯދިމާވާނީ

  21
 2. ނާރު

  ކޮބާތަ ފަތިމާ މެޑަމް ގެ ސަދަގާތު ފައުންޑޭޝަން ދިވެހީންނަށް އެހީތެރިކަމުގެ އަތެއް ދިއްކޮއްލައްވާ

  6
  19
 3. ާއަލީ

  ޢަހަރެމެންގެ ފަޒުނާ މެޑަމް ލޮކުޑައުންގަ ބުރު އަނބުރަނީ..?????

  12
  3