މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ސީޒަނުން ގިނަ ބައެއްގެ މަގުބޫލްކަން ހޯދި އިބްރާހިމް ޝަލަބީ އަަކީ އެޝޯވ އަށް ފަހު ވެސް އާންމުންގެ މަގުބޫލްކަން ހިފެހެއްޓުނު މަދު ފަންނާނުންގެ ތެރެއިން މީހެކެވެ. ޝަލަބީ އަށް ދިވެހިންގެ ހިތުގައި ދެވިފައި އޮތީ ސެލެބްރިޓީއެއްގެ ދަރަޖައެވެ.
ނަމަވެސް ދުނިޔޭގެ އެހެން ގައުމުތަކުގެ ސެލެބްރިޓީން ނުވަތަ މަޝްހޫރު މީހުން އުޅޭހެން ރާއްޖޭގެ އެފަދަ މީހުން ނޫޅުމަކީ އަބަދުވެސް ގިނަ ބައެއްގެ ޝަކުވާ އެކެވެ. އެހެން މީހުންނަށް މިސާލަކަށް ވާން ޖެހޭ ޝަލަބީ މެން ފަދަ މީހުން އެހެން މީހުންނަށް މިސާލަކަށް ނުވާ މައްސަލަ އަކީ ބޮޑު މައްސަލައެކެވެ.
މިފަހަރު ވެސް ޝަލަބީ ވަރަށް ސަޅި ކަމެއް ކަމަށް ހީކޮށް ކޮށްފައި މިއޮތީ މަނާ ކޮށްފައިވާ ކަމެކެވެ. އައްޑޫ ސިޓީ ހިމާޔަތްކޮށްފައިވާ އީދިގަލި ކުޅީގެ ޕްލެޓްފޯމެއްގެ މައްޗަށް ކޮޅަށް އަރާ ހުރެ ޝަލަބީ ނެގި ފޮޓޯއެއްގެ މައްސަލަ ހޫނުވެ އޭނާ އަށް މިވަނީ ފާޑުކިޔުން އަމާޒުވެފައެވެ.
ޝަލަބީ ޕްލެޓްފޯމުގެ ފާރުގެ މައްޗަށް ކޮޅަށް އަރައި ފޮޓޯ ނެގި މައްސަލައިގައި މޯލްޑިވްސް އެންޖީއޯ ފެޑެރޭޝަންގެ ރައީސް އަހްމަދް ނިޒާމް ވަނީ ޝަލަބީ އަށް ފާޑުކިޔާފައެވެ. ނިޒާމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "މީހާ އަދި ކިތަންމެ މަޝްހޫރު ވިޔަސް އެހެން މީހުންނަށާއި ތަންތަނަށް އިހްތިރާމް ކުރަން ޖެހޭނެ" ކަމަސެވެ.
އީދިގަލި ކިޅީގެ ޕްލެޓްފޯމްގެ މައްޗަށް މީގެ ކުރިން ވެސް ސައިކަލުތައް އެރުވުމާއި، އެތަނަށް ގެއްލުން ދިނުން ފަދަ ކަންތައް ހިނގި މީހުންނަށް ނަސޭހަތް ދީފައިވެއެވެ.
ނަމަވެސް ސުވާލަކީ ޝަލަބީ ފަދަ މަޝްހޫރު މީހަކަށް ނަސޭހަތް ދޭން ކަމާބެހޭ އިދާރާތަކަށް ކެރި ދާނެހެއްޔެވެ؟ ނުވަތަ އެފަދަ ނަސޭހަތެއް ނުދެނީސް ހިމާޔަތް ކޮށްފައިވާ ތަންތަނަށް ގެއްލުމެއް ނުލިބޭނެ ގޮތައް ކަންތައްތައް ކުރަން ޝަލަބީ އަށް ނޭނގޭނެ ހެއްޔެވެ؟
ޝަލަބީ އަށް ޤަވާއިދު ނޭގުނީ ކަމަށް ވެދާނެ އެއްނު ..
ތިބުނީ ޝަލަބީއަކީ ލިޔަންކިޔަން ނޭގޭ މީހެކެދޯ؟
އެތާގައި ލިޔެފައި އެބަހުރިތަ އެއީ މަނާކަމެކޭ....
މީ ހާދަ ޝަލަބީއާ ވައްތަރު މީހެކޭ ދޯ؟؟ އަނެއްކާ ޔަޤީންތަ ތީ ޝަލަބީކަން؟؟ ދެން މީނަޔަށް ތާއީދު ކުރާމީހުންވެސް ބުނާނެ މީ ޝަލަބީއެއް ނޫނޭ.. ފޮޓޯއެއް ލީކުވެގެންވެސް މީނާ ކަމަކަށް ނުވި. އެކަމަކު އެއީ ހަމަ އަސްލު. އެޢީ އޭނަގެ ބިޓަކަށް މޮޅުވާންވެގެން ފޮނުވި ފޮޓޯ އެއް ލީކުވީ.. ލޮލް..
ޝަލަބީ އެތާ މަތީ ހުރީމަ މައްސަލައަކަށް ވީ.. އެތަނުގަ އެހެން ހުރިހާ ކަމެއް ކުރުން ހަމަ އޯކޭ ދޯ.. ލޮލް
އިޓްސް ނޮޓްއަ އިސޫ
ކުރާ ކޮންމެ ކަމެއް ހުރިހާ މީހުނަށް ސަޅިވާކަށް ނުޖެހޭ... ޖޭވާ މީހުން ހަމަގިނައީ
އެއީ މައްސަލައެއްކަމަށް ނުދެކެން... ތިއުޅެނީ ޝަލަބީގެ އަގުވައްޓަން
ތިޔާ އީ ދަ ރާއްޖެތެރެއަންސް ދޯ. އެމެން ނަމޫނާ އަކަށް ބަލާނީ ކަނޑު ކޮހުން ކަން އެމެން ކުރާ އެއް ހިއްސު މަދު ކަނަކަމުން އިނގެއޭ މަމެން ބުނަން ނެތީމުދޯ. ރާއްޖެތެރެއަންސް އެއީ ބޯރން ޓުބީ ރޫލް ބްރޭކަތސް ދޯ.
??
ކަލޭ ތީއުޑުން ފައިބާފަ ހުރި މީހެއްތަ! މާދެން މާލެ މީހަކަށްވެގެން އުޅޭ ރޯނުއެދުރެއްމިއީ!
ހާދަ ފުއްޕަންވެސް އެބަ އުޅެޔޭ ދޯ ފުއްޕަން ނޭގުނަސް??
މާލެ އިންނަނީ ރަާއްޖޭން ބޭރުގަތަ ރާއްޖެތެރެއޭ ތިކިޔަނީ
ޝަލަބީގެ އަޑަކީ ތަރައްގީ ވެފައިވާ އަޑަކަށް ވިޔަސް މީހާ ތަރަްގީ ނުވާތީ ކުރެވުނު ކަމެއް.
ހައްހައްހައްހައްހަހހަހަހަހަހަހަހަހަހަހަ...... ތިއޮތީ ވެފެއި ވަރައް. ދެން ލަލަލަ
ސިކުނޑި ޅައީ ހަމަ....
އެދެން ގެއްލުން ދެނީތަ
ތީ ހާދަ ކަންތައް ބޮޑު މީހެކޭ ދޯ.
މީދެން އެވަރު ކަމެއްތަ. އައްޑޫ މީހުން ސައިކަލުގައި މިތަނަށް އެރި ފޮޓޯވެސް އަހަރުން ދެކުނިން، އަމިއްލަޔަށް ތަންތަން ހަލާކުކޮށްފަ މީހުންގެ ވާހަކަ ނުދައްކާތިބޭ ތަމެން.
ޝަލަބީ ތިޔަކަން ކަމަކު ނުދިޔަ. ތިޔަ މިސްޓެއިކުން ވެސް ދަސްކުރޭ. ދެން ވެސް މަނާކަންތައްތައް ދެނެގަނެވޭތޯ ބެލުން ރަނގަޅު ވާނެ.
ތަމެން ދަކަންޓްރީ ސައިޑަރ މެން މަހަށްދޭބަލަ. މަހަށް މަހަށް މަހަށް ދޭބަލަ. ރަންރީނދޫ ޓްވިޓަރޭ ސީލަބަލަ ދެން. ވަން ސެންސް މިސިންގްތޭ ބަދާ ބަދާ ކަޅަ ބަދާ ވަލި ބަދާ...
??
ޝަލަބީ ކުރާނެ ވަރަށް މޮޅު ކަންތައް
ސުވާލަކީ އެތަނުގައި ހުރި ޕްލެޓް ފޯމެއްގެ ފަޑި މައްޗަށް މީހަކު ކޮޅަށް ފޮޓޯ އެއް ނަގާލަން އެރުމަކީ އެހާ ބޮޑު މައްސަލައެއްހެއްޔެވެ. އެތަނަށް ގެއްލުމެއް ވަނީ ހެއްޔެވެ. އެތަން ހަލާކުވަނީހެއްޔެވެ. ނޫނެކެވެ. ތަންކޮޅެއް ބޮޑަށް ސޯޝަލްމީޑިއާގެ އަހުލުވެރިންވެސް ކޮމެންޓް ކުރާއިރު ކަމުގެ ތެދު ހަގީގަތް ބަލާލައިގެން ކޮމެންޓް ކުރާށެވެ. އަދި ކޮމެންޓެއް ފެންނަ އިރަށް އޭގެ ޚަބަރު ހަދާ މީހުންގެ އަގު ވައްޓާލަން ނޫޅޭށެވެ. ޝުކުރިއްޔާ ! އައި އޭމް އަ ބިގް ފޭން އޮފް ޝަލަބީ.
ޖަވާބަކީ: އެއްކާޅު ގުއިރުނީމާ އަނެއްކާޅު ގުއިރޭނެ. މިސާލުބަސް.
އާން ނޭނގެ މަށަކަށް. ކޮންމެސް އެއްޗެކޭ ކިޔައިގެން މަޝްހޫރުވާނވެގެން. އެނޫން ދެން ކޮންކަމެއް.
ހެހެހެ. މަވެސް ޝަލަބީގެ ފޭންއެކޭ. އެހެންވީމައޭ ކަމަކާ ނުލާ މަނާކޮށްފަ ހުންނަ ކަންތައްތައް ނުކޮށް އެހެންމީހުންނަށް ނަމޫނާ މީހަކަށް ވުމަށް ބާރުއަޅަނީ.
މިހިރީ ދަ ރާއްޖެތެރެއަންސް ކުރާ ކަނޑު ކޮސް ކަންކަން ދޯ. ބޯރންޓުބީ ގަމާރުންނޭ މަމެން ބުނަން ނެތީމުދޯ.
އެތާގަ ހުރެގެން ފޮޓޯ އެއް ނެގީމާ އެތަނަށް ގެއްލުންވޭތަ
ރާއްޖެގެ އާސާރީ ތަންތާގަވެސް މީސް މީހުންގޮސް ކުރާކަމެއް ކައްނޭގެ އެއީ
ދެން ހަމަ އެއްޗެކޭ ކިޔަން ކިޔަނީ އޭ
ށަލަބީ ގޮވައިގެން ދިޔަމީހާއަށް ނޭނގޭތަ އެއީ މަނާ ކަމެއް ކަން.
އައްޑޫ ކުއްޖެ ޝަލަބީ އާ އެކީގަ ހުއްޓާ އެކަން ހިނގީ.. އެހެންވީމާ އޭނައަށް ހުއްޓުވެން ނުވަތަ ބުނެވެން ޖެހޭ މަނާކަމެކެ.. މަގޭ ނަޒަރުގަ ޝަލަބީ ނޫން ކުށްވެރިއަކީ.. ޝަލަބީ އެތަނަށް ގެންދިޔަ ފަރާތް ކުށްވެރި ވަނީ.. ޝަލަބީއަށް ކިހިނެތް އިންގޭނީ އަތަނުގެ ގަވާއިދު..
އެތާކު ނެތް މަނާ ކަމަކަށް ޖަހާފަ އެއް... ހަމަ ޖޭ ވާމީހުން ގިނައީ... ޝަލަބީ އެއުޅެނީ އެތަން ސުންނާފަތި ކޮއްލަން ތަ،؟؟؟
ދެލޯބިވެރިންގޮސް އެތާޕްލެޓްފޯމްމަތީ އެކިގޮތްގޮތައް އޮށޯވެ ކޮޅައްއަރާހަދާއިރު އެނުވޭތޯ މައްސަލަޔަކައް؟ މީހަކާހަސަދަވިޔަސް ތީބޮޑުވަރު.
ގަދަ ކަލޭ
މިފަހަރުވެސް ބުނާނެ ކަންނޭނގެ މީ އެޑިޓު ކޮށްފަ ހުރި ފޮޓޯ ތަކެކޭ....
ޝަލަބީ އެއްކޮށް ދިޔަ ތި އައްޑޫގެ އައިޑޮލް ޝަހުދާންވެސް. އޭނަ އަށްވެސް ނޭނގޭތަ ބުނަން މަނާ ކަމެކޭ.
ތިކަމަކުން އެތަނަކަށް ލިބޭނެ އެއްވެސް ގެއްލުމެއްނެތް. ހީވަނީ އޭނާގެ އަގުވައްޓާލަން ބަޔަކު ބޭނުންވީހެން.
ރާއްޖޭގަ ސެލެބުރެޓީ އަކަށްވާނީ ވަރަށް ގޮތްކުޑަ މީހުން ، އަހުލާގު ރަނގަޅު ހެޔޮލަފާ ދީންވެރި މީހަކު އެއީ ސެލެބުރެޓީ އަކަށްނުވާނެ.....
ވަގުތު ހާދަ ހީވެޔޭ ޝަލަބީއާ ޖައްސާލައިން އުޅޭހެން. މި ދެން މީހުން އާޓިކަލް ލިޔާ ގޮތެއްވެސް ނޫނެއްނު. ޖޭ ބޮކި.
ޤަވާއިދުން ފިޔަވަޅު އެޅީމާ ނިމުނީ.
މަނާ އޮންނާނީ ރާޒުވައިގަ ?
ޟަލަބީ ތިކަން ކުރީމަ އެއްމެނަށް ފެންނަނީ އައްޑޫ މީހަކު ކުރިއަސް ނުފެއްނާނެ.
މިސާލަކަށް ޝަލަބީ ހެދި ތަނެއް ނަމަ ޝަލަބީ ބޭނުންވާނެތަ އަންނަހާ މީހަކު އެތާގެ މަތްޗަށް އަރާގެން ތެޅިފޮޅެން--ނަތީޖާއަކަށް ވާނީ އެތަނަށް ގެއްލުން ތަކެއް ލިބުން.މިމިންގަނޑުން ވިސްނުމުން އެނގޭނެ އެއީ އެންމެ ކުޑަ މިނުން ރަނގަޅު ކަމެއްނޫންކަން
އަޖައިބެއްވަރު ކަމެއްތާ މިޖެހުނީ ހީވަނީ ދެންމާމާތް ތަނެއްހެން އެއީ.
މާކަންތައްގަނޑު ބޮޑުކޮށްގެން މިއުޅެނީ ރީނދޫ ފިކުރުގެ މީހުންނޭ. އޭގެއިން މީހަކު ކުރިނަމަ އެއްވެސް ކަމަކަށްނުވީސް.
މީހަކަށް ޖައްސާލާގެން އުލުނަސް ތީދެން ބޮޑުވަރު
ސުވާލަކީ އެޕްލެޓްފޯމު މައްޗައް އެރުމަކީ މަނާ ކަމެއްހޭ؟ އެހެންކަމަށް ވަނީނަމަ އެއީ ކުށެއް. އެހެން ނޫންނަމަ އެތާ ކޮޅަށް ހުރުރުމުން އިހުތިރާމު ކުޑަވާންވި ސަބަބެއް ނުވިސްނުނު. އަދި އެއީ ގެއްލުން ދިނުންކަމަށް ބުނަންޖެހޭވަރު ކަމެއްބާ.
އޮންނާނީ އެތަނަށްވެސް އަރާފަ. ފޮޓޯވެސް ނަގާފަ އޮންނާނީ. އާ ދެން މި އެވަރު ކަމެއްތަ މި މީސް މީހުން މިވަރުވާން. ހަސަދައިގެ ހުޅު ރޯވެފަ ތިބެން ޖެހޭނީ.. ދެން ޝަލަލަލަލަ..