އިންޑިއާގެ އެކްޓަރ އިރްފާން ޚާންގެ މަންމަ ސައީދާ ބޭގަމް މަރުވެއްޖެއެވެ.

އުމުރުން 95 އަހަރުގެ ސައީދާ މަރުވެފައި ވަނީ ޖައިޕޫރްގައެވެ، ދަ ލައިފް އޮފް ޕައިގެ އެކްޓަރ އިރްފާންގެ މަންމަ މަރުވެފައި ވަނީ އުމުރުން ދުވަސް ވުމުގެ ސަބަބުން ދިމާވި ސިއްހީ މައްސަލަތަކުގެ ސަބަބުން ކަމަށެވެ.

އެކަން ކަށަވަރުކޮށްދެމުން ބޮލީވުޑްގެ ޓްރޭޑް އެނަލިސްޓް ކޮމާލް ނަހްތާ ބުނީ، އިރްފާން ޚާންގެ މަންމަ މަރުވީ އިއްޔެ ކަމަށާއި، މަރުވިއިރު، އުމުރަކީ 95 އަހަރު ކަމަށެވެ. އެއާއެކު އެތައް ބަޔަކު ދިޔައީ އާއިލާއަށް ތައުޒިޔާ ކިޔަވަމުންނެވެ.

ދަ ނިއު އިންޑިއަން އެކްސްޕްރެސް އިން ރިޕޯޓްކޮށްފައިވާގޮތުގައި، ކޮވިޑް-19 އާ ގުޅިގެން އިންޑިއާ ފުރަބަންދު ކުރުމާއި ގުޅިގެން އިރްފާން ޚާން މިވަގުތު ހުރީ މުމްބާއީގައެވެ. އޭނާއަށް މަންމަގެ ޖަނާޒާގައި ބައިވެރިއެއް ނުވެވޭނެއެވެ. އެހެންވެ އޭނާ ވީޑިއޯ ކޯލް މެދުވެރިކޮށް ބައިވެރިވި ކަމަށް ވެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ސައީދާގެ ޖަނާޒާގެ ކަންކަން ކުރިއަށްގެންގޮސްފައި ވަނީ ޗުންގި ނަކާ ގްރޭވްޔާޑްގައެވެ. ނަމަވެސް ކޮވިޑް-19 ހެދި ހަދާފައިވާ ގަވާއިދުތަކުގެ ސަބަބުން އެ ޖަނާޒާައި ބައިވެރިވެވުނީ އާއިލާގެ މަދު ބަޔަކަށެވެ.

އިރްފާންގެ ބޭބެ ސަލްމާން ބުނީ، މަންމަ ބަލިވެ އުޅޭތާ ވަަރަށް ދުވަސްވެއްޖެ ކަމަށާއި، ނަމަވެސް ހޮނިހިރު ދުވަހު ކުއްލި އަކަށް ވަރަށް ބޮޑަށް ހާލު ދެރަވި ކަމަށެވެ.

އިރްފާންގެ ހާލުވެސް މާ ރަނގަޅު ނޫން ކަމަށް ރިޕޯޓްތައް ބުނެެެއެވެ. އޭނާ ދަނީ 2018 ވަނަ އަހަރުގެ މެއު މަހުން ފެށިގެން ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންނެެވެ.

ކިޔުންތެރިންގެ ހިޔާލު