ޖަރުމަން ވިލާތުގެ ފުޓްބޯޅަ ޓީމެއް ކަމުގައިވާ ޝާލްކޭ އަށް ކުޅެމުން އައި ހިއަނިކް ކަމްބާ މީގެ 4 އަހަރު ކުރިން ކާރު އެކްސިޑެންޓެއްގައި މަރުވިކަމަށް ވަނީ ނިންމާފައެވެ. ނަމަވެސް، މިހާރު އޭނާ ދިރިހުއްޓައި މިވަނީ ފެނިފައެވެ.

ކޮންގޯ އަށް ނިސްބަތްވާ ކަމްބާ މަރުވިކަމަށް ރަސްމީ އިދާރާތަކުން ނިންމިއިރު އޭނާގެ އުމުރުން އޭރު ވާނީ 29 އަހަރެވެ. ނަމަވެސް ދާދި ފަހުން އޭނާ ސަލާމަތުން ދިރި ހުއްޓައި މިވަނީ ޖަރުމަންވިލާތުން ފެނިފައެވެ.

ކަމްބާ މަރުވިކަމަށް ރިޕޯޓުކޮށްފައި ވަނީ 2016 ވަނަ އަހަރުގެ ޖެނުއަރީ 9 ވަނަ ދުވަހުއެވެ. ކަމްބާ ބުނެފައިވާ ގޮތުން އެ އަހަރު އޭނާ އަމިއްލަ ގައުމަށް ޗުއްޓީ އަށް ދިޔަ ދުވަސްވަރު ރައްޓެހިންތަކަކާއި އެކު ވަނީ ދަތުރު ގޮސްފައެވެ. އެ ދަތުރުގެ ތެރެއިން އެމީހުން ކަމްބާގެ ހުރިހާ ރަސްމީ ލިޔެކިޔުމަކާއި، ފައިސާގެ އިތުރުން މޯބައިލް ފޯނުވެސް ވަނީ އަތުލާފައެވެ.

ހަމަ އެއަހަރު ކަމްބާ މަރުވިކަމަށް އިދާރާތަކުން ނިންމިއިރު، ކަމްބާގެ އޭރުގެ އަންހެނުން ވަނީ ކަމްބާގެ ލައިފް އިންޝުއަރެންސް އިން ގިނަ އަދަދެއްގެ ފައިސާތަކެއް ނަގާފައެވެ. 2018 ވަނަ އަހަރު ކަމްބާ ވަނީ ކޮންގޯގައި ހުންނަ ޖަރުމަނުގެ އެމްބަސީ އަށް ގޮސް، އޭނާގެ މަރުގެ ޙަބަރުގެ ހަގީގަތް އޮޅުން ފިލުވައި ދީފައެވެ.

މިހާރު ޖަރުމަނުގެ އިދާރާތަކުން އަންނަނީ ކަމްބާގެ އޭރުގެ އަނބިމީހާގެ މައްޗައް ފައިސާ އަށް އޮޅުވައިލިކަމުގެ ކުށުގެ ދައުވާ އުފުލައި އެ މައްސަލަ ބަލަމުންނެވެ. އަދި މިކަމުގައި ކަމްބާގެ އޭރުގެ އަނބިމީހާ އާއި ދެކޮޅަށް ހެކިބަސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.