އިންޑިއާގެ ޓީވީ އެކްޓަރ މަންމީޓް ގްރެވަލް އަމިއްލައަށް މަރުވިއިރު، އޭނާއަށް ކޮވިޑް-19 ޖެހިފައި ހުރެދާނެ ކަމަށް އޭނާގެ އަނބިމީހާ ބުނެފިއެވެ.

އޭނާ މަރުވިއިރު، އުމުރަކީ 32 އަހަރެވެ.

އޭނާ އަމިއްލައަށް މަރުވެފައި ވަނީ ދަން ޖެހިގެންނެވެ. އޭނާ ދަންޖެހިފައި ހުއްޓާ ފެނިފައި ވަނީ މަންމީތްގެ އަނބިމީހާއަށް ކަމަށް ވެއެވެ. އަމިއްލަ ގޭގެ ކޮޓަރީގައި އޭނާ ދަންޖެހުނުއިރު، އަނބިމީހާ އޭނާ ސަލާމަތް ކުރަން މަސައްކަތް ކުރި ކަމަށާއި، އެހެން ނަމަވެސް އަވައްޓެރިންނަށް އެގަޑީގައި ނުގޮވީ އެ އެކްޓަަރަށް ކޮވިޑް-19 ޖެހިފައި ހުރެދާނެ ކަމުގެ ބިރަށް ކަމަށް އަނބިމީހާ ބުނެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

އެހެން ނަމަވެސް އެ މީހުން ދިރިއުޅެމުންދާ އިމާރާތުގެ ސެކިއުރިޓީ ގާޑް ވަނީމަންތީމް ސަލާމަތް ކުރަން މަސައްކަތް ކޮށްފައެެވެ.

މަންމީތް މަރުވެފައި ވަނީ ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައެވެ.

އެ އެކްޓަރު އުޅުނީ ފައިސާ ނެތިގެން ވަރަށް ބޮޑަށް ދަރަނިވެރިވެގެން ކަމަށް ވެއެވެ. އެގޮތުން އޭނާގެ އަތުގައި ކުލި ދައްކާނެ ފައިސާއެއް ނެެތް ކަމަށްވެސް ބުނެފައި ވެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އޭނާގެ އަތުގައި ފައިސާ ނެތީ އިންޑިއާ ފުރަބަންދުކޮށްފައި ވުމުންނެވެ.

މަންމީތް ބޮޑަށް ފެނިގެން ގޮސްފައި ވަނީ ކޮމެޑީ ޝޯވ އާދަތް ސެ މަޖްބޫރުއިންނެވެ. އެއީ 2017 ވަނަ އަހަރު އޮކްޓޯބަރު މަހުން ފެށިގެން އެ އަހަރު ފެބްރުއަރީ މަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ ޝޯވއެކެވެ.


ދިރާސާތަކުން ދައްކާ ގޮތުގައި އަމިއްލަ އަށް މަރުވުމުގެ ހާދިސާތައް ގިނައިން ހިނގަނީ ނަފްސާނީ މައްސަލަތައް ކުރިމަތިވެގެންނެވެ. ދަން ޖެހުން ފަދަ ކަމެއް ކުރަން ހިތައް އަރާނަމަ ނުވަތަ ނަފްސާނީ އުނދަގުލެއް ވާނަމަ ލަސްނުކޮށް އެކަން އެހެން މީހަކާއި ހިއްސާކޮށް ނަފްސާނީ އެހީތެރިކަން ހޯދަން ވާނެއެވެ.

ހިލޭ ކައުންސިލިން ދޭ ތަންތަނުގެ ތެރޭގައި ދަމަނަވެށި ނަންބަރު:3318901 ސޮސައިޓީ ފޮ ހެލްތް ސައިންސަސް (ޝީ) ނަންބަރު:3318804 ،7976325 ޔޫތް އެންޑް ސްޕޯޓްސް ސެންޓަރު ނަންބަރު: 3313755 ،3323860 ޖުވެނައިލް ޖަސްޓިސް ޔުނިޓް ނަންބަރު: 3306691 ހިމެނެއެވެ.

އަމިއްލަ އަށް މަރުވުމަކީ އިސްލާމްދީނުގައި ވެސް ވަރަށް ބޮޑަށް ޙަރާމް ކުރައްވާފައިވާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކީލި

    އެކުޓަރަށް ތިބުނަާ ދަމަނަވެށިން މައުލޫމާތު ދެވޭނެތަ؟

  2. ކޮތަރު

    ކޮވިޑް ގެ ބިރަށް އަވައްޓެރިންނަށް އެގަޑީގައި ނުގޮވި ވާހަކަ އަންހެނުން ބުނާތީ ލަފާކުރެވެނީ މަންމީތް ބަލިވެ އުޅުނު ކަމަށާއި ބަލީގައި އުޅުނުއިރު އަނބިމީހާގެ އެއްވެސް އަޅާލުމެއް އޯގާތެރިކަމެއް ނުލިބުމުގެ ހިތްދަތިކަން ބޮޑުވެގެން ދަންޖެހުނީކަމަށް.

    5
    1