ފުރަބަންދުގައި ގޭގައި ހުރެ އުނދަގޫކުރާތީ، އަނބިމީހާ، ފިރިމީހާ ވިއްކާލަން އިއުލާނުކޮށްފިއެވެ.

މިކަން ހިނގާފައިވަނީ ލިޒްބޮންގައެވެ. ބޭރުގެ ބައެއް މީޑިޔާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ އަންހެން މީހާ އޭނާ ފިރިމީހާ ވިއްކާލަން އިއުލާނުކޮށްފައިވަނީ އޭނާގެ ފިރިމީހާ ގޭގައި ހުރެ މާ ބޮޑަށް އުނދަގޫކުރާތީއެވެ. އެގޮތުން އެ އަންހެންމީހާ ވަނީ އެ މީހުން ދިރިއުޅޭ ގޭގެ ބެލްކަނީގައި "އަހަރެންގެ ފިރިމީހާ ވިއްކަން" މިގޮތަށް ޖަހާފައިވާ ބޯޑެއް ހަރުކޮށްފައެވެ.

"މިއަދަކީ ކަރަންޓީނުގައި ތިބޭތާ 18 ވަނަ ދުވަސް.. މިހާރު އަހަރެންގެ ބޯ ފަޅައިގެން ދާވަރު ވެއްޖެ.." ބޭރުގެ ބައެއް މީޑީޔާތަކަށް އެ އަންހެން މީހާ ބުނެފައިވެއެވެ.

މީގެ އިތުރުން އެ އަންހެންމީހާ ބުނީ އެ ދެމީހުންގެ 5 އަހަރު ނުވާ 2 ކުދިންވެސް ތިބޭ ކަމަށާއި، އެކުދިންނަށްވުރެ ފިރިމީހާ ގޭގައި ހުރެގެން މާ އުނދަގޫ ކުރާކަމަށެވެ.

އެގޭގެ ބެލްކަނީގައި ފިރިމީހާ ވިއްކާލަން އިއުލާނުކޮށް ޕޯސްޓަރު ޖެހުމުން އެގޭގެ ފޮޓޯއެއް މީސް މީޑިޔާގައި ވައިރަލްވެ، ގިނަބައެއްގެ ސަމާލުކަން ވަނީ އެކަމަށް ހުއްޓިފައެވެ. އަދި ގިނަ ބަޔަކު އެ އަންހެން މީހާއަށް ސަަޕޯޓްކޮށްފައިވާއިރު، އެތައް ބަޔަކު ވަނީ އެކަމާ މަލާމަތްކޮށްފައެވެ.

މިިދިޔަ އޭޕްރީލް މަހުގެ 20 ވަނަ ދުވަހު، އިންގްލޭންޑުގައިވެސް، ފުރަބަންދުގައި ހުރި އަންހެނަކު އޭނާގެ ފިރިމީހާގެ އަތަށް "ވިއްކާލަނީ" ޖަހާފައި ހުރި ބޯޑެއް ދީފައި ގޭ ބޭރުގައި ބެހައްޓާފައި ހުރި ފޮޓޯތަކެއް ވަނީ މީސްމީޑިޔާގައި ދައުރުވެފައެވެ. އަދި އެކަމަށްވެސް ވަނީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޯބޯޖަލީލު

    ތިހާ އުނދަގޫ ކުރަންޏާ ޢިޅޮށިފަތީ ހުރިވަރެއް ދައްކާލަބަލަ މައިތިރި ވެދާނެ އާން ފަހެ...

    15