އިންޑިއާގެ ޓެލެންގަނާގެ ވަރަންގަލް ރޫރަލް ޑިސްޓްރިކްޓުގައި ގޮތް ނޭނގޭ ގޮތަށް މަރުވެފައި އޮއްވާ ފެނުނު ނުވަ މީހުންގެ، މަރުގެ ފަހަތުގައި ވާ ކަންތައްތައް ތަހުގީގު ޓީމުން ހޯދައިފިއެވެ.

ވަންގަލް ފުލުހުން މިއަދު ވަނީ އެކަމުގައި ހުރި މީހާއާ ވާހަކަދައްކައިގެން އެ މަރުތަކުގެ ހަގީގަތް ހޯދާފައެވެ. މިދިޔަ ހަފްތާ ބުދަ ދުވަހު ވަޅެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު މީހުންގެ ތެރޭގައި އެއް އާއިލާއެއްގެ ހަ މީހަކު ހިމެނެެއެވެ. އެއީ މަސްއޫދުގެ އާއިލާ މީހުންނެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ 24 އަހަރުގެ ސަންޖޭ ކުމާރް ޔަދަވް ނަމަކާށް ކިޔާ މީހަކު ހައްޔަރުކޮށްފައެވެ. އެމީހާއަކީ ނޫރްޕޫރް ވިލޭޖަށް ނިސްަބަތްވާ މީހެކެވެ.

މީޑިއާތަކާއި ވާހަކަދައްކަމުން ވަރަންގަލްގެ ޕޮލިސް ކޮމިޝަރ ވީ ރަވިންޑާ ވިދާޅުވީ، އެ ނުވަ މަރުގެ ފަހަތުގައި ވަނީ، އެންމެ މަރެއްގެ ހަގީގަތް ފޮރުވަން ކުރި މަސައްކަތް ކަމަށެވެ. އެގޮތުން އެއީ މީގެ ތިން މަސް ކުރިން އޭނާ މަރާލި އުމުރުން 37 އަހަރުގެ ރަފީކާގެ މަރާއި ގުޅިގެން މަރާލި މީހުން ކަމަށް އޭނާ ވިދާޅުވިއެވެ.

ރަފީކާއަަކީ ސަންޖޭ މަރާލި މަސްއޫދު އާއިލާއެއްގެ ހަ މީހުންގެ އާއިލާގެ މީހެކެވެ.

ސަންޖޭ ރަފީކާ މަރާލީ ދުއްވަމުން ދިޔަ ރޭލަކުން ވައްޓާލައިގެންނެވެ.

ރަފީކާ އަކީ ވެސްޓް ބެންގަލްއަށް ނިސްބަތްވާ މީހެކެވެ. އެކަނިވެރި މައެއްގެ ގޮތުގައި ތިން ދަރިން ބަލަމުންދިޔަ ރަފީކާ މަރާލާފައި ވަނީ، ސަންޖޭ އާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ފަހުންނެވެ. ރަފީކާ އާއި ސަންޖޭ އަދި ރަފީކާގެ އާއިލާ މީހުންވެސް މަސައްކަތް ކުރަމުން ދިޔައީ ގަނީ ބޭގް އުފައްދާ ޔުނިޓުގައެވެ. އެެތަނުގައި ރަފީކާ މަސައްކަތް ކުރަމުންދިޔައީ ކައްކާއެއްގެ ގޮތުގައެވެ.

ރަފީކާ އާއި ސަންޖޭ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ފަހުން، ސަންޖޭ މާބޮޑަށް ރަފީކާގެ ދަރިފުޅު ދެކެ ލޯބިވީއެވެ. އެކަމާއި ސަަންޖޭ ރަފީކާ އާ ވާހަކަދެއްކިއެވެ. އަދި ރަފީކާ ވަނީ، އޭނާއާ ކައިވެނި ކުރުމަށް ނޫނީ އެ މައްސަލަ ފުލުހަށް ހުށަހަޅާނެ ކަމުގެ އިންަަޒާރު ދީފައެވެ. އެހެންވެ ސަންޖޭ ވަނީ އެކަމުން ސަލާމަތްވާން ވެގެން ރަފީކާ ގޮވައިގެން އޭނާގެ އަސްލު އާއިލާ ދިރިއުޅޭ ތަނަށް ދާން ކަމަށް ބުނެ މެއި ހަވަނަ ދުވަހު ދަތުރު ފަށާފައެވެ. އެ ދަތުރުގެ ތެރެއިން ސަންޖޭ ވަނީ ރަފީކާއަށް ނިދާ ބޭސް ކާންދިނުމަށްފަހު ރޭލުން އޭނާ ވައްޓާލާފައެވެ. އަދި އެނބުރި އައިސް ރަފީކާ އޭނާގެ އަސްލު އާއިލާ ކައިރީ މަޑުކުރަން ބޭނުންވީ ކަަމަށް ބުންޏެވެ.

އެހެން ނަމަވެސް ރަފީކާ އަސްލު އާއިލާ ދިރިއުޅޭ ސިޓީއަށް ދިޔަ ފަހުން، އޭނާގެ ހަބަރެއް ނުވާތީ މަސްއޫދުގެ އާއިލާއިން ވަނީ ސަންޖޭގެ މައްޗަށް ތުހުމަތު ތަކެއްކޮށްފައެވެ. އަދި އެކަމާއި ސަންޖޭ ބިރުން ބޭނުންވީ މަސްއޫދުގެ އާއިލާ އެންމެން މަރާލާށެވެ.

އެހެންވެ މެއި 20 ވަނަ ދުވަހު ގަނީ ބޭގް މެނުފެކްޓަރިންގ ޔުނިޓުގައި އޮތް އުފަން ދުވަހުގެ ޕާޓީއަކަށް މަސްއޫދުގެ އާއިލާ މީހުން އައުމުން ސަންޖޭ ވަނީ ކާ އެއްޗެއްސަށް ނިދާ ބޭސް އަޅާފައެވެ. އަދި އެ މީހުން ނިދުމުން، ފަހަރަކު މީހެއްގެ ހަށީގަނޑު ގެންގޮސް ވަޅަށް ވައްޓާލަފައެވެ.

އަދި އޭނާ ވަނީ އެންމެންގެ ވޮލެޓުވެސް ނަގާފައެވެ. ސަންޖޭގެ ގެއިން އެ މީހުންގެ ވޮލެޖްޓްތައްވެސް ފެނިފައިވާ ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    މަރުވީ މުސްލިމު އާއިލާއެއް!! މުސްލިމުންނަކީ އިންޑިއާ ރައްޔިތުކަން ނިގުޅައިގަނެވިފައިވާ ބައެއް! ދެން ކޮން ތަހުގީގެއް ކުރާނީ!! ފަހަރެއްގައި މީޑިއާއަށް އިއްވާލަން އެއްޗެކޭ ބުނެފާނެ.!!

    74
    2
  2. ދަރަނި ދަންތުރަ

    ދެން މިފަދަ ބަޔަކު މުސްލިމުން ނަށް އޯގާތެރިވާނެތަ 6 މީހުން މަރާލި ހިތެއްބާ އޮތީ

    77