އިންޑިއާގެ ޓެލެވިޒަން އެކްޓްރެސް ރިޝާ ސޯނީ އާއި އޭނާގެ ޒަމާންވީ ލޯބިވެރިޔާ ޖިގަރް އަލީ ސުމްބާނިއާއާ ދެ މީހުން ކައިވެނި ކޮށްފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަސް ތެރޭގައެވެ. އެ މީހުން ކައިވެންޏަށް އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، ރިޝާ ކައިވެނި ކުރީ މުސްލިމަކާއި ކަމަށް ވާތީ، އޭނާއަށް ދާދި ފަހުން ބަޔަކު މި ވަނީ ގަނާކޮށްފައެވެ. އެކަމާއި އޭނާ ހުރީ ވަރަށް ރުޅި ގަދަވެފައެވެ.

ރިޝާ ވަނީ ވީޑިއޯތަކެއްގެ ޒަރިއްޔާއިިން، އޭނާއަށް އިންޒާރު ދެމުންދާ މީހުންނަށް ވަރުގަދަ މެސެޖްތަކެއް އޭނާ ވަނީ އިންސްޓަގްރާމް މެދުވެރިކޮށް ދީފައެވެ.

އޭނާ އެ ވީޑިއޯ އިންސްޓަގްރާމްގައި ހިއްސާ ކުރަމުން ބުނެފައި ވަނީ، އެ ފޭކް އައިޑީތަކާއި ގުޅިގެން ގާނޫނީ ގޮތުން ކުރަން ޖެހޭ ކަންކަންކޮށްފައިވާ ކަމަށެވެ. އަދި އޭނާއަކީ މީހުން ގަނާ ކުރުމުން ބަލަން ހުންނާނެ މީހެއް ނޫން ކަމަށާއި، ތި ބެހެވެނީ ކާކާއި ކަން ރަނގަޅަށް އިނގެން ޖެހޭ ކަމަށެވެ. މީގެ އިތުރުން، އޭނާ ވަނީ އެފަދަ މީހުން ބްލޮކްވެސް ނުކުރާނެ ކަމަށް ބުނެފައެވެ.

އޭނާ އާއްމު ކުރި ވީޑިއޯގައި އޭނާ ބުނެފައި ވަނީ، އޭނާ މި ވީޑިއޯ ހަދާފައި ވަނީ އޭނާ މުސްލިމް މީހަކާއި ކައިވެނި ކުރުމުން، އޭނާއާ ދިމާލަށް ފާޑުފާޑުގެ އެއްޗެހި މީސް މީޑިއާގެ އެކައުންޓްތައް މެދުވެރިކޮށް ކިޔަމުން ދާތީ ކަމަށެވެ. އަދި އޭނާ ކޮންމެ މީހަކާއި ކައިވެނި ކުރިޔަސް އެއީ އެއްވެސް މީހަކާއި ބެހޭ ކަމެއް ނޫން ކަމަށްވެސް އޭނާ ބުންޏެވެ.

މީގެ އިތުރުން، އޭނާ ވަނީ، އޭނާއާ ދިމާލަށް ޖިހާދަށް ދާ މީހެއް ކަމަށް ބުނެ މީހުން ކޮށްފައިވާ ކޮމެންޓްތަކާއި، އޭނާއަށް ދީފައިވާ އިންޒާރުގެ ކޮމެންޓްތައްވެސް ކިޔާފައެވެ.

އޭނާ ބުނީ، އޭނާ ބޭއްވި ކައިވެންޏަކީ ސިއްރު ކައިވެންޏެއް ނޫންކަމަށާއި، އޭނާ އެއްވެސް މީހަކު ދެކެ ބިރު ނުގަންނަ ކަމަށެވެ. އަދި މީގެ ކުރިން އޭނާއަކީ މީހުންނާއި ދިމާލަށް އެއްޗެހި ކިޔާ އުޅުނު މީހެއް ނޫން ކަމަށްވެސް އޭނާ ބަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދަރަނި ދަންތުރަ

    މަންޖޭ މަންޖެ ގަދަ ހިއްވަރުކޮށްލާ ކާމިޔާބުވާނެ

    12