އިންޑިއާގެ އިޕްފާލް ސިޓީގައި ހުރި ކަރަންޓީން ސެންޓަރުގައި ހުރި އުމުރުން 22 އަހަރުގެ އަންޖަލީ ހްމަންގްޓޭ، މަނިޕޫރަށް ގެނައީ ބައްޕައަށް އެންމެ ފަހުގެ އަލްވަދާއު ކިޔުމަށެވެ. އޭނާގެ ބައްޕަ މަރުވީ ގިނަ ދުވަސްތަކެއް ވަންދެން ބޮޑު ބައްޔަކަށް ފަރުވާދެމުން ދަނިކޮށެވެ. އޭނާއަށް ބައްޕައާ އެންމެ ފަހުގެ އަލްވަދާއު ކިޔުމަށްވެސް ލިބުނީ ތިން މިނެޓެވެ.

އަންޖަލީ އަކީ ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ހުރެގެން އެތަނަށް ކަރަންޓީނަށް ދިޔަ މީހެކެވެ. އޭނާ ބައްޕަގެ ސަންދޯ ކައިރީ އިށީންދެ އިނދެގެން ރޮއެ ހަދަމުންދާއިރު، އޭނާގެ މަންމަ އާއި އާއިލާ އެއްވެސް މީހަކަށް އޭނާއަށް ހިތްވަރުދޭން ގާތް ވެވޭކަށް ނެތެވެ. އެއީ ކޮވިޑް-19އާ ހެދިގެންނެވެ.

އަންޖަލީ ބައްޕަގެ ސަންދޯ ކައިރީގައި ތިރިވެގެން އިންއިރު، އެތާ ކައިރީގައި ހުރެގެން ޑޮކްޓަރު ދިޔައީ ގަޑިއަކަށް ބަލަމުންނެވެ. ތިން މިނިޓް ހަމަވުމާއެކު އޭނާ ވަނީ އެތަނުން ގެންގޮސްފައެވެ.

އޭނާއަކީ ޗެންނާއި ސިޓީގައި ހުރެފައި ރޭލުގައި އާއިލާ ކައިރިއަށް މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހު އައި މީހެކެވެ. އެ ދުވަހު އޭނާ ކަރަންޓީން ސެންޓަރަށް ފޮނުވީ އޭނާއާއެކު އައި މީހަކު ކޮވިޑް-19 އަށް ފައްސިވުމުންނެވެ.

އޭނާ ބައްޕަގެ ޖަނާޒާގައި ބައިވެރިވުމަށް ހާއްސަ ހުއްދައެއް ހޯދައިގެން މިދިޔަ ބުދަ ދުވަހު ދިޔައީވެސް ޕީޕީއީ އަޅައިގެންނެވެ.

މަނިޕޫރްގައި އެކަނި ކޮވިޑް-19ގެ އާ 13 ވޭދަނައެއް މިހާރު ވަނީ ފެނިފައެވެ. އެ ސިޓީން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 121 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު