މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ސެރީނާ ވިލިއަމްގެ ފިރިމީހާ އަދި ރެޑިޓްގެ ކޯ ފައުންޑާގެ މަގާމުވެސް ފުރަމުން އަންނަ އެލެކްސިސް އޮހާނިއަން އޭނާގެ މަގާމު ކަޅު ނަސްލުގެ މީހަކަށް ދިނުމަށް އިސްތިއުފާ ދޭން ނިންމައިފިއެވެ.

އުމުރުން 37 އަހަރުގެ އޮހާނިއަން ރެޑިޓް އުފައްދާފަައި ވަނީ މީގެ 15 އަހަރު ކުރިންނެވެ. އޭރުން ފެށިގެން ރެޑިޓުގެ ބޯޑު މެމްބަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ އޮހާނިއަން ބުނެފައި ވަނީ މިކަން މި ކުރަނީ އޭނާގެ އަމިއްލަ ނަފްސަށާއި، އަންހެނުންގެ އިތުރުން އޭނާގެ ކުޑަ އަންހެން ދަރިފުގެ އިތުރުން އެމެރިކާ އަށް ކަމަށެވެ.

”މިކަން ކުރަން މިހާރު މާ ބޮޑަށްވެސް ލަސް ވެއްޖެ. އަހަރެން މިކަން ކުރުމަކީ ކޮންމެހެންވެސް މަޖުބޫރު ކަމެއްގެ ގޮތުގައި ދެކެން. މާދަމާ އަހަރެންގެ ދަރިފުޅާއި އަންހެނުން އަހަރެން ކުރީ ކޮން ކަމެއް ހެއްޔޭ އެހުމުން އަހަރެން ބޭނުން ޖަވާބުދާރީ ވާން“ އޮހާނިއަން ބުނެފައި ވެއެވެ.

މި ނިންމުން އައިސްފައި މިވަނީ މީގެ ހަފްތާ އެއްހައި ކުރިން ރެޑިޓްގެ ކުރީގެ ސީއީއޯ ރެޑިޓުން ދޮން މީހުންނަަށް އިސްކަން ދޭ ކަމަަަަށް ބުނެފައި ވަނިކޮށެވެ.

އޮހާނިއަން އޭނާގެ މަގާމުން އިސްތިއުފާ ދީފައި ވާއިރު، އޭނާ ވަނީ އެމެރިކާގެ އެެހެން ކުންފުނިތަކުންވެސް މި ދަނޑިވަޅުގައި ރަނގަަޅު ނިންމުންތަކެއް ނިންމުމަށް ގޮވާލާފައެވެ.