ލޯބިވާ މީހެއްގެ ފަރާތުން ލިބޭ ކިތަންމެ ކުޑަ އެއްޗެއް ވެސް، އަނެއް މިހާއަށް ވަރަށް ބޮޑު އެއްޗަކަށް ވެދާނެއެވެ. ފައިސާއަކީ ހުރިހާ އެއްޗެއް ނޫނެވެ. އަގުބޮޑެތި ހަދިޔާއާއި ރީތި އެއްޗެއްސަކީ ހުރިހާ އެއްޗެއް ނޫނެވެ. އެއަށްވުރެ ލޯބި މާ މުހިންމެވެ.

ލޯބީގެ ގުޅުން ކައިވެނީގެ ގުޅުމަށް ބަދަލުވެ، އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވާކަން ސާބިތުކޮށްދެމުން އަންނަ ރާއްޖޭގެ އެންމެ މަގުބޫލު ދެމަފިރިން ކަމަށްވާ މަރިޔަމް އައްޒައާއި އަބްދުﷲ މުއާޒަކީ މިފަދަ މިސާލެކޭ ބުނެވިދާނެއެވެ.

އައްޒައަށް މުއާ ދޭ ކޮންމެ އެއްޗެއް ކަހަލަ ގޮތަކަށް އައްޒަ ހެޔޮ ހިތުން ބަލައިގަނެ، މީސް މީޑިއާގެ ސަމާލުކަމަށް ވެސް އެކަން ގެނެއެވެ. ބައެއް ފަހަރު އައްޒަ އޭނާގެ ރައްޓެހިން ކައިރީ ވެސް އެވާހަކަދައްކައެވެ.

އައްޒައަށް މުއާ ކުކުޅު ގަރުދިޔަ ކެއްކި ހަބަރު ގެނެސްދީފިއެވެ. އައްްޒައާއި ކައިވެނި ކުރި ދުވަސް މުއާއަށް އޮޅުނު ވާހަކަ ވެސް ގެނެސްދެވުނެވެ.

އައްޒައާއި މުއާގެ އިންސްޓަގްރާމްގައި ދެ މީހުން ދެމީހުންނަށް ލޯބިވާކަން ސާބިތު އެބަ ކޮށްދެއެެވެ.

އައްޒައާއި މުއާއާ ގުޅޭގޮތުން މިފަހަރު މި އޮތް ވާހަކައަކީ އައްޒައަށް މުއާ ދިން ކަރުދާހުން ހަދާފައިވާ ފިނިފެންމަލުގެ ވާހަކައެވެ. އައްޒަ އެކަން މީސް މީޑިއާގެ ސަމާލުކަން ގެނެސްދެމުން މުއާ ދެކެ ލޯބިވާކަމަށް ވެސް ބުނެފައިވެއެވެ.

މިއީ މުއާ އައްަޒައަށް ކޮށްދޭ ކުޑަކުޑަކަމެއްވެސް، އައްޒަ ހެޔޮހިތުން ބަލައިގަންނަ ކަމުގެ މިސާލެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޛޖެ

    ވި ޑޮންޓު ކެއަރ

    57
    2
  2. ޢަހޫ

    މިވެސް ބޮޑުހަބަރެއްދޯ. ކީކޭބުނާނީ

    49
    1
  3. ދޮން

    މީ ދެން ކޮން ކަމެއް.. ފާހާނާއަށް ދިޔަސް ވާނެ އަންގަންދެން... ކީކޭ ބުނާނީ..

    57
    2
    • ދވ×

      އަސްލުވެސް

      13
  4. ފެނިމް

    ތިމީހުން ދޮނެއް ދިނަސް އެވާހަކަ ނޫހުގަ ލިޔަން ޖެހޭތަ؟ ތީ ތިހާވަރު ބައެއްތ؟ ފިލްމު ކުޅޭ މީހުންނަކީ ވިޔާނުދާބައެއް.

    15
  5. މީޒްލީ

    ބޮޑު ހަބަރަކަށް ހަދަން މީކޮން ބައެއް، ތަންކޮޅެއް އޮއްޓަރެއް ހުންނަ ކަހަލަ ހަބަރުތަށް މަޢުލޫމާތު ލިބިދޭ ކަހަލަ ޙަބަރުތަށް ގެނެސް ދިނީއްޔާ ކީތްތަ ވަނީ!