އިންޑިއާގައި މަޖަލަކަށް ހަދައިގެން ކުރިމަތި ފަރާތަށް ޗާޖަރެއް ވެއްދި މީހަކު އޮޕަރޭޝަން ކޮށް ޗާޖަރު ނަގައިފިއެވެ.
މިއީ އިންޑިއާގެ އައްސާމް ސްޓޭޓްގައި ހިނގާފައިވާ ގިނަ ބަޔަކު ހައިރާން ކުރުވާފައިވާ ހާދިސާ އެކެވެ.
އެގައުމުގެ ޑޮކްޓަރެއް ކަމަށްވާ ވަލިއުއިލް އިސްލާމް ބުނެފައިވަނީ މިދިޔަ މަހުގެ ތެރޭގައި ބަނޑަށް ތަދުވެގެން މީހަކު ދައްކަން އައުމުން އެންޑޮސްކޯޕީ ޓެސްޓެއް ހަދާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެއްވެސް ކަހަލަ ކަމެއް ގޮހޮރުން ފެނިފައި ނުވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.
އޭނާ އަށް އަސްލުވެގެން އުޅޭގޮތް އޭރު ކިޔާ ދީފައި ނުވާކަން އެ ޑޮކްޓަރު ވަނީ ފާހަގަކޮށްފައެވެ. އޭނާ އެކި ފަހަރު މަތިން ހެޑްސެޓް އެއް ދިރުވާލެވުނީ ކަމަށް ބުނެފައިވާ ކަން އޭނަ ވަނީ ފާހަގަކޮށްފައެވެ.
ހިންދުސްތާނީ ނޫހަށް މައުލޫމާތު ދެއްވަމުން ޑޮކްޓަރު ބުނެފައިވަނީ އުމުރުން 30 އަހަރުގެ އެ ފިރިހެން މީހާއަކީ ޖިންސީ އެކި ބޭނުންތަކަށް ކުރިމަތި ފަރާތަށް އެއްޗެއްހި ވައްދަމުން އަންނަ މީހެއް ކަމަށެވެ.
އެންޑޮސްކޯޕީއަށް ފަހުވެސް އުނދަގޫތަކެއް ދިމާވެފައިވާ ކަމަށް ބުނުމުން ހެދި އެކްސްރޭ އިން އޭނާގެ ބްލެޑާގައި ވާގަނޑެއް ކަހަލަ އެއްޗެއް އޮތްތަން ފެނުނު ކަމަށް ޑޮކްޓަރު ވަނީ ބުނެފައެވެ.
މާ ގިނަ ވަގުތު ހޭދަ ނުކޮށް ވަގުތުން އޮޕަރޭޝަން ކުރުމަށް ފަހު ނަގާފައިވަނީ 2 ފޫޓުގެ ޗާޖަރު ވާގަނޑެއް ކަމަށް ޑޮކްޓަރު ވަނީ ބުނެފައެވެ.
"މިދާއިރާގައި އުޅޭތާ މިހާރު 25 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެ. މިއީ އަދި ފުރަތަމަ ފަހަރަށް މިފަދަ ކަމަކާއި ދިމާވީ" ޑޮކްޓަރު ބުންޏެވެ.
އޭނާ ބުނީ، އެއްވެސް ގޮތަށް އެ އުމުރުގެ މީހަކު އެފަދަ ކަމެއް ކޮށްފާނެ ކަމަށް ގަބޫލުވެސް ނުކުރެވޭ ކަމަށާއި ފަރުވާ ދިނުމަށްފަހު އޭނާ މިހާރު ހޮސްޕިޓަލުން ދޫކޮށްފައިވާ ކަމަށެވެ.
އިންޑިޔާ ދަށުވެފައިތިބޭ މިއަދުގެ ސަރުކާރުގެ ވެރީން މިކަހަލަ އަމަލެއް ނަމަ ނަމަ ނުހިންގާތި.