އިންޑިއާގެ ރަޖަސްތާނުގައި އެއް އާއިލާގެ 26 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އޭއެންއައި އިން ރިޕޯޓްކޮށްފައިވާގޮތުގައި، މީގެ ހަފްތާއެއްހާ ދުވަސް ކުރިން ކޮވިޑް-19 އަށް އެ އާއިލާއިން ފުރަތަމަ ފައްސިވެފައި ވަނީ އެކަކެވެ.އޭނާ ފައްސިވުމުން، އޭނާ ވަނީ އެކަހެރިކޮށްފައެވެ. އަދި އާއިލާގެ އިތުރު 26 މީހަކު މީހެއްގެ ސާމްޕަލް (ސުންކު) ވަނީ ނަގާފައެވެ.

"ރޭގެ ވަގުތެއްގައި އެ މީހުން ނަތީޖާ ވަނީ ލިބިފައި، އެ އެންމެންވެސް ވަނީ ފައްސިވެފައި، އެ އެންމެން މިހާރު ވަނީ ހޮސްޕިޓަލަށް ބަދަލުކޮށްފައި". އެ ހޮސްޕިޓަލުން އޭއެންއައިއަށް މައުލޫމާތުދެމުން ބުނެފައި ވެއެވެ.

މިޑީިއާ ރިޕޯޓްތައް ބުނާގޮތުގައި، އެ އާއިލާ ދިރިއުޅެމުން ދަނީ ސުމާޝް ޗޮވްކް ސަރަހައްދުގައެވެ. އަދި އެ ސްޓޭޓްގެ ޕިންކް ސިޓީއަކީ އެ ބަލި އެންމެ ބޮޑަށް ފެތުރެމުންދާ ސިޓީކަމަށްވެސް ބުނެފައި ވެެއެވެ.

ރަޖަސްތާނުގައި ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 251 އަށް އަރާފައެވެ. އަދި އެ ސްޓޭޓްގައި އެކަނި ބަލި ޖެހުނު މީހުންގެ އަދަދު 11000 އަށް އަރާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިންޑިއާގެ ހާލަތަށް ބަލާއިރު، އެ ގައުމުގައި ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 276583 އަށް އަރާފައެވެ. އަދި މި ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 7745 އަށް އަރާަފައެވެ.

ކިޔުންތެރިންގެ ހިޔާލު