ސައުދީ އަރަބިޔާގައި ދެމަފިރިއަކަށް ލިބުނު ފިރިހެން ދަރިފުޅަށް ނަން ދިނުމުގައި ދެބަސްވުމަކަށް ގޮސް ޒުވާބެއްގެ ތެރޭގައި ވަރިކޮށްފިއެވެ.
އެގައުމުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ސައުދީއަށް އުފަން މި ދެމަފިރިންގެ ކައިވެނި ނިމުމަކަށް އައިސްފައި ވަނޫ ލިބުނު ދަރިފުޅަށް ދެމީހުންގެވެސް އާއިލީ ނަން ދިނުމަށް ދިޔަ ޒުވާބެއްގެ ތެރޭގައެވެ.
ކައިވެނީގެ ކަންކަމުގެ ނަސޭހަތްދޭ މީހަކު ބުނެފައިވާގޮތުން، ކައިވެނީގައި މައްސަލަތަކެއް ނޫޅޭކަމުގައި ވަނީނަމަ އެދެމަފިރިންނަށް ލިބުނު ދަރިފުޅަށް ނަން ދިނުން ޒުވާބަކަށް ގޮސް ވަރިވެގެން ނުވާނެ ކަމަށެވެ. އޭނާ ވަނީ ދަރިފުޅު ލިބުމުގެ ކުރިންވެސް އެ ދެމަފިރިންގެ ދިރިއުޅުން ހުރީ މުޅިން އެހެން ދަރަޖައެއްގައި ކަމަށް ބުނެފައެވެ.
"ދަރިފުޅަށް ނަން ދިނުން އެއީ އަސްލު ވަރިވާން ޖެހުނު ސަބަބެއް ނޫން. އެއީ އެކަމަށް ލިބުނު އިތުރު ބާރެއް. ބެލެވޭ ގޮތުގައި އެދެމަފިރިންގެ ދިރިއުޅުމުގައި ވަރަށަ ގިނަ މައްސަލަ މީގެ ކުރިން ވަނީ ޖެހިފައި" އަހްމަދު އަލް ނައްޖަރު ބުންޏެވެ.
އޭނާ ވަނީ އެ ދަމަފިރިންނަށް އެކަމާއި ބެހޭ ގޮތުން ނަސޭހަތްދީ، ކައިވެނީގައި ދަރިއަކު ހޯދަން ފަސޭހަވާނެ ކަމަށާއި އެކަމަކު އާއިލާއެއް ފުރިހަމަ ވާނީ ދެމީހުންގެ ދެމެދުގައި އޮންނަ ގުޅުން ހަރުދަނާވެ އެކަކު އަނެކަކަށް އިތުބާރު ކޮށްގެން ކަމަށް ބުނެފައެވެ.
ނަސޭހަތް ހޯދަން އަންނަ ވަރަށް ގިނަ މީހުން ގާތު ބުނަން ކައިވެންޏަށް ދަރިއަކު ލިބޭ ހިސާބުން މުޅިން ދިރިއުޅުން ބަދަލުވާނެ ކަމަށް. އެހެންނަމަވެސް ދަރިއަކު ލިބޭއިރުވެސް ގިނަ މީހުން ބަދަލެއް ނުވޭ" އޭނާ ބުންޏެވެ.
ދެމަފިރިންނަށް ލިބޭ ދަރިފުޅަށް ނަން ދިނުމަކީ އެހާ ފަސޭހަ ނޫން ކަމެއް ކަމަށާއި އެކަމުގައި ދެމީހުންގެ ހިޔާލުވެސް ބޭނުން ވާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.
އެހެން ނަމަވެސް ލިބޭ ދަރިފުޅަށް ދޭން ޖެހޭނީ އެންމެ ރީތި ނަން ކަމަށް އޭނާ ވަނީ ބުނެފައެވެ.
ދެން ދަރިފުޅަށް ވަރި ކިޔާ އޯކޭ