ޗައިނާގެ އަވަށަކަށް ކުރި ވިއްސާރާގައި ތިން ބުރީގެ އިމާރާތެއް ކޯރަކަށް ވެއްޓޭ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުވެއްޖެއެވެ. މިހާރު މީސް މީޑިއާގައި ދައުރުވަމުން އަންނަ އެ ވީޑިއޯއިން ފެންނަނީ ތިން ބުރީގެ އިމާރާތެއް ކުއްލިއަކަށް ވެއްޓި، ފެނާއެކު ދާ މަންޒަރެވެ،

ސަންހާއިލިސްޓުން ބުނެފައިވާގޮތުން، މި ހާދިސާ ހިނގާފައި ވަނީ ގުއަންގޒި ޕްރޮވިންސްގައެވެ. އެ ސަރަަހައްދަށް ވަރަށް ބޮޑަށް ވިއްސާރަކޮށް، މަގުމަތީގައި ވަރަށް ބޮޑަށް ފެންހެދިފައިވާ ކަމަށް ރިޕޯޓްތައް ބުނެެއެވެ.

އެ ތިން ބުރީގެ އިމާރާތް ވެއްޓޭ މަންޒަރު ފެންނަ ވީޑިއޯ މިހާރު މީސް މީޑިއާގައި ވަރަށް ބޮޑަށް ދަައުރުވަމުން އަންނައިރު، އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވާ ކަމަށް ރިޕޯޓްތައް ބުނެެއެވެ. އަދި އެ ހާދިސާ ހިނގުމުގެ ކުރިން އެ އިމާރާތުގައި ތިބި މީހުން އެތަނުން އެހެން ތަނަކަށް ބަދަލުކޮށްފައިވާ ކަމަށް ވެއެވެ.

މި ހާދިސާ ހިނގާފައި ވަނީ މިދިޔަ ބުދަ ދުވަހުގެ ހެނދުނު 9:30 ހާއިރު އެވެ.

އެ ގައުމުގެ އޮފިޝަލުން ބުނީ، އެ ގޭގެ ފައުންޑޭޝަންގަނޑު ހަލާކުވެފައި ވަނީ ވިއްސާރައިގެ ސަބަބުން ކަމާށެވެ. އަދި އެކަމުގެ ސަބަބުން އެ އިމާރާތް ވެއްޓެން މެދުވެރިވީ ކަމަށް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު