އިއްޔެ ދަންޖެހިފައި ހުއްޓާ ފެނުނު ބޮލީވުޑްގެ އެކްޓަރ ޝުޝާންތް ސިންގ ރާޖްޕުޓްގެ އޮޓޮޕްސީ ރިޕޯޓް އާއްމު ކޮށްފިއެވެ.

އޭނާގެ އޮޓޮޕްސީ ހަދާފައި ވަނީ، ޑރ. އާރްއެން ކޫޕާ މުނިސްޕަލް ޖެނެރަލް ހޮސްޕިޓަލްގައެވެ. އެ ހޮސްޕިޓަލްގައި ތިން ޑޮކްޓަރުން ވެގެން އޭނާގެ އޮޓޮޕްސީ ރިޕޯޓް ހަދާފައިވާއިރު، އޭނާ މަރުވީ ދަންޖެހުމުގެ ސަބަބުން ހާސްވެ،ނޭވާ ނުލެވިގެންނެވެ. އަދި އޭނާ ދަންޖެހުމުގައި އިތުރު މީހެއްގެ ބައިވެރިވުމެއް އޮތް ކަމަށް ނުބެލެވޭ ކަމަށް ރިޕޯޓުގައި ވެއެވެ.

ސުޝަންތް މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅެމުންދާ ގޭގެ ތެރެއިންނެވެ. އޭނާ މަރުވީ ދަން ޖެހިގެންނެވެ. އޭނާ ޑިޕްރެޝަންގައި އުޅެމުންދާތާ ހަ ވަރަކަށް މަސް ވެދާނެ ކަމަށް ފުލުހުން ވެސް ވަނީ ބުނެފައެވެ.

އޭނާގެ ކަށުކަމާއިކެމީގެ ކަންތައް މިއަދުކުރިއަށް ދާނެއެވެ. އެކަމުގައި އޭނާގެ އާއިލާއާ ރަހުމަތްތެރިން ބައިވެރިވާނެ ކަމަށް ބުނެފައި ވެެއެވެ. އަދި އޭނާގެ ބައްޕަ މިއަދު ވަނީ ޕަތްނާއިން މުމްބާއީއަށް އައިސްފައެެވެ.

ޝުޝަންތް އެންމެ ފުރަތަމަ ފެނިގެން ގޮސްފައި ވަނީ ޓީވީ ސީރީޒް ޕަވިތްރާ ރިޝްތާއިންނެވެ. އޭނާ 2013 ވަނަ އަހަރު ބޮލީވުޑަށް ވަން ފަހުން އާއްމުންގެ މަގްބޫލުކަމެއް ދަނީ ލިބެމުންނެވެ.

އޭނާގެ ފުރަތަމަ ފިލްމަކީ ކައި ޕޯ ޗެ އެެވެ. އޭގެ ފަހުން ފިލްމް ޕީކޭ އިންނާއި. ޝުދް ޑޭސީ ރޮމޭންސް، އަދި އެމްއެސް ދޯނީ: ދަ އަންޓޯލްޑް ޖާނީން ފެނިގެން ގޮސްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. ޟިޝާ

  މިއީ މުސްލިމެއްތަ ކަށުނަމާދު ކު ރަން؟

  51
  5
  • ޙައި

   ކަށުކަމާކެމި ކިޔަނި ކަށުނަމާދު ކުރުމަކަށް ނޫން. މޮޔަނުވޭ

   41
   4
 2. ނޫމަޑި

  އެއީ މުސްލިމެއްތަ

  28
  4
 3. ފަނި

  އަޅެ މުސްލިމެއްތަ އެއީ ކަށުކަމާ ކެމި އޭ...

  27
  8
 4. ދޮންބެ

  ކަށުކަމާކެމިއޭ! ރަނގަޅު ގޮތަކީ، ޖަނާޒާ

  21
  3
  • ޔޯ

   ޖަނާޒާ އަކީ ހަމަ ކަށުކަމާކެމި

   21
   5
 5. ބަކުރުބެ

  ކަށުކަމާ ކެމި ކިޔަނީ ކޮންކަމަކަށް ކަން ނޭގުނަސް ނޫހުގައި ލިޔެވޭތޯ ބަލާތި !!

  16
  5
  • ޔޯ

   އެއްޗެއް ނޭނގުނަސް ކޮމެންޓު ކުރާތި

   34
   10
   • ކަށުކަމާކެމި

    ކަށުކަމާކެމި އަކީ މުސްލިމަކު މަރުވީމާ އޭނާއާ ބެހޭގޮތުން ދުނިޔޭގައި ތިބި އެހެނިހެން މުސްލިމުން އަދާކުރަން ޖެހޭ ކަންތައްތަކަކަށް ކިޔާނަމެކެވެ. އެއީ شريعة ގައި ވާގޮތުގެ މަތިން އޭނާ ހިނެވުމާއި، ކަފުންކުރުމާއި، އޭނާގެ މައްޗަށް ނަމާދުކުރުމާއި، އަދި އޭނާ ވަޅުލުމެވެ.

    10
    4
    • ހައި

     ދިވެހިބަހުގަ މާނަ ކުރަނީ ތިޔަހެނެއްނޫން. ތީ ދިވެހިން ނޫނީ މުސްލިމުން މާނަ ކުރާގޮތް އެއީ ދިވެހިން ކަށުކަމާކެމީގައި ކުރަނީ ތިޔަ ކަންކަމުގައި ވީތީ. ކާފަރަކު އަޅުކަންކުރަނީ އޭ ބުނީމަ އޭގެ މާނައަކީ އޭނަ މާތްﷲ މަތިން ހަނދުމަކޮށް ވާޖިބުތައް އަދާކުރާ ވާހަކައެއް ނޫން. އެމީހުން އަމިއްލައަށް އުފައްދައިގެން އުޅޭ ދީނުގަ އެމީހުން އަޅުކަމޭ ކިޔައިގެން އުޅޭ ކަމެއް ކުރާ ވާހަކަ

     9
     2
 6. އސ

  މި މީހުން އިންޑިޔާ ގަ އުޅެ، މިޒަމާނުގަ އެކި ވަސީލަތްތައް ހުންނަ އިރު އިސްލާމީ ދަޢުވަތު ނުފޯރާ ނުހުންނާނެ.
  ﷲ އަށް ކާފަރު ވީ މީހުންނަށް ލަޢުނަތް ހުރި

  17
  2
  • ާައއއއއ

   ﷲ އަށް ކާފަރުވީ މީހުންނަށް ތެދުމަގު ދައްކަވާށި!

 7. އަހްމަދު

  ކަށުކަމާ ކެމި ތޯ ދިވެހި ބަހުން ކިޔާނީ އޭނާ އަންދާލިޔަސް

  6
  1
 8. Anonymous

  އޭނާގެ ފުރަތަމަ ޓީވީ ސީރީޒް އަކީ ޕަވިތްރަ ރިޝްތާ އެއް ނޫން. ސްޓާރް ޕްލަސްއިން ދެއްކި ކިސް ދޭޝް މެ ހެ މޭރާ ދިލް ކިޔާ ޑްރާމާއެއް

 9. ޑީން

  ޝުޝަންތު އެއީ އެންމެ ބޮޑު މުސްލިމަކީ. ވަރަށް ސަލާމް.