ޖޫން 14 ވަނަ ދުވަހު އަމިއްލައަށް މަރުވި ބޮލީވުޑްގެ ތަރި ސުޝަންތް ސިންގ ރާޖްޕުޓްގެ މަރާއި ގުޅިގެން، އޭނާއަށް ސަޕޯޓް ކުރާ ގިނަބަޔަކު، ބޮލީވުޑްގެ ބަތަލް ސަލްމާން ޚާންގެ ފިހާރަ ކައިރީގައި މުޒާހަރާ ކުރަމުންދާ ކަމަށް އިންޑިއާގެ ރިޕޯޓްތައް ބުނަން ފަށައިފިއެވެ.

ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓްކޮށްފައިވާގޮތުގައި، ސުޝަންތްގެ މަރާއެކު ބޮލީވުޑް ތެރޭގައި އޮންނަ ނެޕޯޓިޒަމް ކަލްޗަރގެ އަޑު ގަދަވެއްޖެއެވެ. އެ އަޑުތައް ބޮޑަށް ގަދަވެ، ރުޅިގަދަވެފައިވާ ސުޝަންތްގެ ފޭނުން ވަނީ ސަލްމާން ޚާން، ކަރަން ޖޯހަރް، އެކްތާ ކަޕޫރް އަދި ސަންޖޭ ލީލާ ބަންސާލީގެ އިތުރުން، އިތުރު ބައެއް ތަރިންނާއި ދެކޮޅަށް މައްސަލައެއް ހުށަހަޅާފައެވެ.

އެ މައްސަލައާ ގުޅިގެން ބޮލީވުޑްގެ ތެރޭގައި އާއި ބޭރުގައިވެސް ބޮޑެތި ބަހުގެ ހަމަލާތަކެއް ދަނީ އެކަކު އަނެކަކަށް ރައްދު ކުރަމުންނެވެ.

މިހާރު އެކަމާއި ގުޅިގެން ބަންދްރާގައި ހުންނަ ސަލްމާން ކާންގެ ފިހާރަ ކަމަށްވާ ބީންގ ހިއުމަން ސްޓޯރ ކައިރީގައި ގިނަބަޔަކު ދަނީ މުޒާހަރާ ކުރަމުންނެވެ.

މިހާރު މީށް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯތަކުން ސަލްމާން އާ ދެކޮޅު ޕޯސްޓަރުތަކެއްވެސް ހަދާފައި ވެއެވެ. އަދި އެ ފިހާރަ ކައިރީގައި ރުޅިގަދަވެފައިވާ ތިބި މީހުން ދަނީ ސްޓޯރުގައި ހަރުކޮށްފައި ހުރި ސަލްމާންގެ ފޮޓޯތަކާއި ބެނޭތައް ނައްޓާލުމަށް ފޮވަމުންނެވެ.

އަދި ގިނަ ބަޔަކު ދަނީ ސުޝަންތްގެ މަރާއި ގުޅިގެން އިންސާފު ހޯދަން ބޭނުންވާ ކަމަށް ގޮވަމުުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙިޔާލު

    ??? ހުސް މި ވާހަކަ

    4
    1
  2. Anonymous

    ތިމާ ސަޕޯޓު ކުރާ މީހަކު އަމިއްލަ އަށް މަރުވީމަ ވެސް އެކަން ޖަސްޓިފައި ކުރަން އެހެން މީހުނަށއ ފޫޅު ކެނޑުން.

    9
    3
  3. ޝާނީ

    ދެރަކަމެއް! އިންޑިއާ ގެ ފިލްމްޓާރެއް މަރުވާ އިރަށް ސަލްމާން ގެ ބޮލުގަ އެބައަޅުވާ. ސަލްމާން ދުއްވާލަން އޭނަދެކެ ރުޅި އަންނަ މީހުން ކުރާކަމެއްތީ ސުރީދޭވީވެސް މަރާލީ ސަލްމާން ކޮންމެސް ޕަންޗޯލީއެއްގެ ބިޓުވެސް މަރާލީ ސަލްމާން ދެން ތި ސުޝާންތެއްވެސް މަރާލީ ސަލްމާން. އަޖައިބެއް މިހާރުވެސް އޭނަ އެއުޅެނީ އިންޑިއާގަ ހިމާޔަތް ކޮއްފަހުރި ޖަނަވާރެއް އޭނަ އަތުން މަރުވެގެން އެކަމުން ބޯ ސަލާމަތް ނުވެގެން.

    7
    2