ޖޫން މަހުގެ 14 ވަނަ ދުވަހު އަމިއްލައަށް މަރުވި ސުޝަންތް ސިންގ ރާޖްޕުޓްގެ މަރާއި ގުޅިގެން އެކްޓްރެސް ރިއާ ކަކްރަބޯޓީއާ ގުޅޭ މައްސަލައެއް ބިހާރް ކޯޓަށް ހުށަހަޅައިފިއެވެ.

އެ މައްސަލަ ކޯޓަށް ހުށަހަޅާފައި ވާއިރު، މި ދެ މީހުންނަކީ ލޯބީގެ ގޮތުން ގުޅިގެން އުޅުނު މީހުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެ މައްސަލަ ކޯޓަށް ހުށަހަޅާފައި ވަނީ ކުންޑަން ކުމާރް ނަމަކަށް ކިޔާ މީހެކެވެ. އަދި އެ މައްސަލައިގެ އަޑު އެހުމެއް ޖޫން 24 ވަނަ ދުވަހު އޮންނާނެ ކަމަށް ރިޕޯޓްތައް ބުނެެއެވެ.

ޕަޓްނާއަށް ނިސްބަތްވާ ސުޝަންތްގެ މަރާއި ގުޅިގެން މީގެ ކުރިންވެސް ވަނީ ކޯޓަށް ޕެޓިޝަނެއް ހުށަހަޅާފައެވެ.

މުމްމާއީގައި ދިރިއުޅެމުންދިޔަ ގޭގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު ސުޝަންތްގެ މަރާއި ގުޅިގެން މީގެ ކުރިން މައްަސަލައެއް ހުށަހަޅާފައި ވަނީ ބޮލީވުޑްގެ މަޝްހޫރު ތަރިންނާއި ދެކޮޅަށެވެ. އެގޮތުން ސަލްމާން ޚާން، އަދިތްޔާ ޗޯޕްރާ އަދި ކަރަން ޖޯހަރް އާއި ސަންޖޭ ލީލާ ބަންސާލީއާ ދެކޮޅަށް ވަނީ މައްސަލައެއް ހުށަހަޅާފައެވެ.

ކުމާރް ބުނާގޮތުގައި، ރިއާގެ ސަބަބުން، ސުޝަންތް އަށް ވަަރަށް ބޮޑަށް މެންޓަލް މައްސަލަތަކެއް ދިމާވެފައި ވެއެވެ. އަދި ފައިސާގެ ގޮތންވެސް ދަތިތަކެއް ދިމާވެފައިވެއެވެ.

"އަހަރެންގެ ކްލައިންޓަކީ ސުޝަންތްގެ ވަރަށް ބޮޑު ފޭންއެއް، އޭނާ އެ ހުރީ ސުޝަންތްގެ މަރާއި ގުޅިގެން ވަރަށް ބޮޑަށް ނުތަނަވަސްވެފައި". ކުމާރްގެ ލޯޔަރު ބުނެފައި ވެއެވެ.

ސުޝަންތްގެ މަރާއި ގުޅިގެން މީގެ ކުރިން ފުލުހުން ވަނީ ރިއާގެ ބަޔާން ނަގާފައެވެ. އަދި އެ ބަޔާނުން އެ ދެމީހުން ކައިވެނި ކުރަން އުޅުނު ކަމާއި، ފަހުން މައްސަލަތަކެއް ދިމާވިކަން ވަނީ ހާމަވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. މީޑިއާ

  ޝުޝާންތު ޝުޝާންތު ޝުޝާންތު????

  17
  24
 2. ދަންޖެހޭ

  އަ މްލަޔައް މަރުވާ މީހުންގެ ވާހަކައިގެ ބަދަލުގައި އަސްހާބު ބޭކަލުންގެ ތެރެއިން ދުނިޔެ މަތީގައި ތިއްބަވަނިކޮށް ސުވަރުގެ ވަންތަވެރީން ކަ މުގެ އުފާވެރި ޚަބަރު ލިބިވަޑައިގެންނެވި ބޭފުޅެއްގެ ފޮޅުވަތެއް ގެނެސްދިނު މަށް އެދެން.

  39
  1