އެއީ މީގެ 40 އަހަރު ކުރިއެެވެ. އެއިރު އުމުރުން 53 އަަހަރުގެ ޕަންޗުބާއީ އަށް މަދްޔާ ޕްރަދޭޝްގެ ކުޑަކުޑަ ވިލޭޖަކަށް އޮޅިގެން ދާން ޖެހުނީ މާބުރުގެ އުނދަގުލުން، މީހަކު އޭނާ ސަލާމަތް ކުރުމުންނެވެ. އެއާއެކު އޭނާއަށް އޭނާގެ އާއިލާ ގެއްލިއްޖެއެވެ. އޭނާ އެންމެ ފަހުން ދިރިއުޅުނީ އެ ވިލޭޖުގެ މީހުންނާއެކުގައެވެ. އޭނާ އެތަނުގައި 40 އަހަރު ވަންދެން އުޅުނުއިރު، އޭނާ ވާހަކަ ދައްކާ ބަހުރުވަ ނޭގުނަސް އަވަށެު އެންމެންނާއި އޭނާ ރަހުމަތްތެރިއެވެ.

އެހެން ނަމަވެސް މިދިޔަ ހަފްތާ ތެރޭގައި ޕަންޗުބާއީއަށް ވަނީ އޭނާގެ އާއިލާއާ ބައްދަލުވުވެފައެވެ. މަހަރަޝްތްރާގައި ޕަންޗުބާއީއަށް އޭނާގެ އާއިލާ އާ ބައްދަލުވެފައިވާއިރު، ބޮޑު ގްރޫޕަކުން ވަނީ އޭނާ އެނބުރި،އާއިލާ ކައިރިއަށް ދިއުމުން އެކަމާއި ހިތާމަ ފާޅުކޮށްފައެވެ.

މިހާރު ދައުރުވަމުން އަންނަ ވީީޑިއޯއަކުން ފެންނަނީ އެ ވިލޭޖުގެ މީހުން އެ އަންހެން މީހާއަށް އެންމެ ފަހުގެ ވަދާއީ ސަލާމްތައް ކުރާ މަންޒަރެވެ. އެ އަންހެން މިހާއަކީ އެ ވިލޭޖުގެ އެންމެންގެ ބޮޑު ދައިތައެެވެ.އެ ވީޑިއޯގައި ޕަންޗުބާއީ ފެންނަނީ ރަތް ކުލައިގެ ކާރެއްގައި އިންނަ މަންޒަރެވެ.

ޕަންޗުބާއީ އެނބުރި ގެއަށް ގެންދިއުމަށް ބަލާ އައިސްފައި ވަނީ، އޭނާއަށް މާމަ ކިޔާ ދަރިފުޅެވެ.

1980 ވަނަ އަހަރު ތެރޭގައި ޕަންޗުބާއީ އެ ވިލޭޖަށް ގެންގޮސްފައި ވަނީ ނޫރް ޚާން ނަމަކަށް ކިޔާ މީހެކެވެ. އޭނާ ސަލާމަތްކޮށް، ނޫރް އޭނާ ގެއަށް ގެނައުމުން އާއިލާ މީހުން އޭނާ ބަލައިގަތީ އުފަލުގައެވެ.

ނޫރް ހާން 2007 ވަނަ އަހަރު މަރުވި ނަމަވެސް، އެ އާއިލާގެ މާމައަށް ވެފައި ވަނީ ޕަންޗުބާއީ އެވެ،

އިންޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި، ޕަންޗުބާއީ އަށް އޭނާގެ އާއިލާއާ ބައްދަލު ވެވޭ ގޮތް ވެފައި ވަނީ މެއި ތިން ވަނަ ދުވަހު ނޫރްގެ ދަރިފުޅު އިސްރާރް ފޯނުން އެއްޗެހި ތަކެއް ބަލަން އިންދެފައި، ޕަންޗުބާއީ ކައިރީގައި އޭނާ ކުރިން ދިރިއުޅުނު ވިލޭޖުގެ ނަން އަހައިގެން ފެށި މަސައްކަތުންނެވެ.

އެގޮތުން ޕަންޗުބާއީ ވަނީ އޭނާއާއަކީ "ޚަންޖްނަމާ" "ޕެތްރޮޓް"އަށް ނިސްބަތްވާ މީހެއް ކަމަށް ބުނެފައެވެ. އިސްރާރް ވަނީ އެ ނަން ގޫގިލް ގައި ޖަހާފައެވެ. އަދޮ ޕެތްރޮޓްއަކީ ވިލޭޖެއްކަމަށްވެސް ވަނީ އެނގިފައެވެ. އަދި އިސްރާރް ވަނީ އެ ވޮލޭޖަށް ގުޅާފައެވެ. އަދި ވަޓްސްއެޕް މެދުވެރިކޮށް އޭނާގެ ފޮޓޯއެއްވެސް ފޮނުވާފައެވެ.

އަދި މާގިނަ ވަގުތުކޮޅެއް ނުވެ އާއިލާާއި ވަނީ ގުޅިފައެވެ.

ޕަންޗުބާއީ އެ ވިލޭޖުން ދާތީ ގިނަބަޔަކު ރޮއި ހެދިއެވެ. އަދި ޕަންޗުބާއީ ގެ އާއިލާއިން އޭނާ އެނބުރި އެ ވިލޭޖަށް ފޮނުވަން ދެން ބޭނުމެއް ނުވެއެވެ.

އެއީ ޕަންޗުބާއީ އަށް އޭނާއަށް މާމަ ކިޔާ ދަރިންނާއި ބައްދަލުވެވި އުފާވެރި ވަގުތުތަކެއްް ހޭދަވާނެ ކަން އިނގޭތީކަމަށް އިސްރާރް ބުންޏެވެ.

ޕަންޗުބާއީ އޭނާގެ އުފަން ވިލޭޖަށް ދިއުމުން، އެތަނަށް އައިސްފައިވާ ކުރިއެރުން ފެނިފައި ވަނީ ހައިރާން ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވިލޭޖް

    ވިލެޖަށް ދިވެހިން ކިޔަނީ އަވަށްގަނޑު