އިންޑިއާގެ ބެންގަލޫރްގެ އެއާޕޯޓް މަގުގައި ސައިކަލުން ސްޓަންޓް ޖައްސަމުން ދިޔަ ތިން މީހަކު މަރުވެއްޖެއެވެ.

މިއަދުގެ ވަގުތެއްގައި މި ހާދިސާ ހިނގާފައިވާއިރު، ތިން މީހުން މަރުވި ގޮތުގެ ތަފްސީލީ މައުލޫމާތު އަދި އާއްމުކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް އެ މައްސަލަ މިހާރު ވަނީ ފުލުހަށް ހުށަހަޅާފައެވެ.

"މިއަދު ވަރަށް ހެނދުނު ތިން ފިރިހެނަކު އެއާޕޯޓް މަގުމަތީގައި ސައިކަލުން ސްޓަންޓް ޖައްސަން ތިއްބާ އެކްސިޑެންޓެއްވެގެން މަރުވީ. ތިން މީހުންނަކީވެސް ކަރްނަޓަކާއަށް ނިސްބަތްވާ ތިން މީހުން" ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށެވެ.

މީގެ ކުރިންވެސް ސްޓަންޓް ޖެއްސުމުގެ ހާދިސާތަކުގައި މީހުން މަރުވެފައި އެބަ ތިއްބެވެ. ފޮނި ދެއްކުމުގެ ގޮތުން މީގެ ކުރިން ހަދާފައިވާ މިފަދަ ވީޑިއޯތައް ޓިކްޓޮކްގައިވެސް އާއްމުވެފައި ވެއެވެ. މި ވިީޑިއޯތަކަށް އާއްމުންގެ ބޮޑު ސަމާލުކަމެއް ލިބިގެން ދެއެވެ.

އެހެން ނަމަވެސް މިއީ އެއްވެސް ވަރަކަށް ރައްކާތެރި ކަމެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު