ޗައިނާގައި ކޯރަކަށް ވެއްޓުނު ކުއްޖަކު ސަލާމަތް ކުރުމަށް، ފުންމާލި ހަތް ކުއްޖަކުވެސް ގެނބިގެން މަރުވެއްޖެއެވެ.

މަރުވި ކުދިންނަކީ ޗައިނާގެ ޕްރައިމަރީ ސްކޫލް ކުދިންތަކެވެ. އެ ކުދިން ތަކަކީ މިދިޔަ އާދީއްތަ ދުވަހު ފޫ ރިވާއާ ދިމާލު ގޮނޑުދޮަށަށްކުޅެން ދިޔަ ކުދިންް ތަކެކެވެ.

ރިޕޯޓްތައް ބުނާގޮތުގައި، މިހާރު އެ ކުދިންގެ ހަށިގަނޑު ވަނީ އެ ކޯރު ތެރެއިން ހޯދާނަގާފައެވެ. އެ ކުދިންގެ ހަށިގަނޑު ފެނިފައި ވަނީ އެއް ރޭ ވަންދެން އެ ކުދިން ހޯދަން ކުރި މަސައްކަތުން ކަމަށް ވެއެވެ.

މިޒިން އަށް ނިސްބަތްވާ އެ ކުދިން ކޯރަށް ވެއްޓިފައި ވަނީ އެ ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ. ފޫ ރިވާއަކީ 15 މީޓަރު ފުޅާ، 49 ފީޓް ފުން ކޯރެކެވެ.

މިޒިން ޓައުންގެ ކަމާއި ބެހޭ އޮތޯރިޓީތަކުން ބުނީ، ކުއްޖަކު އެ ކޯރަށް ވެއްޓުނު ކަމުގެ ރިޕޯޓް ލިބުމާއެކު ޓީމެއް އެ ސަރަހައްދަށް ފޮނުވި ކަމަށެވެ. އަދި އެ ސަރަހައްދަށް 200 އަށްވުރެ ގިނަ މީހުން ފޮނުވި ކަމަށާއި ހުރިހާ ކުދިންގެ ހަށިގަނޑު ފެނިފައި ވަނީ އޭގެ އަނެއް ދުވަހުގެ ހެނދުނު 7:30 ހާއިރު ކަމަށް ރިޕޯޓްތައް ބުނެއެވެ.

މީގެ ތެރެއިން ފުރަތަމަ ކުއްޖާ ވެއްޓުނު ގޮތް ހޯދަން ހާއްސަ ތަހުގީގެއް ކުރަމުން ދާކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު