ކޮވިޑް-19 އާ ހެދި ބައެއް ގައުމުތައް ފުރަބަންދުކޮށްފައި އޮތުމުން، ގިނަ މީހުން މަސައްކަތްކޮށްފައި ވަނީ ގޭގައެވެ. ކޮންމެ ދުވަހެއްގެ ހެނދުނު ހޭލާއިގެން ރީތިވެލައިގެން ނަލަވެގެން އޮފީހަށް ދާ ދިއުން ހުއްޓި، އެނދުމަތީގައި ވަޒީފާއަދާ ކުރަމުންދާ މީހުން މަދެއް ނޫނެވެ. ބައެއް މީހުން ހޭލަނީ އޮފީހަށް ދާން މިނިޓަކަށް ވެފައި އޮއްވާއެވެ. އޮފީސް ނިންމާލަނީވެސް އެނދުމަތިންނެވެ. ކަނީވެސް އެނދުމަތީގައެވެ.

ދިރާސާ އަކުން ދެއްކި ގޮތުގައި، މި ދުވަސްވަރު ގޭގައި އޮފީސް މަސައްްކަތުގައި އުޅުނު މީހުންގެ ތެރެއިން 70 އިންސައްތަ މީހުން މަސައްކަތްކޮށްފައި ވަނީ އެނދުމަތީގައެވެ.

އެެހެން ނަމަވެސް ސައިންވެރިން ބުނަނީ މިއީ ރަނގަޅު ގޮތެއް ނޫނެ ކަމަށެވެ.

އެނދަކީ ނިދަން ހުންނަ ތަނެއް

ފުރަތަމަ ކަމަކަށް އެނދުމަތީގައި މަސައްކަތް ނުކުރަން ޖެހޭ ސަބަބަކީ އެނދަކީ މަސައްްކަތް ކުރަން ހުންނަ ތަނަކަށް ނުވާތީއެވެ. ހަވާޑްގެ ޑިވިޝަން އޮފް ސްލީޕް މެޑިސިންއިން ބުނެފައިވާގޮތުން، އެއްވެސް މީހަކު އެނދުމަތީގައި މަސައްކަތް ކޮށްގެން ނުވާނެއެވެ. އަދި ލެޕްޓޮޕާއި، ޓީވީ އަދި މަސައްކަތަށް ބޭނުން ކުރާ އެއްޗެހި ކޮޓަރީގައި ހުރެގެން ނުވާނެއެވެ. އެނދުމަތީގައި މަސައްކަތްކޮށް އުޅޭނަމަ ކޮޓަރިއަކީ ނިދަން ފަސޭހަ ތަނަކަށް ނުވެ، ފަސޭހަކަމާއި އެކީ އެނދުުގައި ނިދަން އުނދަގޫވާނެ ކަމަށް ބުނެފައި ވެއެވެ.

މާ ބޮޑަށް ސްކްރީނާއި ގާތްވޭ، ހަށިގަނޑު ރަނގަޅަށް ހަމަޖެހި ނުލެވޭނެ

އެނދުމަތީގައި މަސައްކަތް ކުރަން އިންނަމަ، ރަނގަޅު ޕޯސްޗާއެއްގައި ނީނދެވޭނެއެވެ. މިއާއެކު ބުރަކަށީގައި ރިއްސާ އިތުރު އުނދަގޫތަކާއި ކުރިމަތިލާނެއެވެ.

އަދި އެނދުމަތީގައި ވަރަށް ލަސް ވަންދެން މަަސައްކަތުގައި އިނދެ، އަލިގަދަ ސްކްރީނަށް ބަލައިގެން އިންނަ ނަމަ، ނިދުމަށް ވަރަށް އަސަރު ކުރެއެވެ. އެހެންކަމުން، ރޭގަނޑު ދަންވަންދެން މަސައްކަތުގައި އިންނަމަ، ސްކްރީންގެ އަލި މަޑުކޮށްގެން މަސައްކަތުގައި އުޅުމަށް ސިއްހަތާއި ބެހޭ މާހިރުން އިރުޝާދު ދެެއެވެ.

މިކަމަށް ހައްލެއް ހޯދަންވީ ދޯ؟

ގޭގައި މަސައްކަތް ކުރަން ޖެހިފައިވާ މި ދުވަސްވަރި ދެން އޮތް ހައްލަކީ އަމިއްލަ އަށް ވަގުތީ ވޯކްޕްލޭސްއެއް ހަދާލުމަށެވެ. އެކަމަށް ކާން ބޭނުން ކުރާ މޭޒުވެސް ބޭނުން ކުރެވިދާނެއެވެ. ނޫނީ ގޭގެ ސިޓިންގ ރޫމްގައި ހުންނަ މޭޒު ބޭނުން ކުރެވިދާނެއެވެ. ސަމާލުކަން ދޭންވީ މަސައްކަތަށް ހާއްސަ ވަކި ތަނެއް ހަދާފައި ހުރުމެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޣހގގ

  ތިއަކުނެތެއްނު މާ މުހިންމު ވާހަކައެއް

  9
  2
 2. ހޭޓް

  އޯކޭ.

  5
  1
  • މޔ

   މިދެން ކޯއްޗެއް؟

   5
   2
 3. ާދެރަކަމެއް

  ގޭތެރޭގެ ޖާގައިގެ ދަތިކަމުން މައްސަލައަކީ ....

  5
  1