ދެބެންގެ ދެދަރި ކޮއްކޮ ރޭޕް ކުރުމުގެ ތުހުމަތު ކުރެވިފައިވާ ފިލްމީތަރި ޖުމައްޔިލް މީސް މީޑިއާ އެކައުންޓްތަކުން އަންފޮލޯ ކުރަން ގިނަ ބަޔަކު ގޮވާލަން ފަށައިފިއެވެ.

ޖުމައްޔިލް 2016 ވަނަ އަހަރު އޭނާގެ ކޮއްކޮ ރޭޕް ކުރި މައްސަލަ ފެންމަތީވީ މީގެ ދެދުވަސް ކުރިންނެވެ. އޭގެ ކުރިން އިތުރު އަންހެނަކު ވެސް ވަނީ ޖުމައްޔިލްގެ ޖިންސީ ގޯނާތައް ލިބުނު ކަމަށް ބުނެފައެވެ. އަދި އިތުރު ބައެއް މީހުން ވަނީ ޖުމައްޔިލްގެ ފަރާތުން ހުތުރު މެސެޖްތަކާއި ފޮޓޯތައް މީސް މީޑިއާގެ އެކި ވަސީލަތްތައް މެދުވެރިކޮށް ލިބިފައިވާ ކަމަށް ބުނެފައެވެ.

ޖުމައްޔިލްގެ އަމަލުތައް ކުށްވެރި ކުރުމުގެ ގޮތުން ޓްވިޓާ އާއި އިންސްޓްގްރާމް އިން އޭނާ އަންފޮލޯކޮށް، ނުވަތަ ބްލޮކް ކުރުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ. އެގޮވާލުންތަކުގެ ސަބަބުން އެއް ދުވަސް ތެރޭގައި ގާތްގަނޑަކަށް 300 ވަރަކަށް ފޮލޯވާސް ޖުމައްޔިލަށް ޓްވިޓާ އިން ވަނީ ގެއްލިފައެވެ.

https://twitter.com/eleeshaismail/status/1278984773893885954

ޖުމައްޔިލް ކުޅެ، އަދި ސިނަމާތަކަށް ނާންނަ ފިލްމްތައް ބޮއިކޮޓް ކުރަން ވެސް ބައެއް ފަރާތްތަކުން ވަނީ ގޮވާލަން ފަށާފައެވެ. އެފަރާތްތަކުން ބުނާ ގޮތުގައި ޖުމައްޔިލްގެ ފިލްމުތައް ސިނަމާތަކަށް އަންނަ ނަމަ އެފިލްމުތައް ބޮއިކޮޓް ކުރަން ގޮވާލާ ކެމްޕޭންތައް އިތުރަށް ވަރުގަދަ ކުރާނެއެވެ.

ޖުމައްޔިލް އެންމެ ގިނަ ފިލްމް ކުޅެފައިވާ "ޑާކްރެއިން" ސްޓޫޑިއޯ އިން ވަނީ ޖުމައްޔިލް އެކުންފުނީގެ މަސައްކަތްތަކުގައި ދެން ބައިވެރި ނުކުރާނެކަން އިއްޔެ އިއުލާން ކޮށްފައެވެ.

ޖުމައްޔިލް "ޑާކްރެއިން" އިން ބޭރުކުރިއިރު މިހާރު ވެސް އޭނާއާ އެކު ގެނެސްދޭން ނިންމާފައި އޮތް ދެ ފިލްމެއް އެބައޮތެވެ. އެއީ ކުރިން މި މަހުގެ 1 ގައި އަޅުވަން ނިންމާފައި ވަނިކޮށް، ކޮވިޑް-19އާ ހެދި އަންނަ އަހަރަށް ފަސްކޮށްފައިވާ ލޯބީގެ ފިލްމު "ނޮވެމްބާ" އާއި ޝޫޓިން ފަށާފައި އޮތް ބިރުވެރި ފިލްމު "ބަޅިނދު" އެވެ.

ޖުމައްޔިލްގެ އިތުރު ފިލްމުތަކުގެ ތެރެއިން އަދި ސިނަމާއަށް ނައިސް "ބަވަތި" ގެނެސްދިން އައި ފިލްމްސްގެ "ނީނާ" އާއި މާސްކޭ ސްޓޫޑިއޯގެ "ޕްލޭން ބީ" އެބައޮތެވެ. އެދެ ސްޓޫޑިއޯ އިން ޖުމައްޔިލްގެ މައްސަލައިގައި އަދި އެއްވެސް ވާހަކައެއް ނުދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ސމީ

    މީ މިހާރު ވަރަށް.. ބޮޑުވެއްޖެ ކަ މެއް. ކަ.މެއް ސާ ބިތު ނުވާހާ ހިނދަކު އެމީހަކީ ބަރީަ މީހެއް. މާދަން ކޮންމެވެސް އަންހެނެއް ނުވަތަ ފިރިހެނެއް މިވެނި މީހަކު ތިމަންނަ އަށް.މިހެން ހެދިއޭ ބުނާ އިރަށް އެމީހަކު ފަހާ ދުވަންތޯ ވީ ނުވަތަ ޒިނޭގެ ތުހުމަތު ކުރަންތޯ ވީ. ނުވަތަ ވަގެއް ގެ ނަން އަޅުވާފަ ފަޟިހަތް ކުރަން ތޯ ވީ. މިހާރު ވެސް ފައިސާ ދީފަ މިވެނި މީހަކު ތިމަން ނައަށް މިވެނި ކަ މެއް ކުރި އޭ ބުނާށޭ ބުނުމުން އެކަން ކޮށްދޭނެ އެތައް ބަޔަކު ތި ބެދާނެ.

    41
    14
    • ޒަބޫ

      ރަގަޅު ވާހަކައެއް. ޢޭނަގެ ފޮޓޯތައް ވީީޑިއޯތައް ވެސް އެވާމި އެޑިޓް ކޮށްފާކަމަށް.?

      18
      3
  2. Anonymous

    ބަލަބަލަ އޭނަ މޫނަށް! ނުޖަހާތަ؟

    12
    1
  3. ޟިހގ

    ބަލަބަލަ ނޭނާ މޫނަށް؟ ޏުޖަހާތަ؟

  4. ފެކްޓް

    އެއަންހެން މީހާގެ ޓުވިޓް ކިޔާލިއިރު ހިތަށްއެރީ ކަސްބީ އިންޑަސްޓްރީ ތަކުގަވެސް ޑީސެންޓް މީހުން އުބޭ ބާވައޭ! އެއީ މާޝަރަފުވެރި އަބުރުވެރި ކަމަކަށް/ތަނަކަށް ހަދައިގެން ވާނުވާ ނޭގި މުނިއަވަސް ފިލުވުމާއި ކުޅިވރައި މަޖަލުގައި ޣާފުލުކަންމަތީ ތިއުޅެވެނީ. ތިތާގަ އުޅޭ އެންމެންގެ ހާލުވެސް ދެނެވޮޑިގެންވަނީ ﷲ.

    25
    2
  5. Anonymous

    ބުނެލަން ބޭނުންވަނީ މީހުންނަށް ފާޑު ކިޔުމުގެ ބަދަލުގައި ހެޔޮލަފާ ސާލިހް ފިރިހެންދަރިން ބޮޑު ކުރެވޭތޯ ބަލާ އޭރުން ތި މުސީބާތުން ސަލާމަތް ވެވޭނީ

    34
    1
  6. ފާތުން

    ޢެންމެން އޭނަ އަން ފުލޯރ ކުރޭ?????

    19
    7
  7. ޝަރޫ

    ހަމައެކަނި ފިލްމުތަކުން ވަކިކޮށްގެން ހައްޤު އަދަބު ލިބުނީ ކަމަށް ވޭތަ؟ ޝަރީއަތަށް ގެންދާނީ ކޮންއިރަކުން ބާ

    27
    1
  8. ޕޕ

    އެއްދުވަހު މަސްތުވާތަކެތި އަނެއްދުވަހު ރޭޕް މީތޯ ތިބުނާ މަސްހޫރު ދިވެހި ފިލްމްސްޓާރުންގެ ފެންވަރަކީ ވހުތުރުދޯ މިމީހުންގެ ފިލްމުބަލަން ތިދަނީ 200 1000 ޓިކެޓްގަނެގެން ޗީޗީ

    24
  9. ޒަބޫ

    ރަގަޅު ވާހަކައެއް. ޢޭނަގެ ފޮޓޯތައް ވީީޑިއޯތައް ވެސް އެވާމި އެޑިޓް ކޮށްފާކަމަށް.?

    14
    2
  10. ޛޖޖޖ

    ހާދަ ލަހަކުން ރޭޕް ކުރި ވާހަކަ ބުނީ

    22
    6
  11. Anonymous

    2017 ވަނައަހުރު މީނަ ވަނީ ބަނގުރަަލާއިއެކުވެސް ހައްޔަރުވެސް ކުރެވިފަ އަދި އޭގެކުރިން ވަނީ ޑްރަގުގެ މައްސަލައެއްގަވެސް ގެންގޮއްސަ. ތިހުރިހާ ކަމެއް ކޮށްގެންވެސް މިނިވަން ވެފާ ތިހުރީ. އާދައިގެ މީހެއް ނަމަ މިހާރު ހުންނާނީ ގޮޅިގަ ތޯއްޗެއް. މަޝްހޫރު މީހުން ވީމަ ހިތުހުރި ގޮތަކަށް އުޅެވޭ . ޑާކްރެއިންއިން އެކަނި ވަކިކޮށްގެން ކަމެއް ވޭތަ؟ ކީއްވެބާ ފިލްމް އެސޯސިއޭޝްންގެ އަޑެއް ބަޑެއް ނީވެނީ . އިނގިފައިވާ ގޮތުގަ 11 ފިރިހެންނާއެކު ޕާޓީކުރަން ހުރި މަލީހާވެސް ސަލާމަތް ކޮށްދިނީ ފިލްމު އެސޯސިއޭޝަންގެ ބޮޑުން. %1000 ޔަޤީިން މި ޖުމައްޔަލަކަށްވެސް ހައްޤު އަދަބެއް ނުދޭނެކަން. ނިމާލުމެން ތިބޭނެ ފައިވިއްދާފަ “މައި ގޯލްޑަން ސަން” ސަލާމަތް ކުރަން

    21
    2
    • އިރުޝާދާ

      ހަމަ ތިގޮތަށް ދެން ފެންމަތި ވެފަތިބި މީހުން ވެސް އެމީހުންގެ ވަނަވަރާ،ފޯޓޯ އާ އެއްކޮން އާމުކޮށްލަބަ..