ކޮވިޑް-19 އާ ހެދި އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން އަންހެނުން ތަކެއް ކައިވެނީގެ ދުވަހު އަޅާ ހެދުން އަޅައިގެން އިޓަލީގެ ރޯމްގެ މަގުމަތީގައި މުޒާހަރާކޮށްފިއެވެ. އެ މުޒާހަރާއަށް ނުކުތް މީހުން ނުކުމެފައި ވަނީ ކޮވިޑް-19 އާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ބޮޑެތި ކައިވެނީގެ ހަފްލާތައް ބޭއްވުން މަނާކޮށްފައި ވާތީ އެެވެ.

އެ އިވެންޓް ބާއްވާފައި ވަނީ އިޓަލީގެ ވެޑިންގ އެސޯސިއޭޝަންއަކުންނެވެ.

އެ މުޒާހަރާގައި 15 އަންހެނުން ބައިވެރިވިއެވެ. އެ މީހުން ވަނީ ރޯމްގެ މަޝްހޫރު ތަންތަނަށް ކަމަށްވާ ޓްރެވީ ފައުންޓޭން ފަދަ ތަންތަނުގައި ފޮޓޯ ނަގާފައެވެ. އަދި މީގެ އިތުރުން، އެ މީހުން ވަނީ އިޓަލީގައި މަޖިލީސް ގެ ކައިރީގައިވެސް ފޮޓޯ ނަގާފައެވެ. އެ މުޒާހަރާގައި ވެޑިންގ އިންޑަސްޓްރީގައި މަސައްކަތް ކުރާ މެންބަރުންވެސް ވަނީ ބައިވެރިވެފައެވެ.

"އަހަރެން ކައިވެނި ކުރަން އުޅުނީ މި އަހަރުގެ ސެޕްޓަމްބަރުގައި. އެކަމަކު ސަރުކާރުގެ މި ކޮވިޑް-19ގެ ފިޔަވަޅުތަކާއި ހެދި، އެއް އަހަރު ދުވަހަަށް އަހަރެންގެ ކައިވެނި މި ވަނީ ފަސް ކުރަން ޖެހިފައި".އެ މުޒާހަރާގެ ބައިވެރިއެއްކަމަށްވާ ފެރެންސެސްކާ ޑެލް ވެޗިއޯ ސީއެންއެންއަށް ބުނެފައި ވެއެވެ.

އޭނާ ބުނީ، ކައިވެނި ކުރާނެ ތާރީހު ފަސް ކުރުމަކީ މައްސަލައެއް ނޫން ކަމަށެވެ. އަދި އޭނާ އަންނަ އަހަރު ކައިވެނި ކުރަން އެއްބަސް ކަމަށާއި، ބޭނުންވަނީ އެއްވެސް ކަހަލަ ފިޔަވަޅުތަކެއް ނާޅާ ކައިވެނި ކުރިއަށް ގެންދިއުމަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    މުޒާހަރާ ކުރީމަ ކައިވެނި ކުރެވުނުތަދެން؟؟؟

    11
    2