އިންޑިއާގެ އުއްތަރް ޕްރަދޭޝްގެ ނޮއިޑާ ސަރަހައްދުގައި ހުންނަ ގެއެއްގައި ދެމަފިރިން މަރުވެފައި އޮއްވާ ފެނިއްޖެއެވެ. މި ދެމަފިރިން މަރުވެފައި ވަނީ އަމިއްލައަށް ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ދެމަފިރިން މަރުވެފައި އޮތްއިރު ކައިރީގައި އެ މީހުން ދަރިފުޅު ރޯން އިން މަންޒަރުވެސް ފުލުހުންނަށް ވަނީ ފެނިގެން ގޮސްފައެވެ.

ފުލުހުން ބުނީ، އެ މީހުންނަށް ބަޔަކު ގުޅާފައި ބުނީ، ގެއެއްގެ ތެރެއިން ތުއްތު ކުއްޖަކު ވަރަށް ބާރަށް ރޯ އަޑު އިވޭ ކަމަށެވެ. އަދި ފުލުހުން ބުނެފައި ވަނީ، އެ މީހުންނަށް މައުލޫމާތު ދޭން ގުޅި މީހާ ބުނާގޮތުގައި، އެ މީހުން އެގޭގެ ދޮރުގައި ތެޅި ނަމަވެސް ދޮރު ހުޅުވާފައެއް ނުވެއެވެ.

އެންމެ ފަހުން ފުލުހުން ވަނީ އެގެއަށް ގޮސްފައެވެ. އަދި އެގޭގެ ދޮރު ހަލާކުކޮށްގެން ވަނީ އެތެެރެއަށް ވަދެފައެވެ. ފުލުހުން އެގެއަށް ވަންއިރު، އުމުރުން އެންމެ އަށް މަހުގެ އެ ކުއްޖާ ފެނުނީ މަރުވެފައިވާ އޭނާގެ މަންމަ އާއި ބައްޕަ ކައިރީގައި ރޯން އޮއްވާއެވެ.

"އަޅުގަނޑުމެންނަށް ހީވަނީ އެދެމަފިރިން އަމިއްލައަށް މަރުވީހެން. އެކަމަކު ޓީމަށް އަދިވެސް އެގެއިން ސޫސައިޑް ނޯޓެއް ފެނިފައެއް ނުވޭ. މައުލޫމާތުތައް ހޯދުމުން އެނގުނު ގޮތުގައި އެ ދެމަފިރިންނަކީ ބިހާރްއަށް ނިސްބަތްވާ މީހުން. އެ މީހުން އެގެއަށް ބަދަލުވީ ޖުލައި ހަތެެއްގައި" ފުލުހުން ބުނެފިއެެވެ.

ފުލުހުން ބުނެފައި ވަނީ، މިހާރު އެ ދެމަފިރިންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވާލާފައިވާ ކަމަށެވެ. އަދި އެ ކުއްޖާ ހޮސްޕިޓަލަށް ގެންގޮސް ޓެސްޓުތައް ހެދުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިހާރު އެ މައްސަލައިގެ ތަހުގީގުތައް ވަނީ ފަށާފައެވެ. އަދި އެ މީހުންގެ މަރުގެ ހަބަރު ވަނީ އާއިލާއާއި ހިއްސާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބޯގޯސް

    ފުރަތަމަވެސް ބަލަނީ ނޯ ޓެއްލިޔެފަ އޮތްތޯ ހީވަނީ މަރުވާ ކޮންމެމީހަކު މަރުވަނީ ނޯ ޓެއްލިޔެފަހެން ލޮލް

    26
    2