ބޮލީވުޑް އެކްޓްރެސް ނެހާ ދުޕިއާ އާއި އަންގަދް ބޭޑީ ކައިވެނިކޮށްފިއެވެ.

ނިއު ދިއްލީގައި މިއަދު ކުރެވިގެންދިޔަ މި ކައިވެނީގެ ވާހަކަ އާންމުކުރަމުން ނެހާ ބުނީ މިއީ އޭނާގެ ހަޔާތުގައި ނެގުނު އެންމެ ރަނގަޅު ނިންމުން ކަމަށް ބުނެފައެވެ.

https://www.instagram.com/p/BilwBTDFIL_/?utm_source=ig_embed

މީގެކުރިން މި ދެމީހުން ކައިވެނިކުރަން އުޅޭ ޚަބަރު އާންމުކޮށްފައި ނުވާއިރު، ނެހާގެ މި ޕޯސްޓާއިއެކު އޭނާގެ ގިނަ ފޭނުންނަށްވަނީ ހައިރާންކަމެއް ލިބިފައެވެ.

ނެހާއާއި އަންގަދްއަށް ކައިވެނީގެ މަރުހަބާ ކިޔުމަށް މަޝްހޫރް ޑައިރެކްޓަރު ކަރަން ޖޯހަރުވެސް ވަނީ ޓުވިޓާ މެދުވެރިކޮށް ޕޯސްޓެއް ކޮށްފައެވެ.

އާއްމުންގެ މެދުގައި އަންގަދް ބޮޑަށް މަޝްހުރް ވެގެންދިޔައީ ބޮލީވުޑް ފިލްމު "ޓައިގާ ޒިންދާ ހިއާ" ފަދަ ފިލްމުތަކުންނެވެ. އަދި ނެހާ ބޮޑަށް މަޝްހޫރް ވެފައިވަނީ ރޭޑިއޯ ޝޯތަކުންނެވެ.

ޚަބަރުތައް ބުނާގޮތުގައި ނެހާއާއި އަންގަދްއަކީ ވަރަށް ކުރިންވެސް ވަރަށް ގާތް ދެރައްޓެހިންނެވެ. އަދި ނެހާގެ ކޮލެޖްގެ ގިނަ ދުވަސްތަކެއް ނިއު ދިއްލީގައި ހޭދަކޮށްފައިވާއިރު، އަންގަދް ކުޑައިރުންފެށިގެންވެސް ދިއްލީގައި ދުވަސްތައް ހޭދަކޮށްފައިވެއެވެ.

މިދިޔަ އަންގާރަ ދުވަހު ބޮލީވުޑް އެކްޓްރެސް ސޯނަމް ކަޕޫރާއި މުމްބާއީގެ ވިޔަފާރިވެރިޔާ އާނަންދު އަހުޖާގެ ކައިވެނިވެސް ވަނީ ކުރެވިގެން ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު