އިންޑިއާގެ ބޯޕަލް އެކްޓްރެސް އަނޫޕާމާ ޕަތަކް އަމިއްލައަށް މަރުވެއްޖެއެވެ. އޭނާ އަމިއްލައަށް މަރުވެފައި ވަނީ އޭނާ މުމްބާއީގައި ދިރިއުޅެމުންދާ ގޭގައެވެ.

އުމުރުން 40 އަހަރުގެ އެކްޓްރެސް އަމިއްލައަށް މަރުވެފައި ވަނީ އޮގަސްޓް ދެ ވަނަ ދުވަހުއެވެ. އޭނާ މަރުވުމުގެ ކުރިން ފޭސްބުކްގެ އެކައުންޓުގައި ލައިވްކޮށް، އެއްވެސް މީހަކަށް އިތުބާރު ނުކުރާ ކަމާއި، އޭނާއަށް އޮޅުވާލާ މަކަރު ހަދާފައިވާ ކަަމށް ބުނެފައެވެ.

"ދިމާވާ މައްސަލަތަކާއި، ނޫނީ އަމިއްލައަށް މަރުވާ ހިޔާލުތައް އަންނަން ފެށުމުން އެ ވާހަކަތައް ކިތަންމެ ގާތް ރަހުމަތްތެރިއަކަށް ކިޔާދިން ނަމަވެސް، އެ މީހުން ބުނާނީ އެ ވާހަަކަތައް އެ މީހުން ގާތުގައި ނުދެއްކުމަށް، އެއީ ތިމާ މަރުވުމުން މައްސަލައިގެ ތެރެއަށް ވަންނަން ބޭނުން ނުވާ ކަަމަށް ބުނެ. އަދި މީގެ އިތުރުން، މީހުން ތިމާއަށް މަލާމަތްކޮށް އެހެން މީހުން ކުރިމަތީ ތިމާގެ އަގު ވައްޓާލަން މަސައްކަތް ކުރާނެ. އެހެންކަމުން ތިމާއަށް ދިމާވާ މައްސަލަތައް އެހެން މީހުން ކައިރީގައި ނުދައްކާ، އަދި ކޮންމެ މީހަކީ ތިމާގެ ރަހުމަތްތެރިއެއް ކަމަށް ނުދެކޭ". ޕަތަކް ހިންދީ މަހުން އޮގްސްޓް އެއް ވަނަ ދުވަހު ކުރި ލައިވްގައި ބުނެފައި ވެއެވެ.

އޭނާ ވަނީ، އެންމެ އިތުބާރު ކުރާ މީހަކަށް ވުމަށާއި،ނަމަވެސް އެންމެންނަށް އިތުބާރު ނުކުރުމަށް ނަސޭހަތްތެރިވެފައެވެ. އަދި މީހުންނަކީ އަޅާލާ ބައެއް ނޫން ކަމަށާއި، އެއީ ވަރަށް ދަހި ބައެއް ކަމަށްވެސް އޭނާ ބުނެފައި ވެއެވެ.

ޕަތަކް އަކީ ބިހާރްެއަށް ނިސްަބަތްވާ މީހެކެވެ. އޭނާ މުމްބާއީއަށް ދިރިއުޅުން ބަދަލުކޮށްފައި ވަނީ ވަޒީފާގެ ބޭނުމުގައެވެ. އޭނާގެ މަރާއި ގުޅޭގޮތުން މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާއިރު، އެ މައްސަލަ ދަނީ ބަލަމުންނެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުގައި، އެ މަރާއި ގުޅޭ ސޫސައިޑް ނޯޓެއް ފުލުހުން ވަނީ ހޯދިފައެވެ. އަދި އޭގައި ވަނީ އޭނާ ކުންފުންޏަށް ފައިސާ އިންވެސްޓްކޮށް، އެ ފައިސާ އަނބުރާ ނުލިބޭ ވާހަކައެކެވެ.

ފަހަކަަށް އައިސް އިންޑިއާގެ ފިލްމީ ތަރިން އަމިއްލަ އަށް މަރުވާ މައްސަލަތައް ވަނީ އިތުރުވެފައެވެ.


އަމިއްލަ އަށް މަރުވުމަކީ އިސްލާމްދީނުގައި ވެސް ވަރަށް ބޮޑަށް ޙަރާމް ކުރައްވާފައިވާ، ބޮޑެތި ފާފަތަކުގެ ތެރެއިން ފާފައެކެވެ.

އަމިއްލަ ނަފްސަށް ގެއްލުމެއްދީ މަރުވުން ފަދަ ކަމެއް ކުރަން ހިތައް އަރާނަމަ ނުވަތަ ނަފްސާނީ އުނދަގުލެއް ދިމާވާނަމަ ލަސްނުކޮށް އެކަން އެހެން މީހަކާއި ހިއްސާކޮށް ނަފްސާނީ އެހީތެރިކަން ހޯދުމަކީ މުޙިންމު ކަމެކެވެ.

ހިލޭ ކައުންސިލިން ދޭ ތަންތަނުގެ ތެރޭގައި:

1. ދަމަނަވެށި: 3318901
2. ސޮސައިޓީ ފޮ ހެލްތް ސައިންސަސް (ޝީ): 3318804 / 7976325
3. ޔޫތް އެންޑް ސްޕޯޓްސް ސެންޓަރ: 3313755 / 3323860
4. ޖުވެނައިލް ޖަސްޓިސް ޔުނިޓް: 3306691

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. މާހިރު

  ޖުވެނައިލް ޖަސްޓިސް ޔުނިޓަކީ ކުށުގެ ވަށީގައި އުޅޭ ކުޑަކުދިން އިސްލާހުކުރު މަށް މަސައްކަތް ކުރާ ސަރުކާރުގެ އިދާރާއެއް. ނަފުސާނީ ބަލިތަކަށް ހިލޭ ކައުންސިލިން ދޭ އިދާރާއެއް ނޫން. ޒިން މާދާރު ކަ މާއެކު ރައްޔިތުންނަށް ކަންކަން ނޯޅޭ ގޮތައް ނޫސްތަކުން ޚަބަރާއި މަޢުލޫ މާތު ޝާއިޢު ކުރުން މުހިން މު

  18
  2
 2. Anonymous

  އެއީ ދީނެއް މިއްލަތެއް އޮތް ބަޔެއް ނޫން.އެމީހުންގެ ދީނަކީ އެމީހުން ފޮލޯކު ރާ އެކްޓަ ރުންނާއި ލަވަޔާއި މިޔުޒިކް އާއި ޝައިޠާނުން. ޝައިޠާނާ އެމީހުން ގެންގޮސްފައި ތިބި ހިސާބަކީ އެމީހުން ތަބާވާ އެކްޓަ ރުުން އަމިއްލަޔައް މަ ރުވެއްޖެނަމަ އެމީހުންވެސް އަމިއްލަޔައް މަ ރުވުން. އެމީހުން އަޑުއަހާ ލަވަތަކުގައި އަމިއްލަޔައް މަ ރުވާށޭ ބުނެފިނަމަ އަމިއްލަޔައް މަ ރުުވުން.އެމީހުން ބަލާ ބޮލީވުޑް ފިލްމުތަކުގައި އެ ފިލްމުގެ ހީ ރޯ އަމިއްލަޔައް މަ ރުވެއްޖެނަމަ އޭނަޔައް ތަބާވެ ވީ ލޯބީގައި ތިމާ މެންވެސް މަ ރުވުން. އިންސާނާ ދުނިޔެއައް ފޮނުއްވި ހަޤީޤީ މަޤްސަދު ދަންނަ ބައެއް ނޫން އެމީހުންނަކީ. އިންސާނާ ދުނިޔެއަށް ފޮނުއްވި ހަޤީޤީމަޤްސަދު ނުދަންނަ ބައެއް އެ މުޝް ރިކުންނަކީ. އެހެންވީމާ އެމީހުންގެ ވާހަކަ ނަސޭހަތެއް ދޭހެން ގެެނެސްދިނުމުގެ ބަދަލުގައި ރަނގަޅީ ނުގެނެސްދިނުން. އެއީ އެމީހުންގެ ވާހަކަތައް ގެނެސްގެން އަހަ ރުމެންގެ ދިވެހީންގެ ތެ ރޭގައި ވެސް ތިބި ހަމަ ބުއްދި ނުވާ މީހުން އަމިއްލަޔައް މަ ރުވާން ފަށާފާނެތީ. މިކަމާ ތިޔަ ފަ ރާތުން ވެސް ބި ރުވެ

  35
  2
  • މޯލްޑިވިޔަން

   އެކަމަކު ފިލްމުގަވަރައް އަމިއްލަޔަށް މަރު ނުވެޔެއްނު.ތީ ދޮގެއްނު ތި ހެދީ

   3
   2
  • މޯލްޑިވިޔަން

   އަހަރެމެން ދިވެހިން.މީ ހާދަ ކަޑަ ބައެކޭ ދޯ.މީހަކަު ތަނަކުން އަމިއްލަޔަށް މަރުވާ ވާހަކަ.އަޑު އިވިގެން މަރުވާން.އެހެން ދުވަހަކު ވެސް މިހަކު މަރުވި ތަ.ހާދަ ބޮޑު ދޮގެކޭ ތި ހެދީ

   5
   1
 3. ސަން

  އެއީ ދީނެއް މިއްލަތެއް އޮތް ބަޔެއް ނޫން.އެމީހުންގެ ދީނަކީ އެމީހުން ފޮލޯކު ރާ އެކްޓަ ރުންނާއި ލަވަޔާއި މިޔުޒިކް އާއި ޝައިޠާނުން. ޝައިޠާނާ އެމީހުން ގެންގޮސްފައި ތިބި ހިސާބަކީ އެމީހުން ތަބާވާ އެކްޓަ ރުުން އަމިއްލަޔައް މަ ރުވެއްޖެނަމަ އެމީހުންވެސް އަމިއްލަޔައް މަ ރުވުން. އެމީހުން އަޑުއަހާ ލަވަތަކުގައި އަމިއްލަޔައް މަ ރުވާށޭ ބުނެފިނަމަ އަމިއްލަޔައް މަ ރުުވުން.އެމީހުން ބަލާ ބޮލީވުޑް ފިލްމުތަކުގައި އެ ފިލްމުގެ ހީ ރޯ އަމިއްލަޔައް މަ ރުވެއްޖެނަމަ އޭނަޔައް ތަބާވެ ވީ ލޯބީގައި ތިމާ މެންވެސް މަ ރުވުން. އިންސާނާ ދުނިޔެއައް ފޮނުއްވި ހަޤީޤީ މަޤްސަދު ދަންނަ ބައެއް ނޫން އެމީހުންނަކީ. އިންސާނާ ދުނިޔެއަށް ފޮނުއްވި ހަޤީޤީމަޤްސަދު ނުދަންނަ ބައެއް އެ މުޝް ރިކުންނަކީ. އެހެންވީމާ އެމީހުންގެ ވާހަކަ ނަސޭހަތެއް ދޭހެން ގެެނެސްދިނުމުގެ ބަދަލުގައި ރަނގަޅީ ނުގެނެސްދިނުން. އެއީ އެމީހުންގެ ވާހަކަތައް ގެނެސްގެން އަހަ ރުމެންގެ ދިވެހީންގެ ތެ ރޭގައި ވެސް ތިބި ހަމަ ބުއްދި ނުވާ މީހުން އަމިއްލަޔައް މަ ރުވާން ފަށާފާނެތީ. މިކަމާ ތިޔަ ފަ ރާތުން ވެސް ބި ރުވެތިވާން ޖެހޭ..

  16
  2
 4. ިބޯކިބާ

  އިންޑިއާއަކީ ނަސްލީތަފާތު އެންމެބޮޑު ގައުމު ދުނިޔޭގައޮތް. އެހެން އެވަނީ ހިންދީ ދީނުގައި ވަކި ދަރަޖައެއްގެ ދަށްމީހުންދެކެ ފަކުރުގަންނަންޖެހޭކަމަށް ގަބޫލުކުރާތީ، ފިލްމުކުޅުމަކީވެސް ވަކި އާއިލާތަކެއްގެ ބަޔަކަށްނޫނީ ކުރެވޭކަމެއްނޫން އިންޑިއާގަ.

 5. ޖަންގަލި

  ބިރުވެތިވާނެ ފަރާތެއް ކަލަކު ގިޔާމަތެއް ގަބޫލުނުކޮއް ގެރި ބަކަރި ހިލަގަނޑު ގަޑަށް އަޅުކަން ކުރަންވެއްޖެނަމަ އަމިއަލަޔަށް މަރުވުން މީހުން މެރުން ފޭރުން ހަށިވިއްކުން މީ އެއްވެސްކަމެއްނޫން އިންޑިޔާ ގައި މިއީ އާމުކަމެއް.

  2
  1