އުމުރުގެ ދުވަހަަށް ޖަލަށް ލަފާއިވާ އިންޑިއާއަށް ނިސްބަތްވާ މީހަކު ވެސްޓް ބެންގަލްގެ ކޮވިޑް-19 ހޮސްޕިޓަލަކަށް ގެންދިޔަ މަގުމަތީގައި ފިލާފައި ވަނީ މޮޅު ބަހަނާއެއް ދެއްކުމަށް ފަހުއެވެ. އޭނާ ބުނެފައި ވަނީ، އޭނާ ފާހަނައަކަށް ދާން ޖެހުނީ ކަމަށެވެ.

2011 ވަނަ އަހަރު ތެރޭގައި ޖަލަށް ލުމަށް ހުކުމް ކުރި އެ މީހާއަކީ އޭނާ އަނބިމީހާ މަރާލިކަމަށް އެއްބަސްވި މީހެކެވެ.

އޭނާ ރިމްބިކްގައި ހުންނަ ޖަލަކުން އެމްބިއުލާންސްގައި ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީ އޭނާ ވަނީ ގާޑުންނަށް ގޮވާ އޭނާ ފާހަނައަކަށް ދާން ޖެހޭ ކަަމަށް ބުނެފައެވެ.

އޭނާ ބުނެފައި ވަނީ، އޭނާ ބޮޑުކަމުދާންވެސް އަދި ކުޑަކަމުދާންވެސް ޖެހޭ ކަމަށެވެ. އެހެން ބުނުމުން އެ މީހުން ވަނީ ވެހިކަލް ހުއްޓުވާފައެވެ. އޭނާއަށް އެ ލިބުނު ދެ ތިން މިނިޓް ތެރޭގައި އޭނާ ފިލީ އެވެ.

އަދި އެންމެ ފަހުން އެ މީހާ ހޯދުމުގެ މަސައްކަތް ފެށިއެވެ. ފުލުހުން ވަނީ ޖަންގަލި ތެރެއާއި އަވަައްޓެރިންގެ ގެތައްވެސް ބަލާފައެވެ. އަދި ލައުޑް ސްޕީކަރުން ގޮވައި، ޖަންގަލި ތެރޭގައި ނުރައްކާތެރި ޖަނަވާރުތައް ތިބޭ ކަމަށް ވަނީ ބުނެފައެވެ.

ފުލުހުން މިގޮތަށް އެ މީހާ ހޯދަން އުޅުމުން ގިނަބައެއްގެ ފާޑުކިޔުންތަކެއް ފުލުހުންނަށް ވަނީ އަމާޒުވެގެން ގޮސްފައެވެ. އެގޮތުން މީހުން ހޯދުމުގެ މަސައްކަތް ކުރަނީ އެގޮތަށް މޮޅެތި އެއްޗެހި ބުނެގެންތޯ އެއް ބަޔަކު ވަނީ ސުވާލުު އުފައްދާފައެވެ. އަދި މީގެން އިނގެނީ ފުލުހުންގެ ހުރި ނާގާބިލިއްޔަތުކަން ކަމަށްވެސް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަންނި

    ވަރަށް މަޖާދެން.