އިންޑިއާގެ ޓްރިޕުއާ ސްޓޭޓްގެ އުނަކޮޓީ ޑިސްޓްރިކްޓުގައި އުމުރުން 10 މަހުގެ ތުއްތު ކުއްޖަކަށް ސެނެޓައިޒާ އާއި ފެނާއި އެއްކޮށް ހުރި ބުއިއެއް ބޯން ދީފިއެވެ.

އެ ކުއްޖާ އަކީ ޕޯލިއާ ވެކްސިން ޖެހުމަށް ހެލްތް ސެންޓަރަށް ދިޔަ ކުއްޖެކެވެ. އެ މައްސަލަ މިހާރު ވަނީ ފުލުހަށް ހުށަހަޅާފައެވެ.

އެ މައްސަލަ ހުށަހަޅާފައި ވަނީ އެކްރެޑިޓެޑް ސޯޝަލް ހެލްތް އެކްޓިސްޓުގެ މަސައްކަތްތެރިއަކާއި ދެކޮޅަށެވެ. ފުލުހުން ބުނެފައި ވަނީ، އޭނާ އެ ކުއްޖާއަސް ސެެނެޓައިޒާ އާއި ފެނާއި އެއްކޮށްފައި ހުރި ބުއިމެއް ދީފައިވާ ކަަމަށެވެ.

މިިދިޔަ އަންގާރަ ދުވަހު ޕޯލިއޯ ވެކްސިން ދިނުމަށް ސޮނަމުރާ ވިލޭޖުގައި ހުންނަ ހެލްތް ސެންޓަރަށް އެ ކުއްޖާ ގެންގޮސްފައި ވަނީ އެ ކުއްޖާގެ މަންމައެވެ. އަދި ވެކްސިން ދިނުމަށްފަހު، އެ ކުއްޖާގެ މަންމަ އެ މަސައްކަތްތެރިޔާ ގާތުގައި ބުނެފައި ވަނީ ދަރިފުޅު ފެން ފޮދެއް ދިނުމަށެވެ.

އެ ކުއްޖާ ފެން ބޮއެގެން ކުއްލި އަކަށް ވަރަށް ބޮޑަށް ސަކަރާތް ވާން ފެށިއެެވެ. އަދި ވަގުތުން އެ ކުއްޖާ ހޮސްޕިޓަަލަށް ގެންދިޔައެވެ.

ފުލުހުން ބުނެފައި ވަނީ، އެ މީހުން ހިންގި ތަހުގީގުން އެނގޭ ގޮތުގައި އެ ކުއްޖާއަށް އޮޅިގެން ދެވިފައި ވަނީ ފެނާއި، ސެނެޓައިޒާ މިކްސް ކޮށްފައި ހުރި އެއްޗެކެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ ކުއްޖާއަށް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. އެ ކުއްޖާގެ ހާލު ސްޓޭބަލް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ތިމަންނަ

    ބަލަ! ރާއްޖޭގެ ހޮސްޕިޓަލަކުން ފެންއަޅައިގެން ބޯންދޭންޖެހޭ ބޭހަކަށް ޔޫރިން އަޅައިގެން ބޯންދޭން ޑޮކްޓަރ ސިޓީގައި ލިޔެފައި އޮތް....