ފްލޮރިޑިއަށް އުމުރުން 10 އަހަރުގެ އަންހެން ކުއްޖަކު މިދިޔަ އަންގާރަ ދުވަހު ޒޫމް ކްލާހަށް ވަދެ، އިންދާ، އޭނާގެ ޓީޗަރަށް ފެނިގެން ދިޔައީ އެގޭގައި ކޮންމެވެސް ގޯހެއް ހިނގައިގެން އުޅޭ މަންޒަރެވެ. މީހަކަށް އަނިޔާ ކުރާ މަންޒަރެވެ. ހަޅޭ ލަވާ މަންޒަރެވެ.

ވަގުތުން ވާފީލްޑް އެލިމެންޓްރީ ސްކޫލްގެ އެ ޓީޗަރު ވަނީ، އެ ކްލާހަށް ވަދެ ތިބި އެހެން ކުދިންނަށް އެ އަޑުތައް އިއްވަން ބޭނުން ނުވާތީ ވަގުތުން މިއުޓް ކޮށްފައެެވެ. ޓީޗަރު ބުނެފައިވާގޮތުގައި، އިރިކޮޅަކުން ދެން ފެނިގެން ދިޔައީ އެ ކުއްޖާ ކަންފަތުގައި އަތް އަޅާ މަންޒަރު ކަމަށެވެ. އަދި ސްކްރީން ކަޅުވެގެން ދިޔަ ކަމަށްވެސް އޭނާ ބުންޏެވެ.

އެ ފެށިގެން ދިޔައީ އޭނާގެ މަންމަ މަރިބެލް ރޮސާޑާ މޮރޭލްސް އާއި އޭނާގެ ކުރީގެ ލޯބިވެރިޔާ ޑޮނަލްޑް ވިލިއަމްސްގެ ޒުވާބެވެ. އެ ޒުވާބުގެ ތެރެއިން ވިލިއަމްސް ވަނީ މޮރެލްސް ގަޔަށް އެތައް ފަހަރަކު ބަޑި ޖަހާފައެވެ. ފުލުހުން ބުނެފައި ވަނީ މޮރެލްސް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް މަރުވެފައިވާ ކަމަށެވެ.

އަދި ގަޑިއެއްހާ އިރު ތެރޭގައި ވިލިއަމްސް ހައްޔަރުކޮށް، އޭނާގެ މައްޗަށް މަރުގެ ދައުވާ ކުރުމަށް ނިންމާފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ކޮވިޑް-19 އާ ހެދި ގިނަ ކުދިން މިހާރު ސްކޫލްގެ ފިލަވާޅުތައް އޮންލައިންކޮށް ނަގަމުންދާ ދުވަސްވަރެއްގައި އެ ކުއްޖާވެސް އެވަގުތު އިނީ ކްލާހަށް ވަދެއެވެ. އެ ކުއްޖާގެ އިތުރުން އެ ގޭގައި ފަސް އިތުރު ފަސް މީހަކަށް މޮރެލްސް މަރާލި މަންޒަރު ފެނިފައި ވެއެވެ.

ފުލުހުން ބުނެފައިވަނީ މި ހާދިސާ ހިނގާފައި ވަނީ އަންގާރަ ދުވަހުގެ ހެނދުނު ކަމަށާއި، ވިލިއަމްސް އެގެއަށް ވަދެފައި ވަނީ ގަދަދައްކައިގެން ކަމަށެވެ. އަދި އޭނާ ވަދެ، މޯރަލްސް ކައިރީގައި ފޭސްބުކް ވީޑިއޯއެއްގެ ވާހަކަ ދެއްކި ކަމަށް ބުންޏެވެ.

"އޭނާ ބުނީ، މޯރަލްސް އޭނާ އެ ވާހަކަދެއްކުމުން ހުނުނީކަމަށް، އެހެންވެ އޭނާ ރުޅި އައީ ކަމަށް". ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ބުނީ، އޭނާ ދެން ބަޑި ނަގައި މޯރަލްސްގެ ގަޔަށް އެތައް ފަހަރަކު ބަޑި ޖެހީ ކަމަށެވެ. އަދި އޭނާ ގެންގުޅުނު އެ ބަޑިއަކީ 2015 ވަނަ އަހަރު ވަގަށް ނަގާފައިވާ ބަޑިއެއް ކަމަށްވެސް ފުލުހުން ބުންޏެވެ.

އެ ހާދިސާގައި 10 އަހަރުގެ އެ ކުއްޖާގެ ކޮމްޕިޔުޓަރަށްވެސް ގެއްލުން ވިއެވެ. އަދި އެ ވަގުތު މޮރެލްސްގެ އެހެން ތިން ކުއްޖަކުވެސް ގޭގައި ތިއްބެވެ. އަދި އެ މީހުންގެ އާއިލާ އިތުރު ބައެއްވެސް ތިއްބެވެ.

އަދި އެ ކުދިން ވަނީ 911 އަށް ގުޅާފައެވެ. އަދި މޯރަލްސް ލަވްންވުޑް ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި ވަނީ މަރުވެފައެވެ.

ވިލިއަމް ވަނީ މޯަރަލްސްގެ ގަޔަށް ބަޑިޖެހުމަށް ފަހު ފިލާފައެވެ. އެހެން ނަމަވެސް ފުލުހުން ވަނީ ގަޑިއެއްހާ އިރު ތެރޭގައި އޭނާ ހޯދައި ހައްޔަރުޮށްފައެވެ.

ފުލުހުން ބުނެފައި ވަނީ މޯރަލްސް އާއި ވިލިއަމްސްގެ ލޯބީގެ ގުޅުން ކެނޑުނުތާ އެއް އަހަރު ވެފައިވާ ކަމަށެވެ. އަދި ވިލިއަމްސް އޭނާއަށް އަނިޔާ ކުރާ ކަމުގެ މައުލޫމާތު ލިބޭ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

އަދި މިހާތަނަށް ފުލުހުން އެ ޓީޗަރުގެ މައުލުމާތު އާއްމު ކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް އެ ޓީޗަރުގެ ބަޔާން ފުލުހުން ނަގާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މިރުޒާ

    911 އެއީ ކޯއްޗެއް

    3
    1
    • ހޫ

      އެފްބީއައި އެމަޖެންސީ ނަންބަރު.

      • ❤???

        ????????